ޚަބަރު
ކޯޒްވޭ ކަނޑާލަން ބަޔަކު ހިންގި އަމަލަކީ ހޯނޑެއްދޫ ކައުންސިލް ބަދުނާމު ކުރަން ކުރި ކަމެއް: ހޯނޑެއްދޫ ރައީސް

މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ ކަނޑާލަން ބަޔަކު ރޭ ދަންވަރު ހިންގި އަމަލަކީ ހޯނޑެއްދޫ ކައުންސިލް ބަދުނާމު ކުރަން ކުރި ކަމެއްކަމަށް ގދ ހޯނޑެއްދޫ ރައީސް ހުސައިން ވާރިޝް ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ އެއަމަލު ހިންގުމުގައި ހޯނޑެއްދޫ ކައުންސިލުގެ އެއްވެސް އަތެއް ނޯންނާނެ ކަމަށާއި އެ ޢަމަލު ހިނގައިފާނޭ ކަމުގެ ހިލަމެއް ވެސް އަދި ޝައްކު ކުރެވޭ ބަޔަކު ވެސް ފެނިފައި ނުވާ ކަމަށެވެ. އަދި ތިކަމަކީ ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއް ކަމަށާއި އެމައްސަލަ މިހާރު ފުލުހުން ބަލަމުންދާ ކަމަށެވެ.

ރައީސް ވާރިޝް އިތުރަށް ވިދާޅުވީ ކޯޒްވޭ ކަނޑާލަން ބަޔަކު ކޮއްފައިވާ މަސައްކަތާ ގުޅިގެން މަޑަވެލި ކައުންސިލްގެ ރައީސް ވިދާޅުވި ވާހަކަ ފުޅަކީ ރަނގަޅު ވާހަކަ ފުޅެއް ނޫން ކަމަށާއި ހޯނޑެއްދޫ ކައުންސިލުން ކަނޑަން މަސައްކަތް ނުކުރާ ކަމަށެވެ.

“އަޅުގަނޑުމެން ވާނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އެދިފައި, ހޯނޑެއްދޫ އަށް ކޯޒްވޭގެ އެގޮތަށް އޮތުމުން ވާ ގެއްލުން ތަކާ ގުޅިގެން ޙައްލު ނުކުރެވޭ ނަމަ ކަނޑާލަން. އެހެންވީމާ ރޭ ކޮންމެ ބަޔަކު ހިންގިޔަސް އެ އީ މި ކައުންސިލް ބަދުނާމު ކުރަން ކުރިކަމެއް.” ހޯނޑެއްދޫ ކައުންސިލް ރައީސް ވިދާޅުވިއެވެ.

ހޯނޑެއްދޫ އާއި ހާދޫއާއި ދިމާލަށް އިންނަ ބައިން ރޭ ދަންވަރު ގެ ވަގުތެއްގައި ކޮންމެވެސް ބަޔަކު ކޯޒްވޭ ކަނޑާލަން މަސައްކަތް ކޮށްފައިވަނީ އުދަލި ފަކީރު ފަދަ އާލާތް ބޭނުން ކޮށްގެން ކަމަށް މަޑަވެލިން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަދި އެތަން ހުރީ ކޯރެއް ގޮތަށް ކޮނެފައި ކަމަށް އެމީހާ ބުންޏެވެ.

މި މައްސަލަ އާއި ގުޅިގެން މަޑަވެލި ކައުންސިލް ގެ ރައީސް ވަނީ ހޯނޑެއްދޫ ކައުންސިލުން ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭކަމަށް މިއަދު ހެނދުނު ވިދާޅުވެފައެވެ. ނަމަވެސް ހޯނޑެއްދޫ ކައުންސިލުން ވަނީ އެ ތުހުމަތު ދޮގު ކުރައްވާފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!