ޚަބަރު
ރާއްޖެއަކީ އިންޑިޔާ ކަނޑުގައި އޮތް އަގުހުރި ބައިވެރިއެއް އަވަށްޓެރި ޤައުމެއް: މޯދީ

ރާއްޖެއަކީ އިންޑިޔާ ކަނޑުގައި އޮތް އަގުހުރި ބައިވެރިއެއް ކަމަށާއި، އަވަށްޓެރި ޤައުމެއް ކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ މިހެން ވިދާޅުވީ އިންޑިއާގެ ޢާންމު އިންތިހާބުގައު ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އާއި އެޕާޓީ އިސްވެ އޮވެ އުފައްދާފައިވާ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސް (އެންޑީއޭ) ހޯދި ކާމިޔާބީ ފާހަގަކުރައްވައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެފައިވަނިކޮށެވެ.

އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަހުނިޔާ މެސެޖުގައި ވިދާޅުވީ ތަރައްތީއާ ހަމަޖެހުން ހޯދުމަށް ދެ ގައުމު ގުޅިގެން ކުރެވޭ މަސައްކަތް އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައެވެ.

ބީޖޭޕީ އަށް މި ފަހަރުގެ އާންމު އިންތިހާބުގައި 2014 ވަނަ އަހަރާއި 2019 ވަނަ އަހަރުގައި ހޯދުން މެޖޯރިޓީ ލިބިފައެއް ނުވެއެވެ. މޯދީ ވަނީ ފާއިތުވި ދިޔަ 10 އަހަރުގައި އިންޑިއާގެ ހަރުކަށި ހިންދޫ ދީނުގެ ފިކުރު ސިޔާސީ ޕާޓީ އަށް ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައެވެ. އަދި އެކި ސުޓޭޓް ތަކުގެ ވެރިކަން ވެސް އެ ޕާޓީ އަށް އަލަށް ހޯދައިދީފައެވެ.

އިދިކޮޅު ޕާޓީތަކަށް އެ އިންތިހާބުގައި ވަނީ ވަރަށް ބޮޑެތި ކުރި އެރުންތައް ލިބި ބީޖޭޕީ އަށް ވަރަށް މުހިއްމު ގޮނޑިތަކެއް ވެސް ކާމިޔާބުކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!