ޚަބަރު
މަޑަވެލީ ހޯނޑެއްދޫ ކޯޒްވޭ ކަނޑާލައިފި

ރޭ ދަންވަރު ގެ ވަގުތެއްގައި މަޑަވެލީ ހޯނޑެއްދޫ ކޯޒްވޭ ކަނޑާލައިފިއެވެ.

މި ކަމާއި ގުޅިގެން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ޙަސަން ވިދާޅުވީ ރޭ ބަޔަކު ކޮއްފައިވާ މި އަމަލު ވަރަށް ހަރުކަށިކޮށް ކުށްވެރި ކުރާ ކަމަށެވެ. އަދި މިކަމުގެ އަސްލަކީ ހޯނޑެއްދޫ ކައުންސިލް ކަމަށް ބެލެވޭ ކަމަށާއި މިކަމުގައި އެޅެން އޮތް ފިޔަވަޅުތައް އަޅަން ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ. 

ރައީސް އިތުރަށް ވިދާޅުވީ ކޯޒްވޭ އިން ހޯނޑެއްދޫ އާއި ހާދޫ އާއި ދެމެދުން ބައެއް ކަނޑަން މަސައްކަތް ކޮއްފައި ވަނީ އުދަލި ފަދަ ތަކެތިން ކަމަށް ބެލެވޭ ކަމަށާއި މިހާރު އެހުރި ގޮތުން ދަތުރު ނުކުރެވޭނެ ކަމަށެވެ.

“މީ މީހުން ކުރާ ފަދަ ކަންތަކެއް ނޫން. ސަރުކާރުން ކޮއްފައި ހުންނަ މިފަދަ ކަންކަމަށް ގެއްލުން ނުދެވޭނެ. ދިމާވެގެން އުޅޭ މައްސަލައިގެ ޙައްލު ހޯދަނީ މިހެން ނޫން. މިހެން ޖެއްސުން ކޮއްގެން ހައްލު ނުލިބޭނެ. މިކަމުން 2 ރަށަށް ވެސް ވާނީ ގެއްލުން”  ރައީސް ފިޔާޒް ވިދާޅުވިއެވެ.

މި މައްސަލަ އާއި ގުޅިގެން ބަހެއް ހޯދަން ހޯނޑެއްދޫ ރައީސް އަށް ގުޅުމުން އެވަގުތު ފޯނަށް ޖަވާބު ނުދެއްވުމުން، ހޯނޑެއްދޫ ރައީސް ގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ހުސައިން ފަހުމީ

    ޙަޤީޤަތާ އެއްގޮތަށް ލިޔުން (ޚަބަރު) ބިނާކުރުމަށް ބޭނުންވާ ބައެއް މަޢުލޫމާތު މި ޚަބަރުގައި މަދުކަން ފާހަގަ ކޮށްލަން. ސުރުޚީ އެޅުމުގައި ސަމާލުކަން ދޭންވީ ކަންކަމަށް ސަމާލުކަން ދެވިފައެް ނުވޭ.
    ހޯޑެއްދޫއާއި ހާދު ގުޅުވުމަށް އަޅާފައިވާ ކޯޒުވޭ (މަޑަވެލި ހޯޑެއްދޫ) އިން ބައެއް ހަލާކުކޮ ށްލާފައި ވަނީ ރޭގެ ވަގުތެއްގަ އަދި މުޅިން ކޯޒުވޭ ބުރިކޮށް ނުލެވޭ! ފޮތޯތައް އެބަހުރި ބޭނުމިއްޔާ ގުޅާލާ .