ޚަބަރު
ގަމު ލިންކުރޯޑް ވިނަގަނޑުގައި ރޯވި އަލިފާން، ސިފައިން ނިއްވާލައިފި

ލ. ގަމު ލިންކުރޯޑު، ވިނަގަނޑުގައި ރޯވި އަލިފާން، އެމްއެންޑީއެފް ކައްދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ ލ.ގަމު މުކުރިމަގާއި މަތިމަރަދޫއާ ދޭތެރޭ ލިންކުރޯޑްގެ އަރިމަތީގައި އޮތް ވިނަގަނޑެއްގައި ބުދަ ދުވަހުގެރޭ ރޯވި އަލިފާން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފައިވާ ކަމަށެވެ.

އެ ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ އެރޭ 19:50 ހާއިރުއެވެ.

ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، އަލިފާން ނިވުމުގެ މަސައްކަތް ކުރި ކަމަށްވެސް ބުނެފައި ވެއެވެ.

މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ އެރޭ 20:22 ހާއިރު ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!