އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން މިރޭ ބުނީ، ނ، ރ، ބ އަދި ޅ. އަތޮޅުގައި ހިމެނޭ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ، ފުލުހަށް ރިޕޯޓު ކުރީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މީހަކު އަދި މިހާތަނަށް އަދި ހައްޔަރުކޮށްފައެއް ނުވާ ކަމަށެވެ.
މި މައްސަލަ އަކީ ކުޑަކުދިންނާ ގުޅުންހުރި މައްސަލައަކަށް ވާތީ، އެ މައްސަލައިގެ އިތުރު ތަފުސީލު ފުލުހުން ހާމައެއް ނުކުރެ އެވެ.
ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތައް އަންނަނީ އިތުރު ވަމުންނެވެ. މައުޅުމާތު ލިބިފައިވާ ގޮތުގައި މި ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ މަސްތުވާތކެތި ދިނުމަށްފަހުގައެވެ.