ޚަބަރު
މިފަހަރު ޗިކާގެ ދީލަތި އެހީ މަޑަވެއްޔަށް: މަޑަވެލީ ރައްޔިތުންނަށް 2000 މާސްކު ހަދިޔާކޮށްފި

އަތޮޅުތެރޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ސަބަބުން މޮނީޓަރިންގެ ހާލަތުގައި އޮތް ގދ.މަޑަވެލީ ރައްޔިތުންނަށް އިބްރާހިމް ނާފިޒް (ޗިކާ) 2000 މާސްކު ހަދިޔާކޮށްފިއެވެ.

ހުވަދޫ ނިއުސްއަށް މައުލޫމާތު ދެމުން ޗިކާ ވިދާޅުވެފައިވަނީ މާސްކުތައް މިހާރު ވަނީ ބޯޓަށް އަރުވާފައި ކަމަށާއި ބޯޓުން އެއެއްޗެހި މަޑަވެލީ ކައުންސިލާއި ހަވާލުކުރާނެ ކަމަށެވެ. މީގެ އިތުރުން އަދިވެސް ވެވެން އޮތް ދީލަތި އެހީތައް ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށް ޗިކާ ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު ޗިކާގެ އުފަން ރަށް ކަމަށްވާ ގދ.ނަޑެއްލާގައި މިދިޔަ ޖުލައިމަހު ކޮވިޑް ކޭސްތަކެއް ފެންމަތިވުމާއި ގުޅިގެން އެރަށަށްވެސް ޗިކާވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ. އެގޮތުން ޗިކާ ވަނީ ނަޑެއްލާގެ ވަކިވަކި ފަރުދުންނަށް ގުޅައި ރަށުގެ ހާލަތު އޮޅުންފިލުވާފައެވެ. ރަށުގެ ރައްޔިތުންނަށް މިދަތި ދަނޑިވަޅުގައި އެހީވުމުގެ ގޮތުން ހުރިހާ ގެޔަކަށް ކާޑުގެ ބާވަތު (ހަނޑޫ، ފުށް، ހަކުރު)ގެ އިތުރުން ކޮންމެ ގެޔަކަށް މޭވާ ތަކެއް ހަދިޔާކޮށްފައިވާ ކަމަށްވެސް ޗިކާ ވިދާޅުވިއެވެ.

މީގެ އިތުރުން މަޑަވެލި، ހޯޑެއްދޫ އަދި ނަޑެއްލާގައި ކިޔަވާ ކުދިންނަށް ހިތްވަރުދިނުމުގެ ގޮތުން ޗިކާ ބުނެފައިވަނީ މިހިނގާ ދިރާސީ އަހަރުގައި މިތިންރަށުގެ ސްކޫލްތަކުން އެންމެ މަތީ ނަތިއްޖާ ހާޞިލްކޮށް އެއްވަނަ ހޯދާ ދަރިވަރަކަށް ހަދިޔާއެއްގެ ގޮތުގައި ލެޕްޓޮޕެއް ދޭނެކަމަށެވެ.

މިޕެންޑަމިކްގައި ރައްޔިތުންގެ ހާލު އެންމެ ގާތުން ބައްލަވާ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޗިކާ ވަނީ ނަމޫނާ ދައްކަވާފައެވެ. ބޭނުމަކީ ވަކި ރަށަކަށް ވަކި މީހަކަށް ބެލުުމެއްނެތި ހާލުގައި ޖެހިފައިތިބި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
 1. އުސައިދު

  ސެޕްޓެމްބަރ މަހުގައި އޮންނަ މަޑަވެލި ދާއިރާ އެމްޑީޕީ ރައީސްކަމަށް ކުރިމަތިލާ ވާހަކަ ޖަހާލިނަމަ ސަޅިވީސް

 2. އިބުރާހިމް

  ކޮމެންޓެއް ކުރިއަސް ކަލޭމެން ކޮމެންޓް ޖަހައި ނުދޭނެ