ޚަބަރު
ޔޫރޯ ދެއްކުމުގެ ރައިޓްސް އޮތް ހަމައެކަނި ދިވެހި ކުންފުންޏަކަށް ޕީއެސްއެމް، ހުރިހާ މެޗެއް އެޗްޑީކޮށް

އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހު ފަށާ ޔޫރަޕިއަން ފުޓްބޯލް ޗެމްޕިއަންޝިޕް ނުވަތަ އާންމު ނަމުންނަމަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ބްރޯޑްކާސްޓިންގް ރައިޓްސް ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ލިބިއްޖެއެވެ.

މިކަން ހާމަކުރެއްވުމަށް ޕީއެސްއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓުބޯޅަ މުބާރާތް ދައުލަތުގެ މީޑިއާއިން ނުގެނެސްދެވުމުން އެކަމުގެ ކަންބޮޑުވުން އާންމުން ފާޅުކޮށްފައިވާ ކަމަށެވެ. އެހެންކަމުން، މި މުބާރާތް މިއަހަރު ރައްޔިތުންނަށް ގެނެސްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން މިހާރު ބްރޯޑްކާސްޓިންގް ރައިޓްސް ލިބިފައިވާ ކަމަށެވެ.

ޔޫރޯ ދެއްކުމަށް ބްރޯޑްކާސްޓިންގް ރައިޓްސް ހޯދުމަށް ސަރުކާރުން ދެއްވި އެއްބާރުލުމަށް ޒީނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޒީނާ ވިދާޅުވީ މި ސަރަހައްދަށް ޔޫރޯ ފުޓުބޯޅަ ދައްކަނީ ސޮނީ މެދުވެރިކޮށް ކަމަށާއި އެންމެ ފަހުގެ މުބާރާތް ނުދެއްކުނީ އެކުންފުންޏަށް ދައްކަން ޖެހިފައިހުރި ދަރަނި ނުދެއްކި ހުރުމުން ކަމަށެވެ. ނަމަވެސް މިހާރު އެ ދަރަނި ދެއްކުމަށް އާ ޕްލޭނެއް ހެދުމުން ބްރޯޑްކާސްޓިންގް ރައިޓްސް ޕީއެސްއެމަށް ލިބިފައިވާ ކަމަށެވެ.

ޖޫން 14ގައި ޖަރުމަނުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ހުރިހާ މެޗެއް އެޗްޑީ ކޮލިޓީގައި ގެނެސްދިނުމަށް ޕީއެސްއެމުން ވަނީ ނިންމާފައެވެ. އަދި ޔޫރޯ މެޗުތައް ވަގުތުން ބަލާލުމަށް ބެލުންތެރިން އެކަމަށް އިތުރު އެއްވެސް އަގެއް ދައްކަން ނުޖެހޭނެއެވެ.

“ޔޫރޯ ދެއްކުމަށް ރައިޓްސް އޮތް ހަމައެކަނި ދިވެހި ފަރާތަކީ ޕީއެސްއެމް. ޕީއެސްއެމްގެ ޓީވީއެމް އަދި ޔެސްޓީވީން މެޗުތައް ގެނެސްދޭނަން އިރާދަކުރެއްވިއްޔާ.” އެމްޑީ ޒީނާ ޒާހިރު ވިދާޅުވިއެވެ. ޒީނާ އިތުރަށް ވިދާޅުވީ ޔޫރޯގެ އިތުރުން، އިތުރު ފްރަންޗައިޒް ޝޯވތައްވެސް ދެއްކުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

ޖަރުމަނުގެ 10 ސިޓީއެއްގައި ކުޅޭ މި މުބާރާތުގައި ޔޫރަޕުގެ 24 ޤައުމަކުން ވާދަކުރާނެއެވެ. މި ޤައުމުތައް ހަ ގްރޫޕަކަށް ބަހާލައިގެން މި މުބާރާތުގައި ޖުމްލަ 51 މެޗު ކުޅޭއިރު މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ޖުލައި 14 ވަނަ ދުވަހު ބާލިންގައެވެ.

ޔޫރޯ އެންމެ ފަހުން ބޭއްވީ 2020 ވަނަ އަހަރު އެވެ. އެފަހަރު އިންގްލަންޑު ބަލިކޮށް ތަށި އުފުލާލީ އިޓަލީ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!