ޚަބަރު
ނަފާ ހޯދޭނޭ މަގަށް މިޔަރުގެ މަސްވެރިކަން ކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދެއްވާ: ކުޅުދުއްފުށީ މޭޔަރ

ދިވެހި ކަނޑުފަޅުގެ ފުރިހަމަ ނަފާ ރައްޔިތުންނަށް ހޯދޭނޭ މަގަށް ސިޔާސަތުތައް ބައްޓަން ކޮށްދެއްވާ، މިޔަރުގެ މަސްވެރިކަން ކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށް ކުޅުދުއްފުށީ މޭޔަރ I މުހައްމަދު އާތިފް ސަރުކާރަށް ގޮވާލައްވައިފިއެވެ.

މޭޔަރ އާތިފް މިއަދު އޭނާގެ ފޭސްބުކް ގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ 2000ގެ އަހަރުތަކާއި ހަމައަށް ކުޅުދުއްފުށީގެ އިޤްތިސާދަކީ ރާއްޖޭގެ ނިސްބަތުން އާރޯކަން ހުރި ތިޔާގި އިޤްތިސާދެއް ކަމަށާއި މައިގަނޑު ސަބަބަކީ ދެ ދާއިރާ އަކުން ގިނަ އަދަދަކަށް ބޭރު ފައިސާ ކުޅުދުއްފުށްޓަށް ވަންނަމުން ދިއުން ކަމަށެވެ. އެގޮތުން ބޭރުގެ ޝިފިން  ލައިންތަކުގައި ރަށުގެ ގިނަ އަދަދެއްގެ ސީމަނުން މަސައްކަތް  ކުރުމާއި ލޭނު މަސްވެރިކަން (މިޔަރުގެ މަސްވެރިކަން) ކޮށް ލޮނުމަސް އެކްސްޕޯޓްކުރުމުގެ ބޮޑު ސިނާއަތެއް ރަށުގައި އުފެދިފައި އޮތް ކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އެ މަސައްކަތް ފުޅާވެފައިއޮތް މިންވަރަކީ މަސްވެރިން މިޔަރު ރަށަށް ގެނައުމުން، ރޮލަށް ރަށުން ބޭރުކުރުމުގެ ބަދަލުގައި ވެލިއުއެޑްކޮށް އަގު މައްޗަށްޖެއްސުމުގެގޮތުން މަހާއި އުރަހާގައި ލޮނުއަޅާ ޓްރީޓް ކުރުމުގެ މަސައްކަތް ރަށުގައި ކޮށް، އެމަސައްކަތުގައި ޝާމިލްވެ ގިނަބަޔަކު ނަފާވެރިކަން ހޯދަމުންދިއުން ކަމަށެވެ.

އޭރުން ކުޅުދުއްފުށީގެ އިޤްތިސާދުގެ %60 އަށްވުރެ މަތިން ހިއްސާކުރާނީ ލޭނުގެ މަސްވެރިކަމޭ ބުނުން ދޮގަށްނުވާނެ ކަމަށެވެ. އަދި އެކަމުގެ ނަފާ ސީދާގޮތުންނާއި ނުސީދާގޮތުން ނުފޯރާ އާއިލާއެއް ކުޅުދުއްފުށީގައި ނެތޭ ދެންނެވިޔަސް ރަނގަޅު ވާނެ ކަމަށާއި އެމަސައްކަތް ހުއްޓާލަން ޖެހުމާއެކު ކުޅުދުއްފުށީގެ އިޤްތިސާދުގައި ރައްޔިތުންނަށް އަމިއްލަޔަށް ފޫބެއްދޭވަރަށްވުރެ ބޮޑު ބާގަނޑެއް އުފެދިގެން ދިޔަ ކަމަށް މޭޔަރ ވަަނީ ވިދާޅުވެފައެވެ.

ކުޅުދުއްފުށީގެ އިޤްތިސާދަށް ދިމާވި މައްސަލަ ފޫބެއްދޭނޭ ވަރުގެ އިތުރު އެހެން މަސައްކަތެއް ނުވަތަ އެކަމުން އަރައިގަތުމުގެ ފުރުސަތު އެއްވެސް ސަރުކާރަކަށް މިހާތަނަށް ފަހި ކޮށްދެވިފައި ނެތްކަން ހިތާމައާއެކު ފާހަގަ ކުރައްވަި މޭޔަރ ވިދާޅުވީ އަދުގެ ރައީސުލްޖުމްހޫރިއްޔާއާއި މަސްވެެރިކަމާބެހޭ ވަޒީރާއިވެސް މި ކަންބޮޑުވުން ހިއްސާކޮށްފައި ކަމަށެވެ.

އަދި މޫސުމީ މަސްވެރިކަމެއްގެ ގޮތުގައި ވަކި ސަރަހައްދުތަކެއް ހާއްސަ  ކޮށްގެން ނަމަވެސް އެ ހުއްދަ ދެއްވުމަށް ދަންނާވާފައިވާނެ ކަމަށް ވެސް މޭޔަރ އާތިފްގެ ޕޯސްޓްގައި ފާހަގަ ކުރައްވާފައި ވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!