ޚަބަރު
ރައީސް ޔާމީނަށް ހުކުމެއް ކޮށްފައިވާ ތަނެއް ނުފެނޭ، ފެންނަނީ އަމިއްލަ އެދުމާއި މަންފާއަށް ހުކުމެއް ވިއްކާފައިވާތަން: ނަޜީޝް

ރައީސް ޔާމީނަށް ހުކުމެއް ކޮށްފައިވާ ތަނެއް ނުފެންނަކަމަށާއި، ފެންނަނީ ބައެއްގެ ނުފޫޒަށް ހެއްލި ހުކުމެއް އަމިއްލަ އެދުމާއި މަންފާއަށް ވިއްކާފައިވާތަން ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް ވިދާލުވީ ރައީސް ޔާމީނާއި ދޭތެރޭ މިކޯލިޝަން ސަރުކާރުން ގެންގުޅޭ ތަފާތު ކުރުމާއި އިންސާފުން އެއްކިބާވެފައިވާ މިންވަރު ވަރަށް ރަގަޅަށް ސާފުވެއްޖެ ކަމަށާއި، މިކަމުގެ ފަހަތުގައި ހުރީ ރައީސް އިބޫއާއި މިކޯލިޝަންގެ ވެރިން ކަމަށެވެ.

“ރައީސް ޔާމީން ވަނީ ހައްގުން ކަމަކާއި ނުލައި ސިޔާސީ މަންފާތަކެއް ހާސިލުކުރަން ގައިދުރުކޮށް އެކަހެރިކޮށްފައި. ޝަރީއަތް ކުރިކަމަށް ދައްކާ ވާހަކަ ތަކަކީ ޑްރާމާ އެއް ކެއް. ކުޅުނު ފިލްމެއް.” ނަރީޝް ވިދާޅުވިއެވެ.

އޭގެ އިތުރުން ނަރީޝް ވިދާޅުވީ، އަދުލު އިންސާފުގެ ނިޒާމަށް އަތްބާނާ މުޅި ނިޒާމް ވަނީ އަލީ ޒާހިރު، ރައީސް އިބޫގެ އަމުރަށް ގަޑުބަޑުކޮށްފައިކަމަށެވެ. އަދި ރައީސަކަށް ކަތީބަކަށް އެއީ ކުށެއް ކަމަށާއި އެކަމުގައި ބައިވެރިވާ މީހުންނާއިމެދު ގާނޫނީ ފިޔަވަޅު އަޅާ ރައީސް ޔާމީން ވަގުތުން މިނިވަންކޮށް ގެއްލުމުގެ ބަދަލު ނަގައިދޭން ޖެހޭނެ ކަމަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!