ޚަބަރު
އަމީރުލް ޙައްޖުގެ ގޮތުގަ ޑރ. އިސްމާޢިލް ޝަފީޢު ޙައްޖަށް ފުރާވަޑައިގެންފި

މިއަހަރުގެ ޢަމީރުލް ޙައްޖުގެ ގޮތުގައި ރައީސުލްޖުމޫރިއްޔާ ކަނޑައަޅުއްވާފައިވާ ތަޢުލީމީ ވުޒާރާގެ ވަޒީރު، ޑރ. އިސްމާޢިލް ޝަފީއު ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ފުރާވަޑައިގެންފިއެވެ.

ވަޒީރު ޑރ. ޝަފީޢު ފުރާވަޑައިގެންނެވީ މިއަދު ހަވީރު ސައުދީ އެއާލައިންގެ ފްލައިޓެއްގައި ދިވެހި ޙައްޖުވެރިންގެ ފަހު ގުރޫޕާއެކުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ތަޢުލީމީ ވުޒާރާގެ ވަޒީރު، ޑރ. އިސްމާޢިލް ޝަފީއު އަދި އިސްލާމިކް މިނިސްޓަރު/ފޮޓޯ އިސްލާމިކް މިނިސްޓްރީ

ޢަމީރުލް ޙައްޖުގެ ގޮތުގެ ގޮތުގައި ފުރާވަޑައިގެންނެވުމުގެ ކުރިން ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ، މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު ދިވެހި ހުރިހާ ޙައްޖާޖީންގެ ހާލުވެސް ރަނގަޅުކަމަށާއި ޙައްޖުވެރިންގެ ކަންކަން ވަނީ އިސްލާމިކް މިނިސްޓްރީއާއި ޙައްޖު ކޯޕަރޭޝަން ގުޅިގެން ވަރަށް ފުރިހަމައަށް އިންތިޒާމްކުރެވިފައިކަމަށެވެ.

އަމީރުލް ޙައްޖުގެ ހައިސިއްޔަތުން ދިވެހި ޙައްޖުވެރިންގެ އެންމެހާ ކަންކަން ބަލަހައްޓަވާނީ ޑރ. ޝަފީޢުގެ ބެއްލެވުމުގެ ދަށުން ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!