ރިޕޯޓް
ނިމިދިޔަ ސަރުކާރުން އަޅަން ނުކެރުނު ފިޔަވަޅު، ރައީސް ޑރ މުއިއްޒުގެ ނިންމެވުމަށް އައްސަރިބަހާއި ސާބަސް!

ދިވެހިންނަކީ ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް މުސްލިމުންނާ ދެކޮޅަށް އަނިޔާވެރިކަމެއް ފެންމަތިވެގެން އުޅޭކަމަށް ވާނަމަ އަބަދުވެސް، އެކަމެއްގައި އަޑުއުފުލައި، ކަންބޮޑުވުން ފާޅުކޮށް އެބަޔަކަށް ވެވެން އޮތް މިންވަރަކުން، މަގުފަހިވެފައި އޮތް ގޮތަކަށް ހާލުގައި ޖެހި، ދަތިއުނދަގޫކަމާ ކުރިމަތިވާ މުސްލިމު އަހުންނާއި އުހުތުންނަށް އެހީތެރިވުމުގައި އަބަދުވެސް ލާމަސީލު ނަމޫނާއެކެވެ. މިހާތަނަށް ދުނިޔޭގެ ކޮންމެ ހިސާބެއްގައިވިޔަސް ކާފިރުން މުސްލިމުންނާ ދެކޮޅަށް ކުރާ ކޮންމެ ހަނގުރާމައަކާ ދެކޮޅަށް އަޑު އުފުލުމަކީ ދިވެހިންގެ ފަރާތުން ފެންނަމުން އައިސްފައިވާ ނުހަނު ރިވެތި ނަލަ ސިފައެކެވެ. އެގޮތުން ދިވެހިން ފަލަސްތީނަށްޓަކައި އިންސާފަށް އެދި އަޑުއުފުލަމުންދާތާ އަހަރުތަކެއް ވެއްޖެއެވެ. ޔަހޫދީންގެ އަނިޔާވެރިކަމުގައި ކަސްތޮޅު އެޅުވިފައިވާ މުސްލިމު އާއިލާތައް އެ ތޭރިތަކުން ސަލާމަތްކޮށްދެއްވުން އެދި ﷲ ތައާލާއަށް ދުއާ ދެންނެވުމާއި އެބަޔަކަށް ވީ މިންވަރަކުން ވޭނާއި ކެެކުޅުމުން އެ މުސްލިމު އަހުންނާއި އުހުތުން ސަލާމަތްކޮށް އެހީތެރިކަމެއް ފޯރުކޮށްވެން އޮތް ގޮތަކަށް އެހީވުމަކީ ދިވެހިން އާދަވެ ކުރަމުން އަންނަ ކަމެކެވެ.

ފަލަސްތީނާއި އެކު ދިވެހިން ، ގެމަނަފުށީ ޒުވާނުންގެ ބޮޑު ހިނގާލު/ފޮޓޯ: ހިސާން ހަސަން

މިގޮތަށް ފަލަސްތީނަށްޓަކައި އަޑުއުފުލާތާ އެތަކެއް އަހަރެއް ވެފައި ވާއިރު، މިފަހަކަށް އައިސް އިޒްރޭލުގެ ލާއިންސާނީ، ހައްދުފަހަނައަޅައި ގޮސްފައިވާ އަނިޔާވެރިކަމާމެދު ދިވެހިން ދަނީ އިހުނަށްވުރެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ދިވެހިން ވަނީ ރެސްޓޯރެންޓު، ފިހާރަތައް ފަދަ ތަންތަނުން ތަކެތި ގަންނައިރުވެސް އިޒްރޭލުގެ އުފެއްދުމެއްތޯ ނުވަތަ އިޒްރޭލުގެ ހިއްސާއެއް އޮންނަތޯ ވެސް ބަލަައި އެފަދަ ކޮންމެ އެއްޗަކާ ދެކޮޅުވާންފަށާފައެވެ.. ހަމަމިއާއެކު ދިވެހިން ދަނީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް ޔަހޫދީން އައުން ހުއްޓުވުމަށް ބޭނުންވެގެން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަށް އެދި ސަރުކާރަށް ގޮވާލަމުންނެވެ. އަމުދުން މިދިޔަ އަހަރު އޮކްޓޯބަރުމަހު ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުގެ ޔަހޫދީން ފެށި ހަނގުރާމައާއެކު ރާއްޖެއަށް އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމަށް ގޮވާލުމުގެ އަޑު އިތުރަށް ގަދަވެގެން ދިޔައެވެ/ އެހެންނަމަވެސް ނިމިދިޔަ އެމްޑީޕީ އަދި އިބްރާހީމް މުހައްމަދު ސާލިހުގެ ރައީސްކަމުގައި، ތަކުރާރުކޮށް ދިވެހިން އަޑުއުފުލައި ގޮވަމުން ދިޔަ މިވާހަކަ އިވުނު ފަރާތެއް އަދި އަމަލު ކުރުމަށް އެެއްވެސް ފިޔަވަޅެއް އެޅި ފަރާތެއް ވެސް ނެތެވެ.

ދިވެހިން ގޮވާލަމުން ދިޔައީ އިޒްރޭލުގެ ޕާސްޕޯޓު ބޭން ކުރުމަށް

ރައީސްގެ ކޮންމެ ދަތުރުފުޅެއްގައިވެސް އިޒްރޭލުގެ އަނިޔާވެރިކަމުން ނިކަމެތިވެ ފަނާވަމުންދާ ފަލަސްތީނުގެ ވާހަކަ ވިދާޅުވޭ

ރައީސް ޑރ މުއިއްޒު ބައިނަލްއަގުވާމީ ބައްދަލުވުންތަކުގައި ފަލަސްތީނަށްޓަކައި އަޑުއުފުއްލެވި

މިވަރުން ރައީސް އެމަނިކުފާނުގެ މަސައްކަތްފުޅު ހުއްޓަވާލެއްވީ ނޫނެވެ. އެތަކެއް ދިވެހިން އަޑުން އަޑު ނަގައި ގޮވާލަމުން ދިޔަ އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމެވުމަކީ ރައީސް ޑރ މުއިއްޒުގެ ޝަހުސިއްޔަތު ހާމަވެ ފެނިގެންދިޔަ ކަމެކެވެ.

ރައީސް ޑރ މުއިއްޒުގެ މިނިންމެވުމަށް ބައިނަލްއަޤްވާމީ ދުނިޔޭގެ ސަމާލުކަން ލިބިފައިވާއިރު، ސޯޝަލްމީޑިޔާގައި ދިވެހިންނާއި ރާއްޖެނޫން އެހެން ގައުމުތަކުގެ އެކއެކިފަަރާތްތަކުގެ ސާބަހާއި ޝުކުރާއި ތައުރީފު ރައީސް ޑރ މުއިއްޒަށް ދަނީ އޮހެމުންނެވެ، މީގެކުރިން ވެރިކަންކުރި ބޭފުޅުންނަށް މިފަދަ ފިޔަވަޅެއް އަޅުއްވަން ކެރިވަޑައިނުގަތްއިރު، ރައީސް ޑރ މުއިއްޒު މި ނެންގެެވި ފިޔަވަޅަކީ ހަގީގަތުގައިވެސް އެމަނިކުފާނުގެ ތަފާތުކަމާއި އިހުލާސްތެރިކަމާއި ހަރުދަނާ ކަން ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ރައީސް މުއިއްޒުގެ ނިންމެވުމަކީ ދިވެއްސަކަށްވީތީ ފަހުރުވެރިވާންޖެހޭފަދަ ނިންމެވުމެއްކަމަށްވެސް ދިވެހިން ދަނީ ބުނަމުންނެވެ. ދިވެހިންގެ އިތުރަށް އެހެނިހެން ގައުމުތަކުން ވެސް ދަނީ ދިވެހިންނާމެދު ފަހުރުވެރިވާ ކަމަށް ބުނަމުންނެވެ.

މިއަދު މުޅި ސޯޝަލްމީޑީޔާ، ދުނިޔޭގެ އެކިޓީވީތަކުން ގޮވަނީ ރައީސް ޑރމުއިއްޒުގެ ހިތްވަރުފުޅާއި ކެރިވަޑައިގަތުމުގެ ވާހަކަ

ކޮންމެއަކަސް ރައީސް ޑރ މުހައްމަދު މުއިއްޒު މިވަނީ ދިވެހިރާއްޖޭގެ ވެރިކަން ކުރި އެއްވެސް ރައީސަކަށް ކުރައްވަން ހިތްވަރުލިބިވަޑައިނުގެންނެވި ބޮޑު ކަމެއް ނިންމަވާފައެވެ. އަދި ރާއްޖޭގެ ތާރީހުގައި އެމަނކިފާނުގެ ނަންފުޅު ނުފިލާނެ ފަދަ ގޮތަކަށް މިވަނީ ފަވާލެވިފައެވެ. ރައީސް ޑރ މުއިއްޒަށް އައްސަރިބަހާއި ސާބަހެވެ! ތިޔައީ މިގައުމު ފަހުރުވެރިވާނެ އަބަދުވެސް ހަނދުމަ ކުރާނެ ދިވެހިދަރިކަލެކެވެ! ދެން އެންމެ އަވަހަށް އޮތް އިންތިޒާރަކީ މަޖިލިހުން އިޒްރޭލު ޕާސްޕޯޓު މަނާ ކުރާ ގާނޫނު އިސްލާހުވެ ރަސްމީއުސޫލުން އިޒްރޭލުގެ ޕާސްޕޯޓު މަނާ ވުމެވެެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!