ޚަބަރު
މިޔަރުގެ މައްސަލަ ހައްލު ކުރުމަށް މިދަނީ މަސައްކަތް ކުރަމުން، ފަރުވާތެރިވާންޖެހޭ ކަންތައްތަ އެބަހުރ: ޝިޔާމް

މިޔަރުގެ މައްސަލައަށް ހައްލުހޯދަމަށް މި ދަނީ މަސައްކަތް ކުރަމުންކަމަށާއި، ފަރުވާތެރިވާން ޖެހޭ ކަންކަންއެބަހުރި ކަމަށް ފިޝަރީޒް މިނިސްޓްރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ ދިވެހިޗެނެލް އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައެވެ.

ޝީޔާމް ފާހަގަކުރެއްވީ މިޔަރުގެ މައްސަލައާއި ގުޅިގެ ހިތާމަވެރި ހާދިސާތައްވެސް ހިނގާފައިވާ ކަމަށާއި، އެހެންކަމުން ފަރުވާތެރިވާން ޖެހޭ ކަމަށެވެ. ނަމަވެސް ރިސޯޓްތަކުގައި މިޔަރަށް ކާން ދިނުމަކީ ވެސް މިހާރު ކުރަމުން އަންނަ ކަމެއް ކަމަށެވެ.

“ބައެއްފަހަރު ރިސޯޓްތަކުން އުކާލެވޭ އެއްޗެއްސާ ރަށްރަށުން އުކާލެވޭ ތަކެތި މި އުކާލެވެނީ އެއްތަނަކަށް. ކާބޯތަކެއްޗާއި، މަހުން ބާކީވާތަކެތިވެސް އެގޮތަށް އުކާލެވުމުން މިޔަވަރު ގިނަވޭ.” ޝީޔާމް

ޝީޔާމް ވިދާޅުވީ މިޔަރުގެ މައްސަލައާއިހެދި މަސްވެރިންގެޝަކުވާތަކެއް އެބަހުރި ކަމަށާއި މިޔަރުގެ މައްސަލައަށް ސަރުކާރުން ހައްލުހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

މިޔަރުގެ މައްސަލައަށް ސޮލިއުޝަނެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާއިރު، މިޔަރު ގިނަވަމުންދާތީ ކަންބޮޑޫވުންތަކެއްހުރި ކަމަށް ގިނަބަޔަކުދަނީ ފާހަގަކުރަމުންނެވެ.

4 ޖޫންގައި އެމްއެންޑީއެފްގެ ސިފައިންގެ ބޭކަލަކަށްވެސް ވަނީ މިޔަރުގެ ހަމަލާ އަމާޒުވެ ފަރުވާދެމުންދަނިކޮށް ނިޔާވެފައެވެ.

ލ. ކައްދޫގައި ކުރިއަށްގެންދިޔަ ތަމްރީނެއްގެ ތެރެއިން މިޔަރެއް ހަމަލާދިނުމާއިގުޅިގެން ލިބުނު އަނިޔާތަކުގެ ސަބަބުން، ނިޔާވެފައިވަނީ އުމުރުން 23 އަހަރުގެ މުހައްމަދު ޒައިދާންއެވެ.

ޑައިވަނަށް ފައިބާ މީހުންނަށްވެސް މިޔަރު ހަމަލާ ދެމުންދާއިރު، ކަނޑުގައިވާ ބިޔަ މަސްތަކަށްވެސް މިޔަރުގެ ހަމަލާ އަމާޒުވާކަން ފާހަގަކުރެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!