ވިޔަފާރި
ބީއެމްއެލް އިން ގދ. ވާދޫގައި ސްކޭޓް ޕާކެއް ހުޅުވައިފި

ބީއެމްއެލްގެ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު”ގެ ދަށުން ގދ. ވާދޫގައި ސްކޭޓް ޕާކެއް ތަރައްގީކޮށް މިއަދު ހުޅުވައިފި އެވެ.

މި ޕާކުގައި ސްކޭޓު ކުރުމަށް ހާއްސަ ތަނެއްގެ އިތުރުން އިޖުތިމާއީ ހަރަކާތްތަކާއި އިވެންޓުތައް ބާއްވާނެ ސަރަހައްދެއް ވެސް ވަނީ ހިމަނައިފަ އެވެ. މި ޕްރޮޖެކްޓު ހިންގުމަށް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅިީ ހުވަދޫ އެސޯސިއޭޝަން ފޯ ޓޫރިޒަމް (ހެޓް) އިންނެވެ.

ބީއެމްއެލް އިން ބުނީ މިއީ ރަށުގެ ކުޑަކުދިންނާއި ޒުވާނުންނަށް ހުސްވަގުތު އާ ހުނަރެއް ދަސްކޮށްދީ އެކުވެރި މާހައުލެއް ގާއިމް ކުރުމަށް ހުޅުވި ޕާކެއް ކަމަށެވެ. އަދި އެ ރަށަކީ ރާޅާ އަޅާ ގިނަ ބަޔަކު އުޅޭ ރަށަކަށްވުމުން ސްކޭޓް ޕާކު މެދުވެރިކޮށް އެ ހުނަރުވެސް ދަސްވާނެ ކަމަށް ބޭންކުން ބުންޏެވެ.

މީގެ އިތުރުން ހުވަދު އަތޮޅުގައި ޓޫރިޒަމް ފުޅާވެގެން އަންނައިރު މި ޕާކުގެ ސަބަބުން އިތުރު ވަޒީފާގެ ފުރުސަތު ވެސް ހުޅުވިގެންދާނެ ކަމަށް ބޭންކުން ބުންޏެވެ.

ހެޓްގެ ރައީސް އަހުމަދު ތާރިފް މުހައްމަދު ވިދާޅުވީ މި ޕާކުގެ ސަބަބުން އެ ރަށުގެ ޒުވާނުންގެ މެދުގައި ގުޅުން ބަދަހިވެ، އެއްބައިވަންތަކަމުގެ ރޫހު އަށަގަންނާނެ ކަމަށެވެ. އަދި މި ޕާކުގެ ސަބަބުން ކުދިންނަށް އިތުރު ހުނަރެއް ދަސްވެގެންދިއުމަކީ އެންމެ ބޮޑު އެއް މަގުސަދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހެޓްގެ އަމާޒަކީ ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ ފަރާތްތަކާއި ގުޅިގެން ސްކޭޓްކުރުމުގެ ތަމްރީންތައް ދިނުމެވެ.

ބީއެމްއެލް އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކުން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓުތަކަށް އެހީވާން ހުޅުވާލި ފަންޑެކެވެ. މި ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!