ޚަބަރު
‘ ކޫލް ސްކޫލް’ ގެ ބޭނުމަކީ ވެށީގައި ހިތްފަސޭހަކޮށް އުނގަންނައި ދިނުން، ހަމައެކަނި ކުލާސްރޫމް ފިނިކުރުމެއްނޫން: މިނިސްޓަރު

‘ ކޫލް ސްކޫލް’ ގެ ބޭނުމަކީ ވެށީގައި ހިތްފަސޭހަކޮށް އުނގަންނައި ދިނުން ކަމަށާއި، ހަމައެކަނި ކުލާސްރޫމް ފިނިކުރުމެއްނޫން ކަމަށް އެޑިއކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

އިސްމާއިލް ޝަފީއު މިހެން ވިދާޅުވީ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ. އިސްމާއިލް ޝަފީއު ވިދާޅުވީ ކޫލް ސްކޫލް” ޕްރޮޖެކްޓްއަކީ ހަމައެކަނި ސްކޫލްތަކުގެ ކުލާސް ރޫމް ފިނިކުރުމަށް ފެށި ޕްރޮޖެކްޓެއް ނޫން ކަމަށާއި، ސްކޫލްތަކުގެ ވެށި ހިތްފަސޭހަކޮށް އުނގެނުމާއި އުނގަންނައިދިނުމަށް ވީހާވެސް ފަހި މާހައުލެއް އުފެއްދުމުގެ މަގުސަދުގައި ފަށާފައިވާ ޕްރޮޖެކްޓެއް ކަމަށެވެ.

ޕްރޮޖެކްޓުގެ ދަށުން ކުލާސްރޫމްތަކުގެ ފިނިހޫނިމިން ދަށްކުރުމަށް އޭސީ ހަރުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ސްކޫލްތަކުން ކަރަންޓަށް ހޭދަކުރާ މިންވަރު ދަށްކުރުމަށް ސޯލާ ޕެނަލް ހަރުކުރުމަށް ހާއްސަ އިސްކަމެއް ދެވޭނެކަމަށްވެސް ވަނީ ފާހަގަ ކޮށްފައެވެ.

” ކޫލް ސްކޫލް ތަކުގައި ބުލީ ނުކުރާނެ. ބުލީ ކުރުމަކީ ކޫލް ކަމެއް ނޫން. އަދި މިފަދަ ސްކޫލްތަކުގައި އެންމެން މަސައްކަތް ކުރާނީ ގުޅިގެން ދަރިވަރުންގެ ކުރިއެރުމަށް. މިއީ އަޅުގަނޑު ދެއްކި ވާހަކައިގައި ބަޔާންކުރި ކޫލް ސްކޫލްގެ މަފްހޫމް. ” މިނިސްޓަރު ވިދާޅުވިއެވެ.

ކޫލް ސްކޫލް ޕްރޮޖެކްޓުގެ ދަށުން ދަރިވަރުންނާއި ޓީޗަރުން އަދި މުޅި ސްކޫލް ކޮމިއުނިޓީގެ ދުޅަހެޔޮކަމަށް ހާއްސަ ހަރަކާތްތައް ހިންގޭނެ ކަމަށާއި، ސްކޫލްތައް ހިތްހަމަޖެހޭ މާހައުލުތަކަށް ބަދަލުކޮށް “ކޫލް ސްކޫލް” ތަކަށް ބަދަލުކުރުމަށް ރޭވުންތެރިކަމާއެކު މަސައްކަތްކުރާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ފާހަގަ ކުރެއްވީ ދިރާސީ އާ އަހަރު ފެށުމަޓަކާ ކުލާސްރޫމް ޓެމްޕަރޭޗަރު ބެލި ކަމަށާއި، އޭރު ރާއްޖޭގެ ބައެއް ސްކޫލްތަކުގެ ކުލާސްރޫމް ތަކުގެ އިހުސާސްކުރެވޭ ހޫނުމިން ހުރީ ގާތްގަޑަކަށް 37 ޑިގްރީ ސެލްސިއަސްކަމަށް ފާހަގަކުރެވުނު ކަމަށެވެ. ނަމަވެސް ފާއިތުވެ ދިޔަ އަހަރުތަކުގައި ހޫނުމިން މަތިވެ، ބައެއް މަސްމަހު، އިހުސާސްކުރެވޭ ހޫނުމިން 40 ޑިގްރީ ސެލްސިއަށްވުރެ މަތިވެފައިވާކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ލަންޑަންގައި ބޭއްވުނު ވޯލްޑް އެޑިއުކޭޝަން ފޯރަމްގައިވެސް ހޫނުވުމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމާއި އުޅުމަށް އަންނަ ބަދަލާ ބެހޭގޮތުން އިލްމީ ގިނަ ވާހަކަތަކެއް ދެކެވިގެން ދިޔައެވެ.

“މާމޮޅު ދިރާސާވެރިއަކަށް ނުވިޔަސް ހޫނުކަން އިތުރުވުމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށާއި އުޅުމަށް ކުރާ ނޭދެވޭ އަސަރު ގޫގުލް ސާޗަކުންވެސް އެނގޭވަރުވާނެ. ޕިއަރރިވިއުޑު ސައިންޓްފިކް ދިރާސާތައް ބެއްލެވުމަށް ބޭނުންވާ ބޭފުޅުން ސްކޯޕަސްފަދަ ޑާޓާބޭސްތައް ބެއްލެވުން ރަނގަޅުކަމުގައި ދެކެން” މިނިސްޓަރު ޝަފީއު

މިނިސްޓަރު ވިދާޅުވީ ޖޯކަކަށް ހަދައިގެން، އޭސީ ކުރީމާ ބުލީކުރުން ހުއްޓިދާނޭ، ނުވަތަ ސްނޯ އަކީ ބުލީގެ ހައްލޭ ބުނެ ވާހަކަ ދެއްކުމަކީ ދެރަކަމެއް ކަމަށާއި، ހިތާމައަކީ ގައުމުގެ ޝަރަފުވެރި މަގާމްތައް ފުރުއްވާފައިވާ ގައުމުގެ ނައިބުރައީސް ފެންވަރުގެ ބޭފުޅުންވެސް އެބޭފުޅުންނާއި އިލްމީގޮތުން އަދި އަޚުލާގީ ގޮތުންވެސް އެކަށީގެންނުވާ މިފަދަ ވާހަކަތަކުގެ ތެރެއަށް ވިސްނާލުމެއްނެތި ވެންނެވުން ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!