ޚަބަރު
މެޑަމް ސާޖިދާ އެދިވަޑަައިގެންނެވީ ދަސްވެނިވުމާ ހަމައިން ނިންމާނުލާ އިލްމާއި ހުނަރު ތަރައްގީކުރުމަށް!

ދަސްވެނިވުމާ ހަމައިން ކިޔެވުން ނިންމާނުލައި އިލްމާއި ހުނަރު ތަރައްގީ ކުރުމަށް އަަބަދުވެސް އަމިއްލައަށް މަސައްކަތް ކުރުމަށް ދަސްވެނިވީންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެދިވަޑައިގެންފިއެވެ.

މެޑަމް ސާޖިދާ މިފަދައިން ނަސޭހަތްތެރިވެވަޑައިގެންފައިވަނީ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)ގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ބޭއްވި އެ ޔުނިވާސިޓީގެ މި އަހަރުގެ ދަސްވެނިވުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ނެވެ.

ރައީސްގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، އެކަމަނާ ވަނީ ޔުނިވާސިޓީގައި ކިޔަވަމުންދާއިރު މީހުންނާ ގުޅިގެން އުޅުމާއި މުއާމަލާތު ކުރުމުގެ ގާބިލުކަމާއި ކަންކަން ވަޒަންކޮށް ފާޑުކިޔުމުގެ ގާބިލުކަމާއި ކަންކަމަށް އާ ބަދަލުތައް ގެނެސް އުފެއްދުންތެރިކަން ކުރިއަށް ނެރުމުގެ ގާބިލުކަން އަށަގެންނެވުމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭކަން ފާހަގަކުރައްވާފަ އެވެ.

މީގެއިތުރުން ޔުނިވާސިޓީން ދަސްވެނިވުމާއި ހަމައިން ކިޔެވުން ނިންމާ ނުލައި އިލްމާއި ހުނަރު ތަރައްގީކުރުމަށް އަބަދުވެސް އަމިއްލައަށް މަސައްކަތްކުރަމުން ގެންދިއުމަށް އެކަމަނާ އެދިވަޑައިގެންނެވި އެވެ.

“ޔުނިވަރސިޓީން ދަސްވެނިވުމާއި ހަމައިން ކިޔެވުން ނިންމައިނުލައި އިލްމާއި ހުނަރު ތަރައްގީކުރުމަށް އަބަދު ވެސް އަމިއްލައަށް މަސައްކަތްކުރަމުން ގެންދިއުމަށް ދަސްވެނީންގެ ކިބައިން އެދެން.” ސާޖިދާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅުގައި އެކަމަނާ ވަނީ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަކީ ފަހުގެ ތާރީހުގައި ދިވެހި އިސްލާމީ މުޖުތަމައަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން ތާރީހީ ހިޔާވައްސެއްކަން ފާހަގަކުރައްވައި އެ ޔުނިވާސިޓީގެ ފެށިގެން އައި ގޮތުގެ ތާރީހަށް ވެސް އަލި އަޅުވާލައްވާފަ އެވެ.

އެކަމަނާ ވަނީ މިއަދުގެ ހެނދުނުގެ ދަންފަޅީގައި ދަސްވެނިވި ބައެއް ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!