ޚަބަރު
ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ.ކުޅުދުއްފުށީ ސިޓީ، ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިހާދިސާ ހިނގާފައިވަނީ މިއަދު 11 ޖެހިއިރު ކަމަށް އެމްއެންޑީއެފްއިންއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން ބުނީ މިއަދު 11:00 ހާއިރު ވިއްސާރައާއެކު އައި ގަދަ ކޮޅިގަނޑުގައި ވަޔާ އެއްލާލާފައިވަނީ އެ ސިޓީގެ “ޖަވާހިރުމާގޭ” ގެ ފުރާޅު ކަމަށެވެ.

އެ ގޭގެ ފުރާޅު މަގުމައްޗަށް އެއްލާލުމުން އެ ފުރާޅު މަގުމަތިން އެއްފަރާތްކުރުމާއި ފުރާޅު ހަރުކުރުމުގައި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑު، ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށްވެސް ވަނީ ބުނެފައެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށްވެސް ސިފައިން ވަނީ ބުނެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!