ޚަބަރު
ތުރުކީ ސަފީރު ކަމަށް އަބްދުއްރަހީމް އައްޔަން ކުރަން ކޮމެޓީ އަށް

ތުރުކީ އަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ކުރިން ހުންނެވި ލެފްޓިނެންޓް ޖެނެރަލް (ރިޓަޔާޑް) އަބްދުއް ރަހީމް އަބްދުއްލަތީފުގެ ނަންފުޅާއި، މިހާރު ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު ޕާކިސްތާނު ސަފީރު ކަމަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

ފޮރިން ސާވިސް ގާނޫނުގެ ދަށުން ރާއްޖެއިން މި ދެ ގައުމަށް ސަފީރުން ކަނޑައެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު މަޖިލީހަށް އެ މައްސަލަ ހުށަހަޅުއްވާފައެވެ.

އަބްދުއް ރަހީމަށް ފަހު ދެން ހުށަހެޅުއްވީ، މިހާރު ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު، މުހައްމަދު ތާހާ ޕާކިސްތާނު ސަފީރުކަމަށް ބަދަލުކޮށް ދެއްވުމަށެވެ.

އެގޮތުން މިއަދު އޮތް ވިހި ވަނަ މަޖިލީހުގެ ތިންވަނަ ޖަލްސާގައި އެ މައްސަލަ ވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.

މިދިޔަ ސަރުކާރުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް ސިފައިންގެ ޗީފަކަށް އައްޔަން ކުރެއްވީ ރައީސް މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހެވެ.

ނަމަވެސް އަބްދުއްރަހީމް ސިފައިންގެ ޚިދުމަތާ ދުރަށް ވަޑައިގެންފައި ވަނީ 39 އަހަރުގެ ޚިދުމަތަށް ފަހު، އޭނާގެ އުމުރުފުޅުން 60 އަހަރު ވުމުންނެވެ.

ސިފައިންގެ ގާނޫނު ބުނާގޮތުން، އެ ވަޒީފާގައި ހުރެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ.

ޕާކިސްތާނު ސަފީރު ކަމަށް ބަދަލު ކުރެއްވުމަށް ރައީސް ހުށަހެޅުއްވި ތާހާ، އެންމެ ފުރަތަމަ ސައުދީ ސަފީރު ކަމަށް އައްޔަނު ކުރެއްވުމަށް މަޖިލީހުން ރުހުންދީފައި ވަނީ މިދިޔަ މަހުގެ ހަވަނަ ދުވަހުއެވެ. އޭނާއަކީ ނިމިދިޔަ މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވައި، ނާކާމިޔާބުވެވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ ވާދަކުރެއްވީ ހޮޅުދޫ ދާއިރާއަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!