ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދު ވިދާޅުވި އެއްވެސް ވާހަކައެއް ފިޝަރީޒް މިނިސްޓްރީގެ ކަރުދާހަކު ނެތްކަމަށް މަޑަވެލި ރައީސް ފިޔާޒް ޙަސަން ވިދާޅުވެއްހެއެވެ.
މިއަދު ފިޝަރީޒް މިނިސްޓަރ އާއިއެކު ބޭއްވުނު އޮންލައިން ބައްދަލުވުމަށް ފަހު ކުރެވި ފޭސްބުކް ޕޯސްޓެއް ގައި ރައީސް ފިޔާޒް ވިދާޅުވެދައި ވަނީ ރައީސުލް ޖުމުހޫރިއްޔާ ގދ މަޑަވެއްޔަށް ކޮށްދެއްވާނެ ކަމަށް ވަޢުދުފުޅުވި އެއްވެސް ކަމެއްގެވާހަކަ ފިޝަރީޒް މިނިސްޓުރީއަށް ލިބިފައިވާ ކަރުދާހުގައި ހިމެނިފައިނެތް ކަމަށާއި މިނިސްޓަރ އެގޮތަށް ވިދާޅުވުމުން އެކަމާ ނުހަނު ކަންބޮޑުވެ ހިތާމަ ކުރާ ކަމަށެވެ.
މަޑަވެލީގެ ފިޔާޒް ޙަސަން އިތުރަށް އެ ޕޯސްޓް ގައި ވިދާޅުވެފައިވަނީ 2 ވަނަޓާރމް އެއްގެ ވިސްނުފުޅު ހުންނެވި އިރު މިހާއަވަހަށް ހަނދުމަފުޅު ނެތުމުން ރައްޔިތުންގެ ހައްޤުތައް ގެއްލިގެންދާކަން ވެސް ހިތާމަޔާއެކު ފާހަގަ ކުރާކަމަށެވެ.
މަޑަވެލީ ކައުންސިލް އިދާރާ ގައި މަޑަވެލީގެ އިޙްތިސާސް ތެރޭގައި ހިމެނޭ ކަންތައްތަކާ ބެހޭ ގޮތުން މިއަދު ފިޝަރީޒް މިނިސްޓުރީއާއި އެކު ބޭއްވި ބައްދަލުވުމަށް ފަހު ކުރެްެއްވި ސޯޝަލް މީޑިއާ ޕޯސްޓްގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ އިންތިޚާބުގައި އެ ރަށަށް ވަޑައިގެން ކުރެއްވި ވަދުތަކަކީ ކޮބައިކަން ވިދާޅުވެދައި ނުވެއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން މަޑަވެލި ކައުންސިލްގެ ރައީސް މީގެ އިރުކޮޅެއް ކުރިން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެ ރަށަށް ވަޑައިގެން މަޑަވެލީ ބިން ހިއްކުމާއި އައިސް ޕްލާންޓެއް އެޅުމާއި މަޑަވެލި ހޯނޑެއްދޫ އެއްފަސް ކުރައްވާނެ ވަނީ ވަޢުދުވެ ވަޑައިގެންފައިކަމަށެވެ.

