ޚަބަރު
ދީީން ހިމާޔަތްކުރުމަށް މިހާތަނަށް އެންމެ ގިނަ މަސައްކަތެއް ކުރީ މިސަރުކާރުން: ޔައުގޫބް

މާތްވެގެންވާ އިސްލާމް ދީން ހިމާޔަތް ކުރުމަށް އެންމެ ބޮޑު މަސައްކަތެއް މިހާތަނަށް ކުރައްވާފައިވަނީ މިސަރުކާރުން ކަމަށާއި، އެގޮތުގައި ދެމިތިބޭނެ ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދީން ހިމާޔަތް ކުރުމާއި އެހެން ދީނަކަށް ޖާގަ ނުދެއްވާނެ ކަމަށް ރައީސް ސޯލިހު ތަކުރާރުކޮށް ވިދާޅުވަމުން އަންނަކަން ފާހަގަ ކުރަމުން ޔައުގޫބް ވިދާޅުވީ، ގާނޫނު އަސާސީ ބަދަލު ކުރެވޭ ވަރަށް އެމްޑީޕީއަށް ބާރު ލިބިފައިވާ ކަމަށާއި ސަރުކާރުން ދީނާ ހިލާފު ކަމެއް ކުރަން ބޭނުންނަމަ މިއަދު އޮންނާނީ އެކަން ކޮށްފައި ކަމަށެވެ. ނަމަވެސް އެފަދަ އަމަލެއް ސަރުކާރުން ނުކުރައްވާ ކަމަށެވެ.

“އަޅުގަނޑަށް ފެންނަ ފެނުމުގައި މަލްޓި ޕާޓީ ވެރިކަމެއް ފެށުމުގެ ފަހުން އިސްލާމް ދީނުގެ އުސޫލުތައް ހިފެހެއްޓުމާއި ނެގެހެއްޓުމަށްޓަކައި މި ސަރުކާރުން ކުރާ ވަރުގެ މަސައްކަތް ކުރި އެއްވެސް ސަރުކާރެއް މިވީހާ ތަނަކަށް ފެނިފައެއް ނެތް،” ޔައުގޫބް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހަރުކަށި ފިކުުރުގެ އެއްވެސް މީހަކާއި ދޭތެރޭ ފިޔަވަޅެއް ނާޅާކަމަށާއި ހަރުކަށި ފިކުރުގެ މީހުންނާއި ދީނަށް ފުރައްސާރަ ކުރާ މީހުންނާ ދެކޮޅަށް ވެސް ހަމައެކަނި މަސައްކަތް ކުރެއްވީ މި ސަރުކާރު ކަމަށް ޔައުގޫބު ވިދާޅުވިއެވެ.

“ދީނަށް އެއްވެސް ވަރަކަށް ފުރައްސާރަ ކުރުމުގެ ޖާގަ މި ގައުމުން ލިބިގެނެއް ނުވާނެ. މީގެ ކުރިން ނަފްރަތާ ގުޅިގެން ހުށަހެޅުނު ބިލުގައި ވެސް އަޅުގަނޑު ވާނީ އެ ބިލާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކާފައި އަދި އިސްލާހު ވެސް ހުށަހަޅާފައި،” މެންބަރު ޔައުގޫބް މިއަދު ވިދާޅުވިއެވެ.

ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާގައި މިހާރު އޮންނަ ގޮތުން މުއާސަލާތީ ވަސީލަތެއް ބޭނުން ކޮށްގެން ނުވަތަ އާންމުންގެ ކުރިމަތީގައި އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމް ދީނަށް ފާޑު ކިޔައި، ދީނީ ތަގުރީރު ކުރުމަކީ ކުށެއްކަން ފާހަގަ ކޮށްލެވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!