ފެންޑާ
ބައެއް ފިރިން، އަނބިމީހާ ބަލިވެ އިނދެ ދަރިން ލިބުމުން ވަފާތެރިވާން ހަނދާން ނެތުން؛ ނުބައި އާދައެއް!
މިތަނުގަައި ދައްކަން މިއުޅެނީ ހުރިހާ ފިރިހެނުންގެ ވާހަކައެއް ނޫން އިނގޭތޯއެވެ. މިއީ ހުރިހާ އަނބިންނަށް ދިމާވާ ހިތްދަތި ހާލަތެއް ނޫނެވެ. މިފަދަ ނިކަމެތި ކަމެއްގެ އަސަރުވެސް ނުފެނި، ފިރިމީހާގެ ފަރާތުން ލޯބި އިންތިހާއަށް ލިބިގެން އުޅޭ އަނބިން ތިބޭކަން ޔަގީނެވެ. އަމުދުން ބަލިވެ އިނުމަށްފަހު ފިރިމީހާގެ ފަރާތުން ލޯތްބާއި އަޅާލުން އެތައްއެތައް ގުނައެއް އިތުރުވެ، ނުހަނު އުފާވެރިކަމާއެކު ވިހައި ގަދަވަންދެން ގަނޑުވަރެއްގެ ރާނީއެއްގެ އިއްޒަތުގައި އުޅޭ އަންހެނުންވެސް ތިބެއެވެ. މިކަންކަމަކާ ދެކޮޅެއް ނޫނެވެ. މިއީ ނަސީބުރަނގަޅު އަންހެނުންގެ ތެރެއިން ނަސީބުރަނގަޅު ފަރާތްތަކެއް ކަން ޔަގީނެވެ. އެހެންނަމަވެސް މި ފަރާތްތައް ނޫނަސް އަންހެނުންގެ ތެރެއިން ކައިވެންޏަށްފަހު ނުހަނު ވޭނާއި ކެކުޅުމުގައި ދިރިއުޅޭ އަންހެނުންވެސް އެބައުޅެއެވެ. ހަމަ އަހަރެމެން މިއުޅޭ މުޖުތަމައުގައި އެ އަންހެނުންވެސް އުޅޭއިރު ގިނަފަހަރު އަހަރެމެންނަށް އެކަން ކުޑަކޮށްވެސް އިހުސާސެއް ނުވެއެވެ.
ކައިވެނީގެ ކުރިން ހާހުން ހާހުން ފޮނި ވާހަކަ ދައްކައެވެ. ނެތް ފެންވަރުން ހަދިޔާ ދީ، ލޯބިން ގޮސް ނުފޮޅުވާ އިން މަލެއްނަމަ ގަދަ ބާރުން ވިޔަސް ފޮޅުވާނެއެވެ. ހަނދަށް ގެންގޮސްދޭނެއެވެ. ތަރިތައް ގެނެސް އުނގަށް ލައިދީ ދެން ނުޖަހާނެ ސަކަރާތެއް ނޯންނާނެއެވެ. ވާހަކަ ނުދެއްކި މެސެޖެއްް ނުލިބި ހަތަރު ވަރަކަށް ގަޑިއިރުވިޔަސް ތެޅިފޮޅޭނެއެވެ. ބައްދަލުވާ ކޮންމެ ފަހަރަކު ދައްކާނެ ވާހަކަ ހުހެއް ނުވާނެއެވެ. ތައުރީފުކުރަމުން ގޮސް ލޯބިވެރިޔާ ލަދުމަލެއްހެން އޮޅެންދެން ސަމާސާ ކުރާނެއެވެ. އިންނާނެ ދުވަހަކާއި ހަނީމޫނުގެ ދުވަސްތަކާއި ރޭތައް ހޭދަކުރާނެ ގޮތާއި ލޯބިލޯބި ތުއްތުތުއްތު ދަރިން ހޯދާނެ އަދަދާއި ކިޔާނެ ނަމަށް ދާނދެން ކިޔާނެއެވެ. ކުދިން ނިންދަވާފައި ވަގުވަގު ފިޔަވަޅު އަޅަމުން ސިއްރުން ދެމީހުން އެކަހެރި ވެލާނެ ގޮތަކާމެދު ޕްލޭން ހަދަހަދާފައި ހޭނެއެވެ.
މިހެން ގޮސް ދެން އެއްކަލަ ދުވަސް އައިސް ކައިވެނިކޮށްގެން ދެމީހުން ދިރިއުޅެން ފަށައެވެ. ރޭވުންތަކާ އެއްގޮތަށް ދަރިފުޅަކަށް ބަލިވެ އިނދެ އަނބިމީހާއަށް ބަދަލު އަންނަން ފަށާނެއެވެ. ބޮޑު މަންޒަރުގެ ފަރުދާ ކެހި ހަގީގީ މަންޒަރު ހާމަވަނީ ދެނެވެ.

ދަރިންލިބުމުން އަނބިމީހާ އެކަނިކޮށްނުލާށެވެ.

ބަލިވެ އިނުމަކީ ފިތުރީ ގޮތުންވެސް އެކަމުގައި އުނދަގޫކަމަކާއި ތަކުލީފު އުފުލަން ޖެހޭ ކަމެކެވެ. އެހެންކަމުން ބަލިވެ އިނުމަށްފަުހު އަނބިމީހާގެ މޫޑު ބަދަލުވެ އިހުސާސްތައް ބަލިކަށި ވެއެވެ. މިހާރު ދެން އޭނާގެ ގައިގައި ލޯބިދޭނެ ވަރެއް ނެތެވެ. މިހާރު އޭނާ އެއިނީ ލޯތްބަށް ބޭނުންވެފައެވެ. މިއަދު އޭނާއަަކަށް ފިރިމީހާ ނިދެންދެން ބޯ މޮޑެދޭކަށް ނީދެވޭނެއެވެ. އަދި އޭނާގެ ދެފައި ވަރަށްބޮޑަށް އެހެރީ ދުޅަވެފައެވެ. މުޅިމީހާގެ މޫނު ފޮއްސިވެފައެވެ. ތުންފަތް ބޯވެ ނޫފައިގެންފައެވެ. އަތްނުފޯރާ ވަރުގެ ބަނޑާހެދި އޭނާއަށް ހެލިފެލިވުން ފަސޭހަ ނޫނެވެ.
މިހާހިސާބުން ފިރިމީހާ މަގުން ކައްސާލައެވެ. އަދިވެސް އެއްފަހަރު ހަނދާން ކޮށްލަދޭނަމެވެ،
މި ދައްކަނީ ހުރިހާ ފިރިންގެ ވާހަކައެއް ނޫނެވެ. ބައެއް ފިރިންނަކީ ދުނިޔެ މަތިން ލިބޭނެ ބޮޑުވެގެންވާ ނިއުމަތެއްފަދަ އޯގާތެރިންނެވެ. އެހެންނަމަވެސް މިތަނުގައި މިހާމަކުރަނީ ބައެއް ފިރިންގެ ވާހަކައެވެ. އަދި މިއީ ދެކޮޅު ހެދިޔަސް، ނުވާ ކަމެކޭ ބުންޏަސް ހިނގާފައިވާ ހަގީގީ ކަންތައްތަކެވެ.
ކޮންމެއަކަސް އަނބިމީހާ ބަލިވެ އިނދެ ވިހަން ގާތްވަމުން އަންނަ ވަރަކަށް ފިރިމީހާ ދަނީ ގެއާ ފޭވަމުންނެވެ. އަދި ފިރިމީހާއަށް ކޮންމެވެސް ގެއެއްގެ އަސްކަނިން އޭނާގެ ވަރުބަލިކަން ފިލުވައިލާނެ އެކުވެރިއަކު ލިބިދެއެެވެ. ގައިގައި ފިރުމާނެ ގާތް އަންހެނަކު ލިބިދެއެވެ. ބައެެއް ފިރިހެނުންނަށް މިފަދަ ދެތިން އަންހެނުންނާ ވެސް ބައްދަލުވެއެވެ.
އެކަމަކު މިއީ އެއްވެސް ހާލެއްގައި ގޭގައި އިން އަނބިމީހާއާއި އަހަރު ދެކޮޅު ވިހާފައިވާ އޭނާގެ ލޯބި ދެ ދަރިން ދޫކޮށްލާފައި އަންނަން ބޭނުންވާ ހިޔަލެއް ނޫނެވެ. އެކަމަކު މިއީ އޭނަގެ ބަލިފަޔެވެ.
އަނބިމީހާ ހުތުރު ވާން ފަށަނީ އޭނާއާމެދު ތިމާދެކޭ ނަޒަރިއްޔާތުގެ ސަބަބުންނެވެ. އެއީ ހަމަ އެެއްކަލަ ލޯބިލޯބި އަންހެންކުއްޖާއެވެ. އަދި އޭނާ މިހާރު އެއިނީ މާބޮޑަށްވެސް ޝުކުރާއި ތައުރީފު ހައްގު މަގާމެއްގައެވެ. ހަނދާން ނައްތާ ނުލާށެވެ. އެއީ ތިމާގެ ދެދަރިން ދުނިޔެއަށް ގެނެސް އެކުދިންނާއެކު ރެއާ ދުވާ ހޭދަކުރާ މީހާކަން ހަނދާން ނައްޔާނުލާށެބެ. ތިމާގެ އައިރު ހާޒިރުގައި ތިމާގެ ގެއާއި މުދާ އަމާނާތްތެރިކަމާއެކު ފާރަވެ ބަލަހައްޓާ މީހާ ކަން ހަނދާން ނައްތާނުލާށެވެ.
އަންހެނުންގެ ހަށިގަނޑަށް އަންނަ ބަދަލު ތަަކަކީ އޭނައަށް ވިސްނާ ނުލެވުމުގެ ސަބަބުން ދިމާވާ ގޮތެކެވެ. ވިހެއުމާ ގުޅިގެން ހަށިގަނޑަށް އަންނަ ބަދަލު ތަކުގެ ތެރޭގައި، ސަރުބީ އިތުރުވެ ހަށިގަނޑުގެ ބަރުދަން އިތުރުވުމަކީ ގިނަ މައިނަށް ދިމާވާ މައްސަލަ އެކެވެ. ވިހެއުމާ ގުޅިގެން އިތުރުވާ. ބަރުދަން ނުވަތަ ސަރުބީ ވިރުވާލަން ގިނަ މައިންނަށް އުނދަގޫ ވެސް ވެއެވެ.

އަނބިމީހާ ހުތުރު ވާން ފަށަނީ އޭނާއާމެދު ތިމާދެކޭ ނަޒަރިއްޔާތުގެ ސަބަބުން

ވިހެއުމަށްފަހު ބަރުދަން އިތުރުވަނީ ހަމައެކަނި ވިހެއުމުގެ ސަބަބުންނެއް ނޫނެވެެ. މިއީ މީހާ ފަލަ ވުމުގެ އެންމެބޮޑު ސަބަބު ކަމުގައި ބެލެވެނީ، ވިހެއުމަށްފަހު މަންމަގެ ދިރިއުޅުމަށް އަންނަ ބޮޑު ބަދަލެވެ. ހަމަނިދި ނުލިބުމާއި، ކަންބޮޑުވުމާއި، ގަޑިން ގަޑިއަށް ނުކެވުމަކީ މައިމީހާގެ ބަރުދަން އިތުރުވެ ހަށިގަނޑުގެ ރީތިކަން ގެއްލުމުގެ މައިގަނޑު ސަބަބެވެ.

ހަމަނިދި ނުލިބުމަކީ ފަލަ ވުމަށް މަގުފަހިވާ ކަމެކެވެ. ރޭގަނޑު ހަތަރު، ފަސްގަޑި އިރު ހަމައަށް ނިދި ނުލިބޭ އަންހެނުންނަށް މިގޮތް ދިމާވެއެވެ. ވިހެއުމަށްފަހު މަންމަގެ ދިރިއުޅުމަށް އަންނަނީ ކުޑަ ބަދަލެއް ނޫނެވެ. ރޭގަނޑުގެ ގިނަ ވަގުތު، ކުޑަދަރިފުޅަށް ބުއް ދިނުމަށާއި، ނެޕީ ބަދަލު ކުރުމަށް، ނުވަތަ ކުއްޖާ ނުނިދާ އުޅޭނަމަ، މައިމީހާ އުޅެން ޖެހެނީ ނުނިދައެވެ. ވިހެއުމާ ގުޅިގެން މަންމަގެ ހަށިގަނޑުގެ ރީތިކަން ގެއްލި ފަލަ ވުމުގެ އަނެއް ސަބަބެއް ކަމުގައި ބެލެވެނީ، ކަންބޮޑުވުން ނުވަތަ ސްޓްރެސްއެވެ. ކަންކަމާ މެދު ކަންބޮޑުވެ ހަދާނެ ގޮތް ހުސްވުމުން ގިނަ މީހުންނަށް ދެވެނީ ކާއެއްޗެއްސާ ދިމާއަށެވެ. އެހެން ކަމުން ކަންބޮޑުވުން ތަކުން އަރައިގަތުމަށް ބައެއް އަންހެނުން ގިނައިން ކައި އުޅެއެވެ. މީގެ ނަތީޖާއަކަށް ވަނީ ފަލަވުމެވެ. މީގެ އިތުރުން ހަށިގަނޑުގެ ތައިރޮއިޑް ހޯމޯން ދަށް ވުމަކީވެސް ހަށިގަނޑުގެ ބަރުދަން އިތުރުވުމަށް ބާރުއަޅާ ކަމެކެވެ.

ވިހެއުމަށް ފަހު، މައިމީހާ ފަލަ ވުމަކީ ތަފާތު އެކި ބަލިތައް ޖެހޭ ކަމެކެވެ. އޭގެ ތެރޭގައި، ހަކުރު ބަލި، ލޭމައްޗަށް ދިޔުން، ހާޓްއެޓޭކް އަދި ކިޑްނީގެ ބަލިތައް ފަދަ ތަފާތު ބަލިތައް ޖެހެއެވެ. ވިހެއުމަށްފަހު މައިމީހާ ފަލަ ވުމަކީ، އެހެން ކުއްޖަކަށް ބަލިވެ އިންނައިރު، ލޭ މައްޗަށް ދިޔުމާއި ހަކުރު މައްޗަށް ދިޔުން ފަދަ ކަންކަމަށް މަގު ފަހިކުރުވާ ކަމެކެވެ

މިގުރުބާނީތަކުގެ ބަދަލުގައި ފިރިހެނުން ދުއްވައިގަންނަނީ ކޮންމެވެސް އާ ކަމަކާ ދިމާއަށެވެ. އަނބިމީހާއަށް ނުހައްގު އަދަބު ދީފައި އެހެން ތަންމައްޗަކަށް ދާއިރު ތިމާއަށްޓަކައި، ތިމާގެ ދަރިންކޮޅު ގޮވައިގެން ރެއާދުވާލު އަރާމެއްނެތި ތެޅެމުންދާ އަންހެންމީހާ އާމެދު އެއްވެސް ހަމްދަރުދީއެއް ނެތިއެވެ. އެކަމަކު ނިކަން އެއްްފަހަރު ނަމަވެސް ވިސްނާލަބަލާށެވެ. އެނޫނީ މުޅި އުމުރު ރޯން ޖެހިދާނެއެވެ.

އަނބިންނޭވެ! ނިކަން ވިސްނާލާފައި ހިންދެމި ތެދުވެބަލާށެވެ. ތިބާގެ ފިރިމީހާ ހަމަ މަގަށް އަޅުވާށެވެ. އެގޮތަށް އޭނާ ދޫކޮށްނުލާށެވެ. މިއީ ނުކުރެވޭވަރުގެ ކަމެއްނޫނެވެ.

މިފަދަ ފިރިންނަށް ވިސްނައިދޭށެވެ. މަގުދައްކައި ކަސިޔާރުވަމުންދާ ފިޔަވަޅުތައް ސީދާ ކުރުވާށެވެ. އެފަދަ ފިރިންނަށް ހަނދާންކޮށްދޭށެވެ. ތިޔަ ދަނީ ނުބައި ގޯޅިއަކުންނެވެ. އަނބުރާ ގެއަށް އަންނާށެވެ!

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!