ފެންޑާ
ކުދިރޫޖެހި ގައިގެ ހަންގަނޑު ދޫވަނީތަ؟ ދެރަނުވޭ، މިއޮތީ ހައްލު!

އުމުރުން މަތިވަމުންދާ ވަރަކަށް ދިރިއުޅުމުގެ ބުރައާއި މަސްއޫލިއްޔަތުތަކުގެ ބަރުކަމުގެ ސަބަބުން ދުވަހެއްދުވަހަކަށް އަމިއްލަ ހަށިގަނޑާ މެދު އަޅާލުން ދާނީ ކުޑަވަމުންނެވެ.

ހަށިގަނޑަކީވެސް ގެންގުޅޭ މެޝިނެއް ފަދައިން އޭގެ ހުރިހާބައިތަކަށް ސަމާލުކަންދީ، ފަރުވާވެ، ރައްކާތެރިކަމާއި އަޅާލުން ބޭނުންވެއެވެ. އެހެންނަމަވެސް ކުރިން ބުނި ކަންތަކަށް އިތުރުވާ އަމިއްލަކަންތައްތަކާއި ހަޔާތުގެ ހިއްސާދާރުންގެ ޒިންމާތަކާ ހެދި ހަށިގަނޑަށް ދޭންވާ ސަމާލުކަން ނުދެވި އަޅާނުލެވުމުގެ ސަބަބުން ހަށިގަނޑުގެ އެކި ބައިތަކުން އުމުރުން މަތިވަމުންދާ ވަރަށްވުރެ މާބޮޑަށް އުމުރުގެ ދޮށީކަމާއި އެހެނިހެން މައްސަލަތައް ފެންމަތިވާން ފަށާނެއެވެ.

ހާއްސަކޮށް ހަންގަނޑުގައި ކުދިރޫޖެހުމާއި، ހަމުގެ ބާރުކެނޑި ދޫވާން ފެށުންފަދަ ކަންތައް ފެންނަން ފަށާނެއެވެ. އެހެންނަމަވެސް ބުރަކޮށް އުޅޭ ދިރިއުޅުމުގައި ހަމަ ވަރަށް ފަސޭހައިން މިކަމަށް ހައްލެއް ލިބެން އެބައޮތެވެ. ތިރީގައި މިހިމަނާލަނީ ހަމުގެ ކުރަކިކަން ކަޑުވާ، ކުދިރޫޖެހުމުން ރައްކާތެރިކޮށްދީ، ހަންގަނޑު ބާރުކޮށް ދުޅަހެޔޮކަންމަތީ ބަހައްޓައިދިނުމަށް އެހީތެރިވެދޭ ތަފާތު އެކިކަހަލަ ކާނާގެ ބާވަތްތަކުގެ ލިސްޓެކެވެ.

ނަޓްސް އާއި ނަޓްކިރު
ކެޝިއުސް، އަލްމަންޑް، އަދި މެކަޑޭމިއާ ފަދަ ނަޓްސްގެ ސަބަބުން ކޮލެސްޓްރޯލްއަށް ހެޔޮ އަސަރުތަކެއް ކުރާއިރު، އެންޓި އިންފްލެމެޓަރީ ނަތީޖާއެއް ފެނިދެއެވެ. ދުވާލަކު ގާތްގަނޑަކަށް އެއް ނުވަތަ ދެ އައުންސް ކެއުމުން އޮމާން ނަލަ ހަންގަނޑާއި ދުވާލަކަށް ހަށިގަނޑަށް ލިބެންޖެހޭ މިންވަރަށް ފައިބަރާއި ޕްރޮޓީން ލިބޭނެއެވެ.

އަލަނާސި
އަލަނާސިއަކީ ހީވެސް ނުކުރާ ފަދަ ރީތިގޮތަކަށް ހަންގަނޑު އަލިކޮށްދޭ މޭވާއެކެވެ. އެއީ ޕްރޮލިޑޭޒް ކިޔާ އެހެން އެންޒައިމްއެއް އެކްޓިވޭޓް ކުރާ މަޢުދަނެއް ކަމަށްވާ މެންގަނީޒް އެކުލެވިގެންވާ މޭވާއެކެވެ. ހަމައެއާއެކު ޕްރޮލިޑޭޒް އިން ޕްރޮލައިންގެ ނަމުން މަޝްހޫރު އެމިނޯ އެސިޑެއް އުފައްދައި، މިއީ ކޮލަޖަން އުފެއްދުމަށް އެހީތެރިވެދީ ހަންގަނޑުގެ ދޫވުން ދުރުކޮށް ހަންގަނޑުވާންކޮށް ބާރުކޮށްދެއެވެ.

ޑާކް ޗޮކްލެޓް
ކިރު ޗޮކްލެޓުން ހަށިގަނޑުގެ ބޭރުފުށުން އުމުރުން މަތިވުމުގެ ޕްރޮސެސް ފެނުން އަވަސްކޮށްދޭއިރު، ޑާކް ޗޮކްލެޓުން އުމުރު މަތިކޮށްދިނުން ސިފަވުމުގެގެ ޕްރޮސެސް މަޑުކޮށްދެއެވެ. ފްލެވަނޯލްސްގެ މިންވަރު މަތިވުމުގެ ސަބަބުން ހަންގަނޑުގެ ސިފައަށް ފައިދާ ލިބި، ހަންގަނޑަށް ލޭ ދައުރުވުން އިތުރުވެގެންދެއެވެ. މި ފްލެވަނޯލްތަކުން ޔޫވީ ރޭޑިއޭޝަން ދުރުކޮށް، އަވިން ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދެއެވެ.

ކިރާއި ޑާކްޗޮކްލެޓް އަދި ނަޓްސް އިން ގައިގެ ހަންގަނޑު ޒުވާންކޮށްދޭ

ސެލްމޮން
ސެލްމޮންއަކީ އަޅުގަނޑުމެންގެ އެއް ހުށަހެޅުމެއް، އެއީ އެހާ މީރު އަދި ފަސޭހައިން ލިބެން ހުންނަ އެއްޗަކަށް މަހެކެވެ. މި މަސް ކެއުމުން ޕްރޮސްޓަގްލޭންޑިން އީ2 ގެ މިންވަރު ދަށްކޮށް، ހަންގަނޑު ފަޅައިގެން ދިއުން ހުއްޓުވާ ކަމަށް ވެސް ދިރާސާތަކުން ދައްކަ އެވެ.ލެންޓިސް
ލެންޓިސް
ތަފާތު އެކި ކެއުންތަކަށް ލޯބިކުރާ ފަރާތްތަކަށް މިއީ އުފާވެރި ހަބަރެކެވެ. ލެންޓިލްސް އަކީ މުޅި ދުނިޔޭގެ މީހުންނަށް ކަމުދާ ބާވަތެކެވެ. ލެންޓިލްސް އަކީ މެގްނީޒިއަމް، ދަގަނޑު، ފޮލެޓް އަދި ޕޮޓޭސިއަމް އިން ފުރިފައިވާ އެއްޗެކެވެ. އެހެން އެންޓިއޮކްސިޑެންޓްތަކާއެކު ލެންޓިލްސްގައި ހިމެނޭ ހުރިހާ ނިއުޓްރިއެންޓްތަކަކީ ވަގުތުން ‘އުމުރުންދުވަސްވާ ވައްތަރު” ހުއްޓުވޭނެ އެއްޗެކެވެ. އަދި ހަންގަނޑު ބާރުކޮށްދޭ، ޒުވާންކަން އިތުރުކޮށްދެއެވެ.

ބިސް
ބިހުގައި ގިނަ އަދަދަކަށް ޕްރޮޓީން ހިމެނޭއިރު، މިއީ ދުވަސް އަލާމާތްތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ކޮންމެހެން ބޭނުންވާ އެއްޗެކެވެ. ބިސްވެސް އަދި އެހެންވެސް ކާނާ ތައްޔާރުކުރުމުގައި ޒައިތޫނި ތެލުގައި ކައްކަން މަސައްކަތް ކުރާށެވެ.
ސްޕިނަޗް
އެއްވެސް ގޮތެއް ނުހަދައި ހުހަށް ކާން އަނގަޔަށް މީރުނުވިޔަސް މިއީ އެތައްބައިވަރު ފައިދާ ހިމެނޭ ތަރުކާރީއެކެވެ. މިއީހަމައެކަނި ހައިޑްރޭޓިން އެއްޗެއް ނޫނެވެ. ވިޓަމިންގެ، އޭ، ސީ، އަދި އީ ފަދަ އެތައް އެންޓިއޮކްސިޑެންޓް ވިޓަމިންތަކެއް ހިމެނެއެވެ. މިއީ މެގްނީޒިއަމް އާއި ދަގަނޑު ވެސް ގިނައިން ހުންނަ އެއްޗެއް ކަމުން ހަންގަނޑު ބާރުކޮށްދިނުމާއެކު މަސްތަކުގެ ވަރުގަދަކަން އިތުރުކޮށްދެއެވެ.

ޒައިތޫނިތެޔޮ
ޒައިތޫނި ތެޔޮ ބޭނުންކުރަން ފަށާއިރަށް، ހަމަ ވަރަށް އަވަހަށް އޭގެ ނަތީޖާ ގައިގެ ހަމަށް އަންނަ ތެޔޮއޮމާންކަމުން ފާހަގަވާނެއެވެ. ހަންގަނޑުގައި ވަގުތުން ތަފާތެއް އަންނަކަން ފާހަގަ ކުރެވޭނެ އެވެ. ވިޓަމިން އީ ގިނައިން ހުރުމުން ހަންގަނޑުގައި ކޮލަޖަން ފަޅައިގެން ދިއުމުގެ ފުރުސަތު ކުޑަވެ، އެއީ ރިއްސުން މެދުވެރިވާ ސަބަބެވެ. މީގެ އިތުރުން އޭގައި ހިމެނޭ ޕޮލިފެނޯލްތަކުގެ ސަބަބުން ހަމުގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަވެގެންދެއެވެ.
ކައްޓަލަ
ގުދުރަތީ ގޮތުން ފޮނި އަދި ދަހިކުރުވާ ރަހައެއް ހުންނަ ކައްޓަލައަށް ލިސްޓުން ޖާގައެއް ހަދާށެވެ. ކެއުމުގައި ހިމަނާ އަލުވި ލިސްޓުން އުނިކޮށް ކައްޓާލަ ބަދަލުކޮށްލާށެވެ. ރިއްސުންތަކާއި ދުރުކޮށްދޭ،ހަލާކުވެފައިވާ ހަންގަނޑު އާކޮށް ޒުވާންކޮށްދޭ އަގުބޮޑު ހަމުގެ ފަރުވާ ހިމެނޭ މުހިއްމު މާއްދާއެއް ކަމަށްވާ ވިޓަމިން އޭ އިން ފުރިފައިވާ ކައްޓަލައިން ދަގަނޑުގެ ބައި ލިބެއެވެ. އަދި ހަމައެހެންމެ މިއީ ކެންސަރާދެކޮޅަށް ހަނގުރާމަ ކުތާ ބާވަތެއްވެސްމެއެވެ.

ސްޕިނަޗް، ބިސް، ލެންޓިސްފަދަ ތަކެތި ޒައިތޫނިތެލުގައި ބޭނުން ކުރުމުން ގައިގެ ހަމަށް ބަދަލު އަވަހަށް ފެނޭ

ބްލޫބެރީސް
ހުރިހާ ބެރީއެއް ވެސް މޮޅު ނަމަވެސް ބްލޫބެރީގައި ވަކިން ހާއްސަކޮށް އެހެން މޭވާތަކަށް ވުރެ ގިނައިން އެންޓިއޮކްސިޑެންޓް އެކުލެވިގެންވެއެވެ. މި ކުޑަކުޑަ މޭވާއިން އިރުގެ ގަދަފަދަ އަވިން ލިއްބައިދޭ ހޫނުކަމާއި އަރުތެރެހިކުމާއި އަދި ކުދިކުދި ބިހި ނެގުމުން ރައްކާތެރިކޮށްދެއެވެ. ބްލޫބެރީގައި ވިޓަމިން ސީ ވެސް ހިމެނެއެވެ.
ކަރާ
ކަރާއަކީ މީރު، އިންތިހާއަށް ހައިޑްރޭޓިންގ އަދި ހޫނު މޫސުމުގެ ހަމަޖެހުން، މެއަށާއި ހަށިގަނޑަށް ފިނ ހަމައެކަނި ސްލައިސްއަކުން ލައިކޯޕީންގެ މިންވަރުމަތިވެވޭނެ އެވެ. ލައިކޯޕީން އަކީ އަސާސީ ގޮތުން ގުދުރަތުގެ ސަންބްލޮކެއް ކަމުން، ޔޫވީ ރެއިސްތަކުން ހަންގަނޑު ރައްކާތެރިކޮށްދެއެވެ.

އެވޮކާޑޯ
އެވޮކާޑޯއެވޮކާޑޯއަކީ ކްރީމީ އަދި ރަހަވެސް މީރު މޭވާއެކެވެ. ރަނގަޅު ފެޓްސް އާއި އެންޓިއޮކްސިޑެންޓް ވިޓަމިންސް އަދި އެންޓި-އިންފްލެމެޓަރީ ފެޓީ އެސިޑްސް ގިނައިން ހިމެނޭ މޭވާއެކެވެ.
ސިޓްރަސްމޭވާ
އޮރެންޖް، ގްރޭޕްފްރޫޓް، ލައިމް، އަދި ލުނބޯ ފަދަ ތަކެތިން ގިނަ އަދަދަކަށް ވިޓަމިން ސީ ލިބޭއިރު، މިއީ ޖެނެޓިކް ސިއްހަތު ދެމެހެއްޓުމަށްވެސް ވަރަށް މުހިންމު ކަމެކެވެ. މިއީ ހަމައެކަނި ދިފާއީ ނިޒާމާއި ހަށިގަނޑުގެ ޖުމްލަ މަސައްކަތް ކުރިއަރުވައިދޭ މޭވާއެއް ނޫނެވެ. އޭގެ އިތުރަށް ހަންގަނޑު ކުރަކިވެ ބާރުދޫވުމުން ރައްކާތެރިކޮށްދޭ އަދި ހަންގަނޑަށް އަލިކަމެއްވެސް ގެނެސްދޭ މޭވާއެކެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!