ޚަބަރު
ފުރިހަމަ ތައްޔާރީ އަކަށްފަހު ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތް މިއަދު ފަށަނީ

ވޮލީ މުބާރާތެއް ނުބާއްވައި އަދި ވޮލީގެ ރޫޙު އެއްކޮށް ވަޅުޖެހިފައި ވަނިކޮށް ފުރިހަމަ ތައްޔާރީ އަކާއެކު “ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތް 2024” މިއަދު ހަވީރު ފަށުމަށް ތައްޔާރު ވެއްޖެ އެވެ.

މިއަދު ހަވީރު ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައި ފަށާ މި މުބާރާތުގެ ހުޅުވާ މެޗުގައި ބައްދަލު ކުރާނީ އަންހެން ޑިވިޝަނުގެ ކުއީން ބީ އާއި އިންފިނިޓީ އެވެ. މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:30 ގައެވެ.

ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމެޓީ އާއި މިނިސްޓްރީ އޮފް ސްޕޯޓްސްގެ ތިނަދޫ ސިޓީ ސްޓޭޑިއަމް ގުޅިގެން ކުރިޔަށް ގެންދާ މި މުބާރާތުގެ ރަސްމީ ފެށުން އޮންނާނީ މިރޭ 9 ޖަހާއިރު އެވެ.

ރަސްމިއްޔާތަށް ފަހުގައި 2 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އަންހެން ޑިވިޝަނުގެ ޑީއާރުސީ ވިމެންސް އަދި ފިޓް ފެމިނިން އެވެ. ދެވަނަ މެޗުގައި ފިރިހެން ޑިވިޝަނުގެ ސްކޯޕިއަންސް އަދި ޑީއާރުސީ މެން އެވެ.

ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދާ މި މުބާރާތް އިޢުލާން ކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އަންހެން އަދި ފިރިހެން ޑިވިޝަނުގައި 11 ޓީމް ބައިވެރިވެ ފަރިތަކުރުންތައް ވަރަށް ފޯރީގައި ވަނީ ފަށައިިިފައެވެ.

ހަމައެކަނި ތިނަދޫއަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތުގައި އަންހެން ޑިވިޝަން ގައި 5 ޓީމު އަދި ފިރިހެން ޑިވިޝަން ގައި 6 ޓީމު ވަނީ ބައިވެރި ވެފައެވެ.

= ފިރިހެން ޑިވިޝަން

  1.  ޝޫޓިންގ ސްޓަރ
  2.  މޯލްޑިވްސް ސްޓަރ
  3.  ސްކޯޕިއަންސް
  4.  ޑީސީ މެންސް
  5.  ސޭމް ސޭމް
  6.  ތިނަދޫ ޕޮލިސް

= އަންހެން ޑިވިޝަން

  1.  ފިޓް ފެމިނިން
  2.  އޯލް ސްޓަރ
  3.  ޑީއާރުސީ ވިމެންސް
  4.  އިންފިނިޓީ
  5.  ކުއީން ބީ

މި މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރަކީ ތިނަދޫ ސިޓީ ސްޓޭޑިއަމް އެވެ. މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ ރާޅުއެވެ. ގްރެޕިކްސް ޕާޓްނަރަކީ ޗައްޕަލާ ސްޓޫޑިއޯއެވެ.

މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުރިއަށް ދާނީ ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ކޯޓުގައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!