ޚަބަރު
ފަހު މެޗުގައި ފިޓް ފެމިނައިން އަތްދަށުކޮށް އޯލް ސްޓާރޒް ފައިނަލަށް

ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގައި މިރޭ ކުޅުނު އަންހެން ޑިވިޝަނުގެ ލީގު ބުރުގެ ފަހު ކުރިމަތިލުމުގައި ފަހަތުން އަރައި ފިޓް ފެމިނައިނުގެ މައްޗަށް ކުރިހޯދައި އޯލް ސްޓާރޒް އިން އަންހެން ބައިގެ ފައިނަލުގެ ދެވަނަ ޖާގަ ހޯދައިިފިއެވެ.

މިރޭގެ މެޗަށް ނުކުތްއިރު މެޗު ކާމިޔާބުކޮށްގެން ފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު މި ދެ ޓީމަށް ވެސް އޮތެވެ. މެޗާ ކުރިމަތިލިއިރު އޯލް ސްޓާރޒް 6 ޕޮއިންޓުގައި އޮތްއިރު ފިޓް ފެމިނައިން އޮތީ 5 ޕޮއިންޓުގައެވެ.

ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައި މިރޭ ކުޅުނު މެޗު އޯލް ސްޓާރޒް އިން ކާމިޔާބުކުރީ 3 ސެޓު 1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 25-20 އިން ފިޓް ފެމިނައިނުން ގެންގޮސްފައިވަނިކޮށް އޯލް ސްޓާރުން ފަހު ތިން ސެޓު ނެގީ 25-14، 25-19 އަދި 26-24 އިންނެވެ. ޕްލޭޔާ އޮފްދަ މެޗަށް ހޮވުނީ އޯލް ސްޓާރޒްގެ ޖާޒީ ނަންބަރު 3 ފިޔާޒާ ނަޖީބެވެ،

މި މޮޅާއެކު އޯލް ސްޓާރޒް އިން ފައިނަލުގެ ޖާގަ ކަށަވަރު ކުރީ ހަތަރު މެޗުން 9 ޕޮއިންޓް ހޯދައިގެންނެވެ. ލީގު ބުރުގެ ހުރިހާ މެޗެއް ވެސް ކުޅެ ނިމިފައިވާއިރު ތާވަލުގެ އެންމެ މަތިން ޕޮއިންޓު ނަގައި ފައިނަލުން ފުރުސަތު ހޯދީ އޯލް ސްޓާރުގެ އިތުރުން ޑީއާރުސީ ވިމެންސް އެވެ. މި ދެ ޓީމުގެ ކުރިމަތިލުން އޮންނާނީ މި މަހުގެ 5 ވަނަ ދުވަހުއެވެ.

ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރަކީ ތިނަދޫ ސިޓީ ސްޓޭޑިއަމެވެ. މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ ރާޅުއެވެ. ގްރެޕިކްސް ޕާޓްނަރަކީ ޗައްޕަލާ ސްޓޫޑިއޯއެވެ. ޖޫން މަހުގެ 5ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!