ޑަބްލިއު އެޗްއޯގެ މެމްބަރުކަން ފަލަސްތީނަށް ލިބުމަކީ ހަމަޖެހުން ގާއިމް ކުރުމަށް އެޅުނު މުހިން ފިޔަވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާލުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަލަސްތީނަށް ލިބެންޖެހޭ ޙައްގުތައް ކަށަވަރުކުރުމަށާއި ބައިނަލްއަގުވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ފުރިހަމަ މެންބަރުކަން އެ ޤައުމަށް ލިބުމަށް ދިވެހީން ފުރިހަމައަށް ތާއީދު ކުރާ ކަމަށެވެ.
މި ގޮތުން މި މައްސަލައަކީ ރާއްޖޭން ކޯސްޕޮންސާރ ކުރި މައްސަލައެއް ކަމަށާއި، ފަލަސްތީނުގެ ހައްގުތައް ކަށަވަރުކުރުމަށް ރާއްޖެއިން އަބަދުވެސް ތާއިދުކުރާ ކަމަށްވެ. މި ކަމުގައި ރާއްޖެއިން ވޯޓް ދެއްވީ ފަލަސްތީނުގެ ހައްގު ކަށަވރުކުރުމަށް ކަމަށް ވެސް ރައީސް ވިދާލުވިއެވެ.
ރައިސް ވިދާޅުވީ ވިދާޅުވީ 77 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ މެންބަރުކަން ފަލަސްޠީނަށްދީ އެ ޤައުމުގެ ޙައްގުތައް ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގައި ވޯޓުދިން 101 ޤައުމުގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭ ކަމަށެވެ.
މިއީ ފަލަސްތީނަކީ ފުރިހަމަ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގުވާމީ ތާއީދު އިތުރުވަމުންދާކަމުގެ ނިޝާނެއް ކަމަށާއި އެ ނިންމެވުމަށް މަރުޙަބާ ދަންނަވާ ކަމުގައެވެ.