ޚަބަރު
ބޮޑުވަޒީރު ހުވާކުރުމުގެ ރަސްމިއްޔާތަށް ރައީސް ޑރ މުއިއްޒު މާދަމާ އިންޑިއާއަށް ވަޑައިގަންނަވަނީ

ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން ރައީސް ޑރ މުހައްމަދު މުއިއްޒު ފުރަތަމަ ފަހަރަށް އިންޑިއާ އަށް މާދަމާ ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް، އިންޑިއާ އަށް ވަޑައިގަންނަވަނީ އެ ގައުމުގެ ބޮޑުވަޒީރު ކަމުގެ ތިން ވަނަ ދައުރެއް ކަށަވަރު ކުރެއްވި ނަރެންދުރަ މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށެވެ. ރައީސްގެ އަރިހުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ދައުވަތު ރައީސް ގަބޫލުފުޅު ކުރައްވާފައިވާކަން ދެ ގައުމުގެ ސަރުކާރުން މިއަދު ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ. އެ ރަސްމިއްޔާތުގެ ދައުވަތު ރައީސްއަށް އަރުވާފައިވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރު އެވެ.

”މި ދައުވަތަށްޓަކައި ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވާ ރައީސް ވިދާޅުވީ މި ތާރީހީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަކީ އެމަނިކުފާނަށް ޝަރަފެއް ކަމަށެވެ” ރައީސް އޮފީހުން މިއަދު ޝާއިއު ކުރި ހަބަރެއްގައި ބުންޏެވެ. އަދި ދެ ގައުމުގެ ގުޅުން ދަނީ ބަދަހިވަމުން ކަމަށް ރައީސް، ސަފީރު އަރިހުގައި ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަވަށްޓެރި ގައުމުތަކުން އެ ރަސްމިއްޔާތަށް ރައީސް މުއިއްޒު ހިމެނިވަޑައިގަންނަވާހެން 8 ގައުމެއްގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން ރައީސް މުއިއްޒު އިންޑިއާއަަށް ވަަޑައިގަންނަވާނީ އެ ގައުމު ގަޑިން މާދަމާ ހެނދުނު ނުވައެއް ޖަހާއިރު އެވެ.

ބޮޑުވަޒީރުކަމުގެ މަގާމަށް މޯދީ، އަލުން އިންތިހާބުވުމާއި ގުޅިގެން އެންމެ ފުރަތަމަ މަރުހަބާގެ މެސެޖު ފޮނުއްވި ގައުމުތަކުގެ ލީޑަރުންގެ ތެރޭގައި ރައީސް މުއިއްޒު ހިމެނިވަޑައިގަންނަވަ އެވެ. މޯދީއަށް މަރުހަބާ ވިދާޅުވެ ރައީސް މުއިއްޒު ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ ގައުމުގެ ދެމެދު ހިއްސާކުރެވި، އެއްބަސްވެފައިވާ ލަނޑުދަނޑިތަކާއި ހަމަޖެހުމާއި ދެ ގައުމުގެ ވެސް މަސްލަހަތުތައް ކުރިއެރުވުމަށް ޓަކައި އެކުގައި މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

އެ ޕޯސްޓަށް ރިޕްލައި ދެއްވަމުން މޯދީ ވިދާޅުވީ ރާއްޖެއަކީ އިންޑިޔާ ކަނޑުގެ ސަރަހައްދުގައި އިންޑިއާގެ އަގުހުރި ބައިވެރިޔާ ކަމަށެވެ.

އިންޑިއާ އަކީ ޒަމާނުއްސުރެން ރާއްޖެއާ އެންމެ ގާތް ސިޔާސީ ގުުޅުން ބާއްވާ ގައުމެވެ. މީގެ ކުރީގެ ސަރުކާރުތަކުގައި، އެ ރައީސެއްގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރައްވަނީ ވެސް އިންޑިއާއަށެވެ.

ނަމަވެސް ރައީސް މުއިއްޒު ވަޑައިގަތީ ޗައިނާއަށެވެ. އިންޑިއާއަށް އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދަތުރުފުޅެއް ނުކުރައްވަ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!