ޚަބަރު
މިސްރާއި އިސްރާއީލު ސިފައިންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި މިސްރުގެ މީހަކު މަރުވެއްޖެ

މިސްރުގެ އަސްކަރިއްޔާގެ ތަރުޖަމާނު ބުނީ ރަފާހުގެ ބޯޑަރު ކައިރީގައި ހިނގި ބަޑީގެ ހަމަލާއެއްގައި މިސްރުގެ ސަލާމަތީ ޓީމުގެ މެމްބަރަކު މަރުވި މައްސަލަ އިދާރާތަކުން ބަލަމުން އަންނަ ކަމަށެވެ.

މީގެ ކުރިން އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ މިސްރާއި ޣައްޒާއާ ދެމެދު އޮންނަ ހުރަސްކުރާ ސަރަހައްދު ކައިރިން އިސްރާއީލާއި މިސްރު ސިފައިންނާ ދެމެދު ބަޑީގެ ހަމަލާތަކެއް ހިނގި ކަމަށް ބުނާ މައްސަލަވެސް ބަލަމުން އަންނަ ކަމަށެވެ.

“ރަފާހްގެ ބޯޑަރު ސަރަހައްދު ކައިރީގައި ހިނގި ބަޑީގެ ހަމަލާތަކުގައި، އެ ސަރަހައްދު ހިމާޔަތްކުރި ސިފައިންގެ ތެރެއިން އެކަކު ވަނީ މަރުވެފައި.” މިސްރުގެ ކާނަލް ޣަރީބު އަބްދުލް ހާފިޒް ޣަރީބު ކުރިން ކުރެއްވި ޓުވީޓެއްގައި ބުނެފައި އެވެ.

ފަލަސްތީނުގެ ބޯޑަރު ސަރަހައްދާއި ރަފާހުން ހުރަސްކުރާ ސަރަހައްދު މިހާރު އޮތީ އިސްރާއީލުގެ ބާރުގެ ދަށުގައެވެ. މީހުން ތޮއްޖެހިފައިވާ މި ސަރަހައްދަށް އިސްރާއިލުން ހަމަލާތައް ދޭން ފެށުމުން މިސްރުގެ އިތުރުން ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މިސްރާއި އިސްރާއީލުން ސުލްހައިގެ މުއާހަދާއެއްގައި 1979 ވަނަ އަހަރު ސޮއިކޮށްފައިވާއިރު، އޭގެ ފަހުން މިހާހިސާބަށް މިސްރާއި ޣައްޒާގެ ބޯޑަރު ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ދެގައުމުންވެސް ވަނީ އެއްބާރުލުން ދީފަ އެވެ.

އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕްގެ އިޒްރޭލާއި ފަލަސްތީނުގެ ޕްރޮޖެކްޓް ޑައިރެކްޓަރު ރާމީ ދަޖާނީ ބުނީ މިހާރު ރަފާހު އޮތް ހާލަތާއި އެތަނުގައި އިޒްރޭލުން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ސަބަބުން ބޯޑަރު ސަރަހައްދުގެ އަމާންކަން ގެއްލިފައިވާ ކަމަށެވެ.

ދާޖާނީ އިތުރަށް ބުނެފައިވާ ގޮތުގައި މިސްރުގެ ބޯޑަރު ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން މިސްރުގެ ގައުމީ ސަލާމަތާއި މެދު ރައްޔިތުންގެ ކަންބޮޑުވާކަމުގައެވެ.

އިޒްރޭލުން ވަނީ މިދިޔަ މެއި މަހުގެ ކުރީކޮޅު ޣައްޒާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ރަފާހަށް ހަމަލާ ދޭން ފަށައިފަ އެވެ.

މިހާރު ގިނަ ބަޔަކު ތޮއްޖެހިފައިވާ ރަފާހުގައި ގާތްގަނޑަކަށް 1.5 މިލިއަން މީހުން ދިރިއުޅެމުން ދާއިރު، އޭގެ ތެރެއިން ގިނަ ބަޔަކު މިހާރު ވަނީ އިޒްރޭލުގެ ޓޭންކްތަކާއި ވައިގެ ހަމަލާތަކުގެ ސަބަބުން ސަރަހައްދު ދޫކޮށް ދާން ފަށައިފައެވެ.

އާދީއްތަ ދުވަހުގެ ރޭ އިސްރާއީލު ސިފައިން ވަނީ ރަފާހުގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅެމުންދާ ކޭމްޕަކަށް ބޮމުގެ ހަމަލާދީ ފަލަސްތީނުގެ 45 މީހުން ޝަހީދުކޮށްލާފައެވެ.

މި ހަމަލާއާ ގުޅިގެން ބައިނަލްއަގްވާމީ ފެންވަރުގައި އަޑުއުފުލައި ހަނގުރާމަ ހުއްޓާލުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ފަލަސްތީނުގެ އޮފިޝަލުން ބުނާ ގޮތުގައި ޖަބަލިއާ، ނުސައިރަތު އަދި ޣައްޒާ ސިޓީ ފަދަ އެހެން ސަރަހައްދުތަކުގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ މީހުން ދިރިއުޅޭ ތަންތަނަށް އިސްރާއީލު ސިފައިން ބޮން އެޅުމުގެ ސަބަބުން ގާތްގަނޑަކަށް 160 މީހުން ޝަހީދުވެފައިވާ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!