ޚަބަރު
ރާއްޖެއިން ލަންކާއަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައަށް މިއަދު އަރުއްވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ސަފީރު މަސްއޫދު އިމާދު ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙަންމަދު މުޢިއްޒު އެމަނިކުފާނާ ޙަވާލުކުރައްވާފައިވާ އިތުބާރާއި މަސްއޫލިއްޔަތު ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ.

ސަފީރު މަސްއޫދު އިމާދު ވަނީ ދެ ގައުމު އެއްބައިވަންތަކޮށްދޭ ތާރީހީ އަދި ހާއްސަ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ. ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ިއިތުރަށް ދެއްކެވި ވާހަކަގައި ސްރީލަންކާއަކީ، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގެ އަގުހުރި ބައިވެރިއެއްކަން ވެސް ފާހަގަކުރެއްވިއެވެ.

ލަންކާއަށް ރާއްޖޭން ކަނޑައަޅުއްވައި ސަފީރުކަމުގެ މަޤާމަށް މަސްއޫދު އައްޔަން ކުރެއްވުމަށް މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ އޭޕްރިލް މަހުގައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!