ރިޕޯޓް
އާދަތައް ބަހައްޓާ ގޮތުން ޔޫރިން އިންފެކްޝަނާ ދުރުވެވޭނެ، މިކަންކަމަށް ސަމާލުކަންދީ!

ޖަރާސީމުގެ އުފެދި ކުޑަކަމުދާ ނިޒާމުގެ ތެރޭގައި ޖަރާސީމު އަށަގަތުމަކީ ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަން ނުވަތަ ޔޫރިން އިންފެކްޝަނެވެ. މިއަށް ކިޔައި އުޅެނީ ޔޫރިނަރީ ޓްރެކްޓް އިންފެކްޝަންސް (ޔޫޓީއައި) އެވެ. ޔޫޓީއައި ނުވަތަ ޔޫރިން އިންފެކްޝަނަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ މައްސަލަ އެކެވެ. ޔޫރިން އިންފެކްޝަނުގެ ސަބަބުން ކުޑަކަމުދާއިރު ދިލަ ނެގުމާއި، އަވަސް އަވަހަށް ކުޑަކަމުދާން ޖެހި، އެކަމަކު ކުޑަކަމުދާއިރު މަދު މިންވަރެއް ބޭރުވުމުގެ އިތުރުން ބުރަކަށީގައި ނުވަތަ ދަށްބަނޑަށް ބާރުވެފައި ހުރުން ފަދަ އުނދަގޫތައް ކުރިމަތިވެއެވެ. މީގެ އިތުރުން ކުޑަކަމުދާ ތަކެތި ފުސްކޮށް، ކުލަ ގަދަކޮށް ނުވަތަ ލޭ ކުލާގައި ހުރުން ނުވަތަ އާދަޔާ ހިލާފް ވަހެއް ހުރުމަކީ ވެސްް ބައެއް މީހުންނަށް ފެނިދާނެ އަލާމާތްތަކެވެ.

ދިރާސާތަކުން ދައްކާ ގޮތުން ކޮންމެ ފަސް މީހަކުން އެކަކީ އެއް ފަހަރަށް ވުރެ ގިނައިން ޔޫޓީއައި ޖެހިފައިވާ މީހެކެވެ. ޔޫރިން އިންފެކްޝަންގެ ވޭން އާންމުކޮށް ކުރިމަތިވަނީ ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުންނަށެވެ. އަންހެނުންގެ ކުޑަކަމުދާ ހޮޅި ފުރަގަސް ފަރާތާ ކައިރިވެފައި ކުރުވުމުގެ ސަބަބުން ބޮޑުކަމުދާ ތަކެތީގައި ހުންނަ ޖަރާސީމު މަސާނާޔާ ހަމަޔަށް ގޮސް އަށަގަތުމުގެ ފުރުޞަތު އިތުރުވެއެވެ. ޔޫޓީއައި އަކީ މުޅި ދުނިޔޭގައި ވެސް އަންހެނުންނަށް އެންމެ އާންމުކޮށް ޖެހޭ އެއް އިންފެކްޝަން އެވެ. އެގޮތުން 60 ޕަސެންޓް އަންހެނުންނަށް އުމުރުގެ ކޮންމެވެސް ހިސާބެއްގައި މި ވޭނާ ކުރިމަތިވެ އެވެ. އަންހެނުންގެ ތެރެއިން ހަކުރު ބަލި ހުންނަ އަންހެނުންނަށް ޔޫޓީއައި ޖެހުމުގެ ނުރައްކާ ބޮޑެވެ. އަދި ދިފާއީ ނިޒާމު ބަލިކަށިވުމަކީ ވެސް ސަބަބެކެވެ. ބަލިވެއިނުމާއި ކިޑްނީގައި ހިލަ އުފެދުމާއި ކިޑްނީގެ އެކި މައްސަލަތަކާއި ސްޕައިނަލް ކޯޑަށް ލިބޭ އަނިޔާގެ ސަބަބުން ވެސް ޔޫޓީއައި ފަސޭހައިން ޖެހުމަށް މެދުވެރިދާނެ އެވެ.

ޔޫޓީއައި އިންފެކްޝަނަށް އޮތް އެންމެ އަވަސް ފަރުވާ އަކީ އެންޓިބަޔޮޓިކެވެ. ނަމަވެސް، ބައެއް ފަހަރަށް އެންޓިބަޔޮޓިކް މަސައްކަތްނުކޮށްވެސް ދެ އެވެ. އަނެއްކޮޅުން ހަށިގަނޑުގެ ގުނަވަނެއްގައި އިންފެކްޝަނެއް އުފެދޭ ކޮންމެ ފަހަރަކު އެންޓިބަޔޮޓިކް ބޭނުންކުރާކަށް ނުޖެހެ އެވެ. އެއީ އެންމެ ރަނގަޅު ގޮތެއްވެސް ނޫނެވެ. ޔޫރިން އިންފެކްޝަނުގެ މައްސަލަ އާންމުކޮށް ދިމާވާ މީހެއްނަމަ ދިރިއުޅުމުގެ ބައެއް އާދަތަކަށް ސަމާލުކަން ދީގެން މި އިންފެކްޝަން ޖެހުމާ ދުރުވެވޭނެ އެވެ. ނޫނީ އިންފެކްޝަން ޖެހުމުން އޭގެއިން ފަސޭހައިން ސަލާމަތްވެވިދާނެ އެވެ.

ގިނަ ގިނައިން ފެން ބުއިން

ދިރާސާތަކުން ދައްކަނީ ގިނައިން ފެން ބޯ އަންހެނުންނަށް ޔޫރިން އިންފެކްޝަން ޖެހުން މަދު ކަމެވެ. ފެނާ ދުރުވުމަކީ ބަނޑު ހިއްކާލާ ކަމެކެވެ. ބަނޑު ހިކުމުން ފުރަގަސްފަރާތުގައި ބޮޑުކަމުދާތަކެތި ޖަމާވެފައި ހުރެއެވެ. ނަތީޖާއެއްގެ ގޮތުން، ކުޑަކަމުދާއިރު މަސާނާ ރަނގަޅަށް ހުސް ނުވެ ޔޫޓީއައި ޖެހުމަށް މަގުފަހިވެއެވެ. އެހެންކަމުން ދުވާލަކު މަދުވެގެން 2 ލީޓަރުގެ ފެން ބޯން އާދަކުރާށެވެ. ހަށިގަނޑަށް އެތެރެވާ ޖަރާސީމުތައް ބްލެޑާގައި އިތުރު ނުވެ ވީހާވެސް ގިނަ ޖަރާސީމު ބޭރު ކުރެވޭނީ ފެން ގިނައިން ބޮއެގެން ކުޑަކަމު ދިއުން އިތުރު ވުމުންނެވެ.

ގިނައިން ފެން ބުއިމުން ޔޫރިނަރީ ބްލެޑާ އާއި ޔޫރިނަރީ މީޓަސް ގުޅާލަދޭ ޓިއުބް “ޔުރިތްރާ” ވެސް ސާފުކޮށް ބަހައްޓައިދޭން އެހީތެރިވެދެއެވެ. އެހެނީ ފެން ބޯނަމަ ކުޑަކަމުދާ ހޮޅީގައި ހުންނަ ސެލްތަކުގައި ޖަރާސީމު ހަރުލުމުގެ ފުރުސަތު ކުޑަވެގެން ދާނެ އެވެ. މީގެ އިތުރުން ފެން ބުއިމުން ކުޑަކަމުދާ އެއްޗެހީގައި ހުންނަ އެސިޑްކަން ކުޑަވެ ކުލަ ވެސް އަލިވެގެންދެ އެވެ.

ކުޑަކަމުދާން ޖެހިއްޖެ ނަމަ ހިފަހައްޓައިގެން ނުހުރުން

މިއީ ވަރަށް މުހިއްމު ކަމެކެވެ. ކުޑަކަމުދާން ޖެހި، ބްލެޑާ ފުލްވެގެންދާއިރުވެސް ހިފަހައްޓައިގެން ހުރުމަކީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުންގެ ގައިގަ ހަރުލާފަ ހުންނަ ގޯސް އާދައެކެވެ. ވަކިން ހާއްސަކޮށް ވަކި ކަމަކަށް ހުސްވެގެން އުޅޭ ގަޑިއެއްނަމަ އެއް ގަޑި ދެ ގަޑި ވަންދެން ވެސް ކުޑަކަމުނުގޮސް ބައެއް މީހުން ހިފަހައްޓާލައެވެ. ކުޑަކަމުދިއުން ހިފެހެއްޓުމަކީ ޔޫރިން އިންފެކްޝަން ޖެހުމުގެ އިތުރަށް މާ ސީރިއަސް މައްސަލަތަކަށް ހަށިގަނޑު ހުޅުވާލައިދޭ ކަމެކެވެ. އެހެންކަމުން މިކަމަށް ފަރުވާތެރިވުން މުހިއްމެވެ. ވީހާވެސް އަވަހަށް ބްލެޑާ ހުސްކުރުމަކީ ބްލެޑާގައި ޖަރާސީމު އަށަގަތުމަށް އެޅޭ ހުރަހެކެވެ. ބްލެޑާ ފުލް ނުކޮށް ކުޑަކަމުދިއުމުން ވިހަތައް ބޭރުވުމުގެ އިތުރުން ބްލެޑާގައިވާ ވާންކަން ފިލައި ބަނޑުގެ ރިހުން ކުޑަވެގެންދާނެ އެވެ.

ޑައިޓުގައި ވިޓަމިން ސީ ހިމެނުން

ވިޓަމިން ސީ އަކީ ޖުމްލަ ގޮތެއްގައި ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ އެންމެ މުހިއްމު އެއް ވިޓަމިނެވެ. ވިޓަމިން ސީ، ޒިންކް ގިނައިން ލިބޭ ކަހަލަ ކާނާ ނުވަތަ ގުޅަ ބޭސް ބޭނުންކުރާށެވެ. ވިޓަމިން ސީ ޑައިޓުގައި ގިނައިން ހިމަނާނަމަ ޔޫރިންގައި ހިމެނޭ ޖަރާސީމުގެ މިންވަރު ދަށްކޮށްދިނުމުގައި އެހީތެރިވެދެއެވެ. މި ވިޓަމިނަކީ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ އެއްޗެއް ކަމުން ގުރުދާގެ މަސައްތަތް ވެސް ހަލުއިކޮށް ހަށިގަނޑުން ޖަރާސީމު ބޭރު ކުރުމުގައި އެހީތެރިވެދީ ޔޫރިން އިންފެކްޝަނާ ހަށިގަނޑު ދުރުކޮށްދެއެވެ. މިކަމުގައި ވެސް ފަރުވާތެރިވާންވީ ޔޫޓީއައި ތަހައްމަލު ކުރަމުންދާއިރު މާ ގިނައިން އެސިޑިކް ހިމެނޭ ކާނާގެ ބާވަތްތައް ނުނެގުމެވެ. މާ އެސިޑިކް އެއްޗިހި ކެއުމުން ބްލެޑާ އަށް އުނދަގޫވެ އިންފެކްޝަން އިތުރަށް ގޯސްވެސް ވެދާނެ އެވެ. މީގެ އިތުރުން އާޓިފިޝަލް ސްވީޓެނާ އަދި ކެފެއިން މަދުކުރުން ވެސް މުހިއްމެވެ.

ދެމަފިރިކަމުގެ ގުޅުން ހިންގުމުގެ ކުރިން ރަނގަޅަށް ދޮވުން އަދި ނިމުމަށް ފަހު ތާހިރުވުން

މިއީ ވެސް މުހިއްމު ކަމެކެވެ. ދެމަފިރިކަމުގެ ގުޅުން ހިންގުމުގެ ކުރިން ވެސް ރަނގަޅަށް ދޮވެ އަދި ނިމުމަށް ފަހު 15 ވަރަކަށް މިނެޓް ފަހުން ކުޑަކަމު ދެވޭތޯ ބަލާށެވެ. އެއީ އެކަމުގެ ތެރޭގައި ގައިން ގަޔަށް ނުވަތަ އެނޫންވެސް ގޮތަކަށް އުފެދިދާނެ/ އަރާފާނެ ޖަރާސީމެއް ހަށިގަނޑުން ބޭރުކޮށްލުމަށެވެ.

މި ކިޔައިދިން ހުރިހާ ކަމެއްގެ އިތުރަށް ޖުމްލަ ގޮތެއްގައި ސާފުތާހިރުކަމަށް ސަމާލުކަން ދޭށެވެ. އެއީ އެންމެ މުހިއްމު ކަމެވެ. ޔޫޓީއައި ޖެހިފައިވާ މީހުން އާންމުން ވަންނަ ފާޚާނާ ބޭނުން ނުކުރާށެވެ. ސަބަބަކީ އެހެން މީހުންގެ ގަޔަށް ބަލި އެރުމުގެ ފުރުސަތު ބޮޑުކަމުންނެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު ވެސް އެތެރެއިން ލާ އަންނަނުނު ބަދަލުކުރާށެވެ. ފެރީ ޓާމިނަލް، ހޮސްޕިޓަލް ތަކުގައި ހުންނަ ޕަބްލިކް ފާހާނާތައް ބޭނުންކުރުމުގައި ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދޭށެވެ. ފާޚާނާ ކުރުމަށްފަހު ރަނގަޅަށް ސާފުކޮށް ދޮވުމާއި ހިއްކާފައި ބެހެއްޓުން މުހިންމެވެ. ހިއްކުމުގައި އަންހެނުންކުދިން ތުވާލި ފުރަގަހުން ކުރިމައްޗައް ގެނައުމުގެ ބަދަލުގައި ކުރިމަތިން ފުރަގަހަށް ގެންދިއުން ނުވަތަ ޖައްސާލުން މުހިއްމެވެ.

ކުޑައިރު ގިނަގިނައިން ޔޫރިން އިންފެކްޝަން ޖެހުމަކީ ކުޑަކަމުދާ ނިޒާމަށް ބަދަލުތަކެއް އައިސް ކުޑަކަމުދާ ނިޒާމުގެ ބޮޑެތި ބަލިތަކަށް ހުށަހެޅިދާނެ ކަމެކެވެ. ޔޫޓީއައި އަށް ފަރުުވާ ނުކޮށް ހުއްޓާ ކިޑްނީއާ ހިސާބަށް ޖަރާސީމު ގޮސް، ސީރިއަސް ހާލަތަށް ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ވުމާއެކު، ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި ކުޑަކަމުދާ ނިޒާމުގެ ސިއްޙަތާ މެދު ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ފަރުވާ ލިބިގަތުން ވަރަށް މުހިންމެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!