ޚަބަރު
މާފުށީ ޖަލަށް ވައްދަން އުޅުނު 92 ފޯނާއި މަނާތަކެތި އަތުލައިގަނެފި

މާފުށި ޖަލަށް ވައްދަން އުޅުނު 92 ފޯނާއި އިތުރު މަނާ ތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ، ރޭގެ ވަގުތެއްގައި ލޯންޗެއްގައި މާފުށީ ޖަލަށް މަނާތަކެތި ވައްދަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، ދިވެހި ފުލުހުންނާއި މާފުށި ޖަލުގެ އޮފިސަރުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ ގިނަ އަދަދެއްގެ މަނާތަކެތި ހޯދާފައި ކަމަށެވެ.

މިކަމާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، މިއޮޕަރޭޝަންގައި މަނާތަކެތި މާފުށި ޖަލަށް ވެއްދުމަށް މަސައްކަތް ކުރި މީހާގެ އަތުން 50 ސްމާޓް ފޯނާއި، އާދައިގެ 42 ފޯނާއި، 109 ޗާޖަރާއި، 77 ޔޫއެސްބީ ކޭބަލްގެ، 49 ދިރާގު ސިމްކާޑާއި، އުރީދޫގެ 12 ސިމްކާޑު އަދި 62 ހެޑްސެޓާއި، ދެ ޕެކެޓް ކަޓަރު ތިލައިގެ އިތުރުން 10 އިރާކް ސްޓިކާއާއި އެނޫންވެސް ބައެއް ތަކެތި ފެނިފައިވާ ަކަމަށެވެ.

މީގެ ކުރިންވެސް ޖަލަށް މަސްތުވާތަކެއްޗާއި ފޯނުތައް ވެއްދުމަށް ވަރަށް ގިނައިން މަސައްކަތް ކުރެއެވެ. ނަމަވެސް ފުލުހުންނާއި ޖަލުގެ އޮފިސަރުން ގުޅިގެން ހިންގާ އެކި އޮޕަރޭޝަން ތަކުގައި މިފަދަ ތަކެތި ފުލުހުން ދަނީ އަތުލައިގަންނަމުންނެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!