ޚަބަރު
ޤާޒީންގެ އޯޑިޔޯތަކަކީ އިދިކޮޅުން ރިޝްވަތު ދީގެން އުފައްދާފައިވާ އަޑުތަކެއް: ދޮންބިލަތް

ލީކުވި ޤާޒީންގެ އޯޑިޔޯތަކަކީ ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕުން ރިޝްވަތު ދީގެން އުފައްދައިގެން އުޅޭ އަޑުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލަތް) ވިދާޅުވެއްޖެއެވެ.

މިއަދު މަޖުލީހުގެ ތަޅުމަށް ވެއްދި ދެކުއްލި މައްސަލައިގެ ތެރޭގައި ޤާޒީންގެ އޯޑިޔޯ ލީކުވި މައްސަލަ އިދިކޮޅުން ވަނީ ހުށަހަޅާފައެވެ. އެހެންނަމަވެސް މިއަދުގެ ބަހުސަށް އެމައްސަލަ ހޮވިފައނުވާތީ އިދިކޮޅުން ދަނީ މަޖުލިސްތެރޭގައި އިހުތިޖާޖްކުރަމުންނެވެ.

އެ ދަނޑިވަޅުގައި ނިޒާމީ ނުކުތާއެއް ނަންގަވައި މެންބަރު ހަލީމް ވިދާޅުވީ ޤާޒީންގެ އޯޑިޔޯއަކީ އިދިކޮޅުން ރިޝްވަތުދީގެން އުފައްދާފައިވާ އޯޑިއޯއެއް ކަމަށާއި އޭގައި ވާހަކަ ދައްކަވަނީ ކޮން ކޮން ބަޔަކު ކަމެއް ވެސް ސާފު ނުވާ ކަމަށް މެމްބަރު ހަލީމް ވިދާޅުވިއެވެ.

މަޖުލީހުގެ ޖަލްސާ 10 މިނުޓަށް މެދުކެނޑުމަށްފަހު އަނެއްކާވެސް ފެށިގެން ކުރިޔަށް އެބަގެންދެއެވެ. އިދިކޮޅުން ދަނީ އަދިވެސް އިހިތިޖާޖްކުރަމުންނެވެ.

އިދިކޮޅު މެމްބަރުން އަޑުގަދަކުރަމުންދާތީ އެމްޑީޕީ މެމްބަރުން ނިޒާމީ ނުކުތާ ނަންގަވައި ގޮވާލަމުން ގެންދަނީ މަޖުލިސް ކުރިޔަށް ގެންދެވުމަށް އިދިކޮޅު މެމްބަރުންގެ ނަން އިއްވުނަށެވެ. އެހެންނަމަވެސް މަޖުލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް މިހާތަނަށް އަދި އެއްވެސް މެމްބަރެއްގެ ނަން އިއްވާފައިނުވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!