ޚަބަރު
ށ އިން ނަން އުފެއްދުމަކީ އެއްވެސް މާނައެއް ހުރިކަމެއް ނޫންކަމަށް ވިދާޅުވެ ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ ވާހަކަތައް ވަޒީރު ދޮގު ކުރައްވައިފި

ށ އިން ފެށޭ ލަފްޒު އުފައްދަން އުޅުނު ވާހަކަ ގައުމިއްޔަތާ ބެހޭ މިނިސްޓަރ އާދަމް ނަސީރު ދޮގުކުރައްވައިފިއެވެ.

ށ އިން ފެށޭ ފަސް ލަފްޒު އުފައްދާނެ ކަމަށް މިނިސްޓަރު ވިދާޅުވީ ކަމަށް ބުނެ ރަޖިސްޓްރާ ނުކޮށް ހިންގާ ނޫސް ވެބްސައިޓެއްގައި ލިޔެފައިވެއެވެ. އެ ލިންކް ސޯޝިއަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވަމުން އެބަދެއެވެ.

މިކަމާއި ގުޅިގެން މީހަކު ސުވާލުކުރުމުން ނަސީރު ވަނީ އެ ވާހަކަ ދޮގު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ، އޭނާ ދެއްކެވި ވާހަކަތަކެއް ނޫން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ށ. އިން ނަމެއް އުފެއްދުމަކީ އެއްވެސް މާނައެއް ހުރި ކަމެއް ނޫން ކަމަށެވެ. އެއީ، އެ އަކުރުގެ އަޑަކީ ލަފްޒެއްގެ ފެށުމަށް އުފައްދަން ދަތި އަޑަކަށް ވާތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“ށ. އިން ލަފްޒެއް އުފެއްދުމަކީ، އެއްވެސް ގޮތަކަށް އަޅުގަނޑަށް ގަބޫލުކުރެވޭ އަދި ތަރުހީބުދެވޭ ކަމެއް ނޫން،” ނަސީރު ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!