ޚަބަރު
ސިޑްސްގެ ލަނޑުދަނޑިތައް ހާސިލު ކުރެވޭނީ ޕްރައިވެޓް ސެކްޓަރާ ގުޅިގެން މަސައްކަތްކޮށްގެން: ރައީސް

ކުދި ޖަޒީރާ ޤައުމުތަކުގެ ސަރުކާރުތަކާއި ޕްރައިވެޓް ސެކްޓަރާއި ގުޅިގެން މަސައްކަތްކޮށްގެން ނޫނީ މިފަހަރުގެ ސިޑްސް ކޮންފަރެންސްގައި ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލު ނުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސިޑްސް ކޮންފަރެންސްގެ ހަވާސާގެ ތެރެއިން ބޭއްވި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް ނިންމުމަށް ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސިޑްސްގެ ހަވާސާގެ ތެރެއިން ބޭއްވި ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް ނިންމުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ އެކި މައްސަލަތައް ހައްލު ކުރުމުގައި ސިޑްސްގެ ޤައުމުތަކުގެ ސަރުކާރުތަކާއި ޕްރައިވެޓް ސެކްޓަރާއި ގުޅިގެން ކުރެވޭނެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ޕްރައިވެޓް ސެކްޓަރުގައި ހަރަކާތްތެރިވާ އެކި ވިޔަފާރިތަކަށް، ފަހި މާހައުލެއް ޤާއިމް ކޮށްދިނުމަށް ސިޑްސްގެ ޤައުމުތަކުގެ ސަރުކާރުތަކަށް ރައީސްގެ ވާހަކަފުޅުގައި ގޮވާލެއްވިއެވެ.

ރައީސް ވިދާޅުވީ މުޖުތަމައު ބާރުވެރިކުރުވުމާއި ބާޒާރުގެ އާދަކާދަތައް ކަނޑައެޅުމުގެ އިތުރުން އީޖާދީ މަސައްކަތްތަކާއި ޓެކްނޮލޮޖީއަށް ބެލިކަމުގައިވިޔަސް ޤައުމެއްގެ އިޤްތިޞާދެއްގައި އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނީ ޕްރައިވެޓް ސެކްޓަރަށް ކަމަށެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކަށް ބަލާއިރު، ޕްރައިވެޓް ސެކްޓަރުގެ ދައުރުގެ މުހިއްމުކަން ބޮޑު ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުތަކާއި ވިޔަފާރިތައް ގުޅިގެން ހިންގާ މަސައްކަތްތައް އިތުރުކޮށް، އިތުބާރު ދަމަހައްޓައިގެން އިޤްތިޞާދު ކުރިއަރުވަން މަސައްކަތް ކުރަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ އުއްމީދުތަކާއި ޔަގީންކަން ގެނެސްދޭ ފޯރަމްތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި 3 ކަމެއް ހާސިލުކުރުމަށް މަސައްކަތް ކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އެކަންކަމަކީ،

– އެންމެ ކުދި ވިޔަފާރިއާއި، ކުދި ވިޔަފާރިއާއި، މެދު ފަންތީގެ ވިޔަފާރީގެ އިތުރުން، ޒުވާނުން ވިޔަފާރިވެރިން ކުރިއަރުވަމުން އިންވެސްޓްކުރުމާއި

– ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހިމެނުމަށް އިސްކަންދިނުމާއެކު ލޯކަލް ކޮމިއުނިޓީތައް ބާރުވެރިކުރުވުމާއި

– ތަޖުރިބާ ހިއްސާކޮށް، ޕާޓްނަރޝިޕްތައް ޤާއިމްކުރާނެ ޕްލެޓްފޯމްތައް ޤާއިމްކުރުން

ރައީސް ވިދާޅުވީ ވިޔަފާރިތައް ހިންގުމަށް ފަސޭހަވާނޭ ގޮތްތައް މަގުފަހިކޮށް، ފައިނޭންސް ކުރާނެ އައު ދާއިރާތައް ހުޅުވާލަން ޖެހޭކަމަށާއި ގައުމުތަކުގެ މެދުގައި ކުރާ ވިޔަފާރިތަކަށްވެސް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަންޖެހޭ ކަމަށެވެ.

މީގެއިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކަށް މާކެޓް ހޯދައިދިނުމަކީ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެދޭނެ ކަމެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އައު އިންވެސްޓްމަންޓްތަކާއި އީޖާދީ މަސައްކަތްތައް އިތުރުކޮށް، ދެމެހެއްޓެނިވި ތަރައްޤީއަކަށް މަސައްކަތް ކުރަން ބާރު އަޅައި މާހައުލެއް ޤާއިމް ކުރަން ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދިި ވިޔަފާރީއާ ގުޅޭ ޤާނޫނާއި ގަވާއިދުތަކަކީ ވިޔަފާރިތަކުން ތަކްލީފްތައް އުފުލުމުގެ ބަދަލުގައި، ފަސޭހައިން ކަންކަން ކުރެވެން އޮންނަ ހަރުދަނާ އުސޫލުތަކަކާއި ޤަވާއިދުތަކަކަށް ހަދަންޖެހޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!