ލައިފްސްޓައިލް
ސްކޫލު މާހައުލުގައި ކުދިން ތަފާތު ކުރުން، މަދުން ނަމަވެސް ފެންނަ މަންޒަރެއް!

މިއީ ގިނަ ބެލެނިވެރިންނާއި ދަރިވަރުންގެ ޝަކުވާއެކެވެ. އަޅުގަނޑުމެންގެ ލޮބުވެތި ޓީޗަރުން އެއް ކުއްޖަކު އަނެއް ކުއްޖަކު ތަފާތު ކުރާ ވާހަކައެވެ. ގިނަ ފަހަރަށް މިކަން ހައްލުކުރަން އެޅޭނެ ފިޔަވަޅެއް ވެސް ނޯވެ އެވެ. ބައެއް ބެލެނިވެރިން މިފަދަ ކަންތައް ހައްލު ކުރުމަށް ޓީޗަރާއި ވާހަކަ ދައްކައިފިނަމަ ކަންތައްތައް އިތުރަށް ގޯސްވެގެންދެ އެވެ. އެވާހަކަ ދެއްކި ދަރިވަރު ކުއްވެރިވެ އެވެ.

ހުރިހާ ކުދިންގެ ފެންވަރު އެއް ލެވެލެއްގައި ނުވެސް ހުންނާނެ އެވެ. ވީއިރު ކްލާސް ލެވެލުން ބެލިޔަސް އުނގެނުމުގެ ދަތިކަން ހުންނަ ކުދިންނަށް ބޮޑަށް ސަމާލުކަން ދޭން ވާނެ އެވެ. ނަމަވެސް، ގިނަ ފަހަރު ފެންނަނީ ކްލާހުގައި ދަށްކޮށް އުޅޭ ކުދިން ބާކީ ކުރެވޭ ތަނެވެ. ނޫނީ ވަކި މީހުންގެ ދަރިންނަށް އިސްކަންދެވޭ ތަނެވެ. ދެރަނިކަމެތި މީހެއްގެ ދަރި ކުށެއް ކޮށްފިނަމަ އަދަބުދީ މައްސަލަ ބަލަން ފަށައެވެ. މިއީ ސްކޫލް ތަކުން މަދުން ނަމަވެސް ފެންނަ މަންޒަރެކެވެ. އެއްކަލަ މޮޅު މީހާގެ ދަރި ނޫނީ މުއްސަނދި މީހާގެ ދަރި ކުށެއް ކުރިއަށް މައްސަލަ ބެލުމަކީ މުހިއްމު ކަމަކަށް ނުވެ އެވެ.

ކްލާހުގައްޔާއި ސްކޫލުގައި ބޭއްވޭ އެކިއެކި ހަރަކާތްތަކުގައި ކުދިން ތަފާތު ކުރުމުގެ ނަތީޖާއަކީ ގިނަ ކުދިން ކިޔެވުމާއި ދުރަށް ދިއުމެވެ. ތައުލީމީ ހަޔާތުގެ ވަކި ހިސާބަކުން ކިޔެވުން ހުއްޓާލުމެވެ. އުނގެނުމުގެ ދަތިތައް ހުންނަ ކުދިންނަށް ޓީޗަރުންގެ ސަމާލުކަން ބޮޑަށް ބޭނުންވާނެ އެވެ. ކްލާސްތެރޭގައި ހަމަހަމަ އުސޫލެއްގެ މަތިން ހުރިހާ ކުދިންނާއިމެދު ކަންތައް ކުރެވެން ވާނެ އެވެ، ބެލެނިވެރިންވެސް ތިމާގެ ދަރިފުޅަށް ކްލާސް ތެރެއިން ކަމެއް ދިމާވާކަން ފާހަގަކުރެވޭނަމަ ލަސްނުކޮށް ޓީޗަރާއި ވަހަކަ ދައްކައިގެން މައްސަލަ ހައްލުކުރެވޭތޯ ބަލަންވާނެ އެވެ. ބައެއް ކުދިން ކަމެއް ދިމާވިޔަސް ބިރުންވެސް ހިއްސާނުކޮށް ތިބެއެވެ. ބައެއް ކުދިންނަކީ އަމިއްލަ ގޭތެރެއިން ވެސް މި ތަފާތު ކުރުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކުދިންނެވެ. މިކަން މިހެންވުމުގެ ސަބަބުން ސްކޫލުން ބާއްވާ އިތުރު ހަރަކާތްތަކުގައިވެސް ބައިވެރިވާން ކުދިން ބޭނުމެއްނުވެ އެވެ. ކުދިން އަމިއްލަ ނަފުސަށް ކުރާ އިތުބާރު ގެއްލެ އެވެ.

އަދި ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. ވަކި ޓީޗަރަކު ދެކެ ކުދިން ރުޅިއާދެއެވެ. ނޫނީ ފޫހިވެއެވެ. މިއީވެސް ޓީޗަރަށް ކަންތައް ކުރެވޭ ގޮތުން ދިމާވާ ކަމަކަށްވެސް ވެދާނެ އެވެ. ލޯބި ލިބޭނީ ލޯބި ދީގެންނޭ ބުނާ އަޑު އިވެއެވެ. ޓީޗަރުންވެސް ކުދިންދެކެ ލޯބިވާނަމަ ކުދިންވެސް ޓީޗަރުން ދެކެ ލޯބިވާނެ އެވެ. ސްކޫލް ދޮރާށިން އެތެރެވުމަށްފަހު ކުދިންނަކީ ޓީޗަރުންގެ ދަރިންނެވެ. ވީމާ، ސްކޫލުގައި ހޭދަކުރާ ވަގުތުގައި ޓީޗަރުންގެ ފަރާތުން ދަރިވަރަށް ލޯތްބާއި އަޅާލުން ފުރިހަމައަށް ލިބެންވާނެއެވެ. ކޮންމެ ބެލެނިވެރިއެއްގެ އުއްމީދަކީވެސް މިއީ އެވެ. ސްކޫލަކީ ހުރިހާ ކުދިންނަށް ހަމަހަމަ އުސޫލެއްގެ މަތިން ތައުލީމު ހާސިލު ކުރެވޭ ތަނަކަށް ވާންވާނެ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!