މިސަރުކާރުން ދައުލަތުގެ މީޑިޔާ، ޕަބްލިކް ސާވިސް މީޑިޔާ އާ ހަވާލުވިއިރު ޕީއެސްއެމްގެ ތިޖޫރީގައި އެންމެ ދިހަ ރުފިޔާވެސް ނެތް ކަމަށާއި ކުރިއަށް ދިޔަ ތަހުގީގަށް ދައްކާ ގޮތުގައި ތިޖޫރީގައި ހުރީ އެންމެ ހަތް ރުފިޔާކަމުގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވެއްޖެެއެވެ.
ޕީއެސްއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވީ ކުންފުނީގެ އައު މެނެޖްމަންޓް މިދިޔަ އަހަރުގެ ނޮވްމެމްބަރު މަހުގެ 28 ވަނަ ދުވަހު ހަވާލުވުމާ ހަމައަށް 261 މިލިޔަން ރުފިޔާ ދަރަނީގެ ގޮތުގައި އޮތްކަމަށެވެ.
ޒީނާ ވިދާޅުވީ ކުންފުނީގެ ލިޔެކިޔުންތަކަށް ބަލާއިރު 2020 ވަނަ އަހަރުން ފެށިގެން ޑޮލަރުގަތުމަށް ކަމަށް ބުނެ ޖަމާކޮށްފައި، ވޭތުވެދިޔަ ހަތަރުއަހަރު، 4 މިލިއަނަށްވުރެ ގިނަރުފިޔާ ނުލިބިހުރިކަން ވަނީ ފާހަގަކުރެވިފައިކަމަށެވެ. އަދި މިސަރުކާރުން ދައުލަތުގެ މީޑިޔާ، ޕަބްލިކް ސާވިސް މީޑިޔާ އާ ހަވާލުވިއިރު ޕީއެސްއެމްގެ ތިޖޫރީގައި އެންމެ ދިހަ ރުފިޔާވެސް ނެތް ކަމަށާއި ކުރިއަށް ދިޔަ ތަހުގީގަށް ދައްކާ ގޮތުގައި ތިޖޫރީގައި ހުރީ އެންމެ ހަތް ރުފިޔާކަމަށާއި އަދި ޑޮލަރު އެކައުންޓުގައިވެސް އެންމެ ރުފިޔާއެއްވެސް ނެތްކަމަށް ޒީނާ ވަނީ ވިދާޅުވެފައެވެ. ކުންފުނީގެ ބަޖެޓުން ޑޮލަރު ގަތުމަށްޓަކައި އަމިއްލަ ފަރާތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް ޝައްކު އުފެދޭފަދަ ގޮތަކަށް ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާކަން ފާހަގަވުމާއެކު އަޅާންޖެހެ ފިޔަވަޅުތައް ވާނީ އަޅާފައި ކަމަށާއި އޭރުގެ ފައިނޭންސް ހެޑް މިދިޔަ އޭޕްރީލް 29ވަނަ ދުވަހުން ފެށިގެން ސަސްޕެންޑުކޮށްފައިކަމަށާއި އަދި ސަސްޕެންޑު ކުރުމަށްފަހު އިންޓަރނަލް އޮޑިޓް ކޮމްޕެނީއިން މައްސަލަ ބަލައި އެސްއެޗްއާރް ކޮމްޕެނީއިން މައްސަލަ ބެލުމަށްފަހު ގަވާއިދާއި ގާނޫނާއި އުސޫލުތަކުގެ ތެރެއިން އެ މުވައްޒަފު ވަނީ ޕީއެސްއެމްގެ ވަޒީފާއިން ވަކިކޮށްފައިކަމަށެވެ.
ކަންތައް މިހެން އޮތުމުން، ސަރުކާރުގެ ގުޅުން ހުރި މުވައްސަސާތަކުގެ މައުލޫމާތަށްޓަަކައި މިކަން ހިއްސާކޮށްފައިވާ ކަމަށާއި އަދި ހާއްސަ އޮޑިޓެއް ކުރިއަށް ގެންދިއުމަށް އޮޑިޓް އޮފީހަށް މިދިޔަ މަހު ފޮނުވި ސިޓީއާ އެއްގޮތްވާ ގޮތުގެ މަތިން 2017ވަނަ އަހަރުން ފެށިގެން މިމަހާ ހަމައަށް ހާއްސަ އޮޑިޓެއް ކުރިއަށްދާ ކަމަށްވެސް ޒީނާ ވިދާޅުވިއެވެ.
މިކަމުގައި ޖިނާއީ މައްސަލައެއް ފާހަގަވާތީ، ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދިއުމަށް ފުލުހުންނަށް ހުށަހަޅައިގެން ފުލުހުން އެ މައްސަަލަ ބަލަމުންދާ ކަމަށްވެސް ޒީނާ ވަނީ ވިދާޅުވެފައެވެ.
ކުންފުނިތަކުގެ ބަލަދުވެރި ފަރާތަކީ ޕީސީބީކަން ފާހަގަކުރައްވައި ޒީނާ ވިދާޅުވީ ޕީސީބީން ބޭއްވި ތަފާތު ބައްދަލުވުންތަކުގައި ވެސް ވޭތުވެދިޔަ އަހަރުތަކުގައި ޕީއެސްއެެމްގެ ފައިނޭންސް މެނޭޖްކުރުުމުގައި މައްސަލަތަކެއް ހުރިކަން ތަކުރާރުކޮށް ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ މެނޭޖްމަންޓަށްވެސް އެމައްސަލަތައް ހުރިކަން ފާހަގަވެގެން ހިއްސާކޮށްފައިވާ ކަމަށް ޒީނާ ވިދާޅުވިއެވެ. އެހުރިހާ ކަންތައްތަކަށް ބެލުމަށްފަހު މާލީހާލަތުވެސް މާލީ ހިންގުންވެސް ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސަައްކަތް ކުރަމުންދާ ކަމަށްވެސް ޒީނާ ވަނީ ވިދާޅުވެފައެވެ.
އަޅުގަނޑެއް ފަހެއް ނުޖެހޭނެ އުސޫލާ އެއްގޮތަށް އަމަލު ކުރާކަށް، އެއޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅަން ޖެހޭ މީހަކަށް އަޅުގަނޑުމެން ފިޔަވަޅު އަޅާނަން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނެއް ހިޔާނަތެއް ނުވާނަން، އަދި ކުރަން ޖެހޭ ކޮންމެ ކަމެއްވެސް ގާނޫނާއި ގަވާއިދާ އުސޫލުގެ ތެރެއިން ކުރަމުންދާނަން،” ޕީއެސްއެމްގެ އެމްޑީ ޒީނާ ޒާހިރު