ރިޕޯޓް
ވަޅުޖެހިފައިވާ ތިލަމާލެ ބުރިޖްގެ މަސައްކަތް: ދިވެހިން ދެކެމުންއައި ހުވަފެން ހަގީގަގަތަކަށް ވުމުގެ ވަގުތު ކުޑަތަންވެއްޖެ

. ތިލަމާލެ ބުރިޖަކާއެކު ދިވެހިންގެ ހުވަފެން ހަނގީގަތަކަށް

. ވަޅުޖެހިފަ އޮތް ތިލަމާލެ ބުރިޖް މަސައްކަތް: ކުރިއަށްއޮތް2 އަހަރުތެރޭ ނިންމާލެވޭނެ ކަމުގެ ޔަގީންކަން

. ވަޅުޖެހިފައިވާ ބުރިޖްގެ މަސައްކަތް: ދިވެހިން ދެކެމުންއައި ހުވަފެން ހަގީގަގަތަކަށް ވުމުގެ ވަގުތު ކުޑަތަންވެއްޖެ

ތިލަމާލެ ބުރިޖާއިއެކު ދިވެހިންގެ ހުވަފެން ހަނގީގަތަކަށް ބަދަލުވާތަންފެންނަން ފަށައިފިއެއެވެ. އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ތިލަމާލެ ބުރިޖް ނިންމަން ދީފައިވާ މުއްދަތަށްވުރެ އަވަހަށް ނިންމާލެވޭނެކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ސަބަބަކީ މަސައްކަތުގެ ސްޕީޑް އަވަސްވުމާއި މަސައްކަތުގެ ބާރުމިން ހަލުއި ވުމެވެ.

ކުރީ ސަރުކާރުން ފެށި މި ޕްރޮޖެކްޓްގެ މަސައްކަތް މި ސަރުކާރު ވެރިކަމާ ހަވާލުވެ ވަނީ މަސައްކަތުގެ ސްޕީޑް  ބޮޑުތަނުން އަވަސްކޮށްފައެވެ.

ތިލަމާލެ ބުރިޖް މަސައްކަތް މިހާޜު ގޮސްފައިވާ ހިސާބު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި ތިލަމާލެ ބުރިޖަކީ ރައްޔިތުންނަށް އުއްމީދާއި ދިރުންގެނައުމަށް އޭރުގެ ސަރުކާރުންފެށި އެންމެ ބޮޑު ބިޔަ މެގަ ޕްރޮޖެކްޓެވެ. 2022 ވަނަ އަހަރު ފެށި މި މަސައްކަތް އެއްކޮށް ނިންމާލެވޭނީ 27 މަސްދުވަސްތެރޭގައި ކަމަށް އޭރު ނިންމިއެވެ.

ނަމަވެސް އެ މަސައްކަތް ނުނިމި މުއްދަތުތަކެއް ދިގުދެމިގެންދިޔައެވެ. ތާރީހުތަކެއް ދިނުމަށްފަހު މަސައްކަތް ނުނިމި އެންމެފަހުން މި މަސައްކަތް ހުއްޓުމަކަށް އައެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމަށެވެ. ތިލަމާލެ ބުރިޖްގެ ބިޔަ ޕްރޮޖެކްޓް އެންމެފަހުން މި ސަރުކާރުން ފެށީ އުއްމީދުތަކާއެކުގައެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތް އޮތީ ކިހާ ހިސާބެއްގައި:

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މީގެ ކުރިން ހާމަ ކޮށްފައިވާ ގޮތުގައި މިހާތަނަށް ބްރިޖްގެ ޖުމްލަ  38.7 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. ފައިލިންގ މަސައްކަތުގެ %66 އާއި، ޕައިލްކެޕް މަސައްކަތުގެ %46 އާއި، ޕިއަރ ކޮލަމްންސްގެ މަސައްކަތުގެ %38 މަސައްކަތް ވަނީ ނިމިފައި ކަމަށްވެސް އެ މިނިސްޓްރީން ހާމަ ކުރެއެވެ.

ބްރިޖު މަޝްރޫއާ ގުޅޭ މައުލޫމާތު ކަރުދާހުގައިވާ ގޮތުން 6.7 ކިލޯ މީޓަރުގެ ދިގު މި ބްރިޖު/ކޯޒްވޭ ލިންކްގެ ދެ ރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖުތަކުގައި 140 މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރު މެރިން ވިއަޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ވެސް ހިމެނޭނެއެވެ.

މި މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީއިން ބުނެފައެވެ. އަދި މާލެ އާއި ގުޅީފަޅު 31 މާރިޗް 2026ގައި ގުޅުވާލެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ.

ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

ބުރިޖާއެކު އުމްރާނީ ތަރައްގީގެ ބޮޑު ކާމިޔާބު:

ރައީސް ޔާމީންގެ ސަރުކާރުގައި ގާއިމްކުރި ސިނަމާލެބުރިޖަކީ ރާއްޖޭގައި އެޅުނު ފުރަތަމަ ބުރިޖެވެ. އެއާއެކު މާލެއާއި ހުޅުމާލެ އެއްފަސްވެ އެކި ގޮތް ގޮތުން އުމްރާނީ ތަރައްގީދިޔައީ ފަތުއަޑުކިޔާ އަރައިގެންނެވެ. ތިލަމާލެ ބުރިޖް މި މަސައްކަތުގައި ވެސް ދިވެހިންނަށް އޮތް އެންމެ ބޮޑު ޔަގީން ކަމަކީ އުމްރާނީ ތަރައްގީއާއި އިގްތިސާދީ ގޮތުން ކުރިއަށް އަރައިގެން ދިއުމެވެ.

ތިލަމާލެ ބުރިޖާއެކު ފެނިގެންދާނީ މުޅި މާލެ އެއްފަސްވެ މާލެ ސަރަހައްދު އިގްތިސާދީ މައި ހަބެއްގެ ގޮތުގައެވެ. ދިވެހިންނަށް އުފާވެރިކަމާ އުއްމިދާއި ޔަގީން ކަމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!