ޚަބަރު
އިސްލާމް ކިޔަވައިދޭން ބޭރުން ޓީޗަރުން ގެނައުމުގެ ވިސްނުމެއް ނެތް

އިސްލާމް މާއްދާ ކިޔަވައިދޭން ރާއްޖެއިން ބޭރުން ޓީޗަރުން ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އިސްލާމް ކިޔަވައިދިނުމަށް ކޮންމެވެސް ވަރަކަށް ރާއްޖެއިން ބޭރުން ޓީޗަރުން ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން ވިސްނަމުންދާ ކަމަށް އެމްޑީޕީގެ “މޭ ހައެއް” ކޮމިޓީން ބުނެފައިވަނިކޮށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކަމާ ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއް ނެރެފައެވެ.

“އަދި އިސްލާމް ކިޔަވައިދިނުމަށް ބޭރު ގައުމުތަކުން ޓީޗަރުން ގެނައުމުގެ ވިސްނުމެއް ވެސް، މި މިނިސްޓްރީގެ ނެތް ކަމުގައި ދެންނެވީމެވެ” – އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާން

އެ ނޫސްބަޔާނުގައި ބުނީ އެމްޑީޕީގެ “މޭ ހައެއް” ކޮމިޓީއާއެކު ބޭއްވި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ތެރޭގައި އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައިދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް އިސްލާމް މާއްދާގެ މުގައްރަރު ތައްޔާރުކުރެވިފައިވަނީ ދިވެހި ބަހުން ކަމަށްވެފައި، އެ މާއްދާ ކިޔަވައިދިނުމަށް ތަމްރީނު ކުރެވިފައިވާ ފެންވަރު ރަނގަޅު ދިވެހި ޓީޗަރުން ރާއްޖޭގައި ތިބުމުން އެ މާއްދާ އިނގިރޭސި ބަހުން ކިޔަވައިދިނުމަށް ވިސްނާފައި ނުވާ ކަމަށް މިނިސްޓްރީގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ރޭ އޮތް އެމްޑީޕީގެ ޤައުމީ މަޖިލީހުގައި، އެޕާޓީގެ މެއި 6 ކޮމިޓީގެ މުގައްރިރު، ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީއާއި ބައްދަލުކުރައްވާފައިވާކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި ސްކޫލް ދަރިވަރުންގެ ތެރޭގައި ހަރުކަށި ފިކުރު އޮތް މިންވަރާމެދު ވާހަކަދެކެވިފައިވާކަމަށާއި، އެޑިއުކޭޝަން މިނިސްޓްރީން އެކަން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާފައިވާކަމަށް ޙަސަން އަފީފް ވިދާޅުވިއެވެ. މިގޮތުން ރިވެންޝަން ޕްރޮގްރާމްތަކާއި ކްރިޓިކަލް ތިންކިންއާއި އެކަކު އަނެކަކަށް އިހްތިރާމްކުރުމާއި ގުޅޭގޮތުން ދަރިވަރުންނަށް އުނގަންނައިދިނުމަށް މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިކަމަށްވެސް ޙަސަން އަފީފް ވިދާޅުވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. މާރިޔާ

    ވިސްނުން ނެތަސް ކުރަން ބޭނުންވާ ކަންކަން ކުރެވޭނެ. އެކަން ސާބިތު ތިޔަ ކޮށްދެނީ