ޚަބަރު
ފަލަސްތީނާއި އެކު ދިވެހިން، ގެމަނަފުށީ ޒުވާނުންގެ ބޮޑު ހިނގާލުމާއިއެކު އެތައް ޝުޢޫރުތަކެއް!

ފަލަސްތީނާއި އެކު ދިވެހިން ތިބިކަން ދައްކާލުމާއި، އަދި ދެމުންދާ ލާއިންސާނީ އަނިޔާތަކާއި ދެކޮޅަށް ގއ ގެމަނަފުށީ ޒުވާނުންގެ ބޮޑު ހިނގާލުމާއިއެކު އެތައް ޝުޢޫރުތަކެއް ހާމަކޮށްފިއެވެ.

މިހިނގާލުން ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ގެމަނަފުށީގައެވެ. ކުދި ބޮޑު ގިނައަދަދަކަށް މީހުން ބައިވެރިވި މި ހިނގާލުމުގައި ފަލަސްޠީނުގެ މުސްލިމު އަޚުންނާއި އުޚުތުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކާއި އަމަލުތައް ކުށްވެރިކޮށް ޝުއޫރުތައް ފާޅުކޮށްފައިވެއެވެ. އަދި ފަލަސްތީނުގެ އަޚުންނާއި އެކު ސާބިތުކަމާއެކު ތިބިކަން ވަނީ ހާމަކޮށްފަ އެވެ.

ފަލަސްތީނާއި އެކު ދިވެހިން ، ގެމަނަފުށީ ޒުވާނުންގެ ބޮޑު ހިނގާލު/ފޮޓޯ: ހިސާން ހަސަން

ގެމަނަފުށީ ޔޫތު އެސޯސިއޭޓް ހައްޔާން ހަނީފް ހުވަދޫއަށް ވިދާޅުވީ އެ ހިނގާލުމަކީ ޒުވާނުން އިސްނަގައިގެން ބޭއްވި ހިނގާލުމެއް ކަމަށެވެ. އަދި އެ ހަރަކާތަށް ކައުންސިލުން ދެއްވި އެއްބާރުލެއްވުމަށް ޒުވާނުންގެ ފަރާތުން ޝުކުރުދަންނަވާ ކަމަށެވެ.

އިތުރަށް ހައްޔާން ވިދާޅުވީ ދިވެހި ސަރުކާރުގެ ފަރާތުން އިސްރާއީލްގެ ޕާސްޕޯޓް ގައި ރާއްޖެއަށް އެތެރެނުވޭގޮތަށް ނިންމި ނިންމުމަކީ މިފަދަ ހަރަކާތްތައް އިތުރަށް ކުރިޔަށް ގެންދަން ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ. އަދި ފަލަސްތީނަށްޓަކައި ސަރުކާރުގެ ފަރާތުން ނިންމާ ކޮންމެ ނިންމުމަކަށް ގެމަނަފުށީ ޒުވާނުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ. މީގެ އިތުރުން ސަރުކާރުން ބާއްވާ ބޮޑު ހިގާލުމަށް ވަރަށްބޮޑަށް ތައްޔާރުވާނޭކަމަށް ހައްޔާން ވިދާޅުވިއެވެ.

ރާއްޖޭގެ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން  ވިދާޅުވީ، އިސްރާއީލުގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

އަދި ހަމައެއާއެކު އެކަން ކުރިއަށް ގެންދިއުމަށްޓަކައި ވަޒީރުންގެ މަޖިލީހުގެ ކޮމެޓީއެއް އައްޔަން ކުރައްވާފައިވާ ކަމަށް އިހުސާން މީގެ ކުރިން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އިސްރާއީލުގެ ޕާސްޕޯޓް ރާއްޖޭގައި މަަނާ ކުރުމަށްޓަަކައި ސަރުކަރުން ކުރަން ޖެހޭ ކަންތައް މިހާރުން ފެށިގެން ކުރަމުން ގެންދަން ރައީސް ޑރ. މުހަައްމަޒު މުއިއްޒު އަންގަވާފައިވާ ކަމަށެވެ.

“ފަލަސްތީނާއެކު ދިވެހިން”މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަން ނިންމާފައިވާ ކަމަށާއި، ރާއްޖެއިން އިސްނަގައިގެން ފަލަސްތީނުގެ މައްސަލައަަށް އަވަަސް ހައްލެއް ގެނައުމަށްޓަކައި އިސްލާމީ ގައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށްވެސް ވަޒީރުންގެ މަޖިލީހުގައި ވަނީ ނިންމާފައެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދެމުންދާ އަނިޔާތަކާ ގުޅިގެން އިސްރާއީލްގެ ރައްޔިތުން ރާއްޖެ އައުން ހުއްޓުވުމަށް ގޮވާލާ ރާއްޖޭގައި މުޒާހަރާވެސް ކޮށްފައި ވެއެވެ.

އިސްރާއީލާއި ޣައްޒާއަށް ހަމަލާތައް ދެމުންގެންދާތާ އެތައް އަހަރެއްވެއްޖެއެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގެ ފަހުން ވަރުގަދަ ހަމަލާތަކެއް ޣައްޒާ ރައްޔިތުންނަށް އަމާޒުކޮށް ދެމުންގެންދާއިރު، ޣައްޒާގައި ގަތުލު އާންމުތަކެއް ދަނީ ހިންގަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!