ލައިފްސްޓައިލް
ދިރިއުޅުމުގައި އަނބިމީހާ އަށް އެހީތެރިވުމަކީ އަނބިދަށުވުމޭ ބުނެވޭނެބާ؟

އާދެ! ދިރިއުޅުމެއްގެ ހަގީގީ އުފާވެރިކަމަކީ ދެމަފިރިން ގުޅިގެން އެކަކު އަނެކަކަށް އަޅާލުމާއި އެހީތެރިކަންދީގެން ހަޔާތް ވޭތުކުރެވެ. ނަމަވެސް، އަޅުގަނޑުމެންގެ ތެރެއިން ގިނަ އިންސައްތައެއްގެ މީހުން ދެކޭގޮތުގައި ފިރިމީހާ އަނބިމީހާ ކައިރީގައި މާގިނައިން ވަގުތު ހޭދަކޮށް ނުވަތަ ދިރިއުޅުމުގައި ފިރިން އަނބިންނަށް ލުއި ފަސޭހަ ކޮށްދިނުމަކީ، އެއީ އަނބިދަށުވެގެން ފިރިން ކުރާ ކަންތައްތައް ގޮތުގަ އެވެ. ގިނަ ފަހަރަށް ފިރިމީހާގެ ރައްޓެހިންގެ ތެރޭގައިވެސް އޭނާ ލޭބަލްވެފައި އޮންނަނީ އެގޮތަށެވެ. ބައެއް ފަހަރަށް ރަހުމަތްތެރިންގެ ތެރޭގައި މިކަންކަން ބޮޑު މަޖާގަޑަކަށް ބަދަލުވެ، ދުވަސްވާ ވަރަކަށް ފިރިމީހާގެ ވިސްނުމަށް އޭގެ ނޭދެވޭ އަސަރު އައިސް އޭނާގެ ވިސްނުން ބަދަލުވާ ފަހަރުވެސް އާދެއެވެ. މިއީ މަދުންނަމަވެސް ދިމާވާ ކަންކަމެވެ.

ގިނަ މީހުން މިކަންތައް މިގޮތަށް ބަލައިގަތަސް ގޭތެރޭގެ ކަންކަމުގައްޔާއި އެހެނިހެން ކަންކަމުގައި އަނބިމީހާއަށް އެހީތެރިވުމަކީ އަނބިދަށުވުން ކަމުގައި ދެކިގެން ނުވާނެއެވެ.

މި ޒަމާނުގެ ގޮތުން ބެލިޔަސް އެކަކު އަނެކަކަށް އެހީތެރިނުވެ އުޅެވޭނެ އެއްވެސް ގޮތެއްް ގިނަ ފަހަރަށް ނުވެސް އޮންނާނެއެވެ. ކުރީ ޒަމާނުގައި އަންހެން މީހާ އިންނަނީ ދަރިން ބެލުމުގައްޔާއި ގޭތެރޭގެ މަސަތްކަތްތުގައި އަބަދު ގޭގައެވެ. ނަމަވެސް، މި ޒަމާނުގައި ދެމަފިރިން އެކުއެކީގައި މަސަތްކަތްކޮށްގެން ނޫނީ ދިރިއުޅުމުގެ އެކި އެކި ހަރަދުތައް ކުރެވޭކަށް ނޯވެއެވެ. ވީއިރު ވަޒީފާ އަށްދާ ދެމީހުންނަށް ދިރިއުޅުން ބެލެންސް ކުރެވޭނީ އެކަކު އަނެކަކަށް ސަޕޯޓުދީ އެހީތެރިކަން ފޯރުކޮށްދީގެންނެވެ. އަނބިމީހާ ޑިއުޓީގައި ހުންނަ ގަޑިއަކީ ފިރިމީހާ ގޭގައި އުޅޭ ވަގުތެއް ނަމަ ގޭތެރޭގައި ނުކުރެވި ހުންނަ ކަންތައްތައް ނޫނީ ދަރިންގެ ކަންތައްތައް ކޮށްލުމަކީ އެއްވެސް ހާލެއްގައި އަނބި ދަށުވުން ކަމުގައި ދެކިގެން ނުވާނެއެވެ.

ގިނަ އަންހެނުން ޑިއުޓީއަށް ދާނީ ވެސް ގިނަ ފަހަރަށް ގޭތެރޭގެ މަސަތްކަތްތައް ނިންމާލައިފައެވެ. ދެން ނުކުރެވި ކަމެއް ހުރިނަމަ ފިރިން އެކަންތައް ކޮށްލަންވާނެ އެވެ. އަދި ހާއްސަކޮށް ދެމަފިރިންނަކީ ވަކި އުޅޭ ބައެއް ނަމަ، ފިރިމީހާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެއެވެ. ގޭތެރޭގެ މަސައްކަތާ، ދަރިންގެ މަސައްކަތަކީ ހަމައެކަނި އަނބިމީހާ ކުރަންޖެހޭ ކަމެއްކަމަށް ނުބަލައި މި ހުރިހާ ކަމެއްގައި އަނބިމީހާއަށް އެހީވެދީ ހަދާނީ އަނބިމީހާއަށް ގަދަރުކުރާ، އަނބިމީހާދެކެ ލޯބިވާ ފިރިންނެވެ. މިފަދަ މީހުންނަކީ އަނބިދަށުވެފައި ތިބޭ މީހުންނެއް ނޫނެވެ. އެއީ ދިރިއުޅުމުގެ އަގުވަޒަން ކުރަން އެނގޭ މީހުންނެވެ.

ފިރިމީހާގެ ކޮނޑުގައި ޒިންމާތަކެއް އެޅިފައި އޮންނަ ގޮތަށް އަނބިން ވެސް ފިރިންނަށް ކޮށްދޭންޖެހޭ ކަންކަމުގައި ފަރުވާތެރިވާން ވާނެ އެވެ. އަންނައުނު ދޮވެ އިސްތިރި ކުރުމާއި އިރުން އިރަށް ކާއެތިކޮޅު ރޯފިލުވައި އަދި މި ނޫންވެސް ބައިވަރު ކަންތައް ހުންނާނެ އެވެ. ގެގައި ނުކެއްކޭނަމަ ބޭރުން ކާން ޖެހި އަނެއްކާވެސް އިތުރު ހަރަދެއް އިތުރުވެގެންދެ އެވެ. އެހެންކަމުން، ދެމީހުންވެސް އެކަކު އަނެކެއްގެ ޒިންމާތަކަށް ފަރުވާކުޑަ ނުކޮށް ކުރިއަށްދާން ވާނެއެވެ.

ކައިވެންޏެއް ކުރުމުގެ ކުރިން އެތަކެއް ވައުދުތަކާއި އަހުދެއް ވާނެއެވެ. މިފަދަ ވައުދުތަކާއި، މަޝްވަރާތަކުގެ ތެރޭގައި، ކައިވެނި ކުރުމަށްފަހު އެކަކު އަނެކަކަށް އެހީވާން ކުރާނީ ކޮންކަމެއްތޯއާ މެދު ވާހަކަދައްކައި ދެމީހުންގެ ވިސްނުން ހުރި ދިމާލެއް ބަލާށެވެ. ދެމަފިރިން ވަޒީފާ އަށް ދާނަމަ ކަންތައްތައް މެނޭޖު ކުރާނެ ގޮތާއި ދަރިއެއް ލިބުމަށްފަހު އެކިއެކި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ދެމީހުން އަމަލުކުރާނެ ގޮތާއި ބެހޭގޮތުން ވާހަކަ ދެކެވި މަޝްވަރާކޮށްފައި ބެހެއްޓުމަކީ މުހިއްމު ކަމެކެވެ.

އިރުއަރާފައި އިރުއޮއްސޭހާ އަވަހަށް ކައިވެނި ކުރުމަށްފަހު ކަންތައްތައް ބަދަލު ވެގެންދެއެެވެ. ދިރިއުޅުމުގައި އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޒިންމާތައް ގިނައެވެ. ޒިންމާތައް ގިނަވާ ވަރަކަށް ނުކުރެވި ހުންނަ ކަންތައް ގިނަ ކަމުން ދެމަފިރިން ދޭތެރޭ އެކިއެކި މައްސަލަތައް ޖެހެން ފަށައެވެ. މިފަދަ މައްސަލަތަކާއި ދުރުވެވޭނީ ފުރަތަމަ ދުވަހުން ފެށިގެންވެސް ދިރިއުޅުމުގެ ކަންކަން މެނޭޖު ކުރެވޭނީ ދެމީހުންގެ ވެސް އެއްބާރުލުން ލިބިގެންކަން ދަނެ އެގޮތަށް އަމަލުތައް ބައްޓަން ކުރެވިގެންނެވެ.

ދެމަފިރިން އެކަކު އަނެކަކަށްވާ އެހީތެރިވުމަކީ ކާމިޔާބު ދިރިއުޅުމެއްގެ ތަޅުދަނޑިއެވެ. ގޭތެރޭގައި އަނބިމީހާ އަށް އެހީތެރިވުމަކީ އަނބިދަށުވުމެއް ނޫނެވެ. އެކަމަކީ މާތްވެގެންވާ އިސްލާމްދީނުގައި ވެސް ނުހަނު ބާރު އަޅުއްވާފައިވާ ކަމެކެވެ. ކޮންމެ ދިރިއުޅުމެއް ވެސް ކާމިޔާބުކަމާއެކު ކުރިއަށް ދާނީ އެކަކު އަނެކެއްގެ އިހުސާސްތައް ދަނެ، ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަންދީ، ކުރިމަތިވާ ދަތި އުނދަގޫތަކާއި ދެމަފިރިން އެކުވެރިކަމާއެކީީ ކުރިމަތިލައިގެންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!