ގެނބެމުންދިޔަ މީހެއް ސަލާމަތް ކުރަން އުޅުނު ދިވެއްސަކު ނިޔާވެއްޖެއެވެ.
އދ. ސެންޓްރާ ރިސޯޓެއްގައި ގެނބެމުންދިޔަ މީހެއް ސަލާމަތް ކުރަން އުޅެނިކޮށް، ހާލު ދެރަވި މީހަކަށް ފަރުވާ ދޭން ހެލްތު ސެންޓަރަށް ގެންދެވުނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ މި މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 11:05 ގައި ކަމަށެވެ.
އެމީހާއަށް ފަރުވާ ދީފައިވަނީ ދަނގެތި ހެލްތު ސެންޓަރުގައި ކަމަށްވެސް ފުލުހުން ބުނެއެވެ.
އެމީހާ ގެންދެވުނުއިތރުވެސް ވަނީ ނިޔާވެފައި ކަމަށް ދަނގެތި ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ. އެއީ 31 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި، ފުލުހުން ބުނީ މި މައްސަލައިގައި ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ ގެނބުންދިޔަ ފަތުރުވެރިޔާގެ ހާލު ރަނގަޅު ކަމަށެވެ.