ފެންޑާ
ބަރުދަން ލުއި ކުރަން ޕާސްތާ ކެއުން ރަނގަޅު

ބަރުދަން އިތުރުވުމުގެ މައްސަލަ އަކީ ގިނަ ބަޔަކު އެކަމާއި ވިސްނާ ފިކުރު ކުރާ ކަމެކެވެ. މީރު ކެއުން ތަކާއި ދުރުވެ، ކަސްރަތު ކުރުމާއި، ޑައިޓުގައި ތިބުން ފަދަ ކަންކަން މި ދިވެހި ރާއްޖޭގެ ވެސް ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.

އެގޮތުން ޕާސްތާއަކީ މިހާރު ގިނަ ބަޔަކަށް ވަރަށް ކަމުދާ ކެއުމަކަށް ވާއިރު، ތިން އިރަށް ޕާސްތާ ކައިގެން އުޅޭ މީހުން ވެސް އުޅެއެވެ. ފަލަ ވާނެ ކަމުގެ ބިރަށް ކިތަންމެ ކާ ހިތް ވިޔަސް ޕާސްތާ ނުކައި އުޅޭ މީހުން ވެސް މަދެއް ނޫނެވެ.

ނަމަވެސް ދުވަސްތައް ފާއިތުވަމުން ދާވަރަކަސް އެކި އެކި ތަންތަނުން ހަދާ ދިރާސާތައް ގިނަވެ، ނޭނގެ އަދި ގަބޫލު ކުރަން އުނދަގޫ އެތަކެއް ނަތީއްޖާތަކެއް ދިރާސާތަކުންދައްކައެވެ. އެގޮތުން ކެނެޑާގެ ހޮސްޕިޓަލަކުން ކުރި ދިރާސާއެއްގައި ހުދު ހަނޑުލާއި ދާދި އެއް އަދަދަކަށް ޕާސްތާގައި ވެސް ކާބޯހައިޑްރޭޓްސް ހުރި ކަމުގައި ވިޔަސް ޕާސްތާ އިން ލެޔަށް ނަގާ ހަކުރު ގެ މިންވަރު މަދު ކޮށްދޭކަމަށް ދައްކައެވެ.

2017 ވަނަ އަހަރު އެސް ޓީ މައިކަލް ހޮސްޕިޓަލުން ކުރި މި ދިރާސާއިން ދައްކާ ގޮތުގައި ކާބޯހައިޑްރޭޓްސް އިން މުއްސަނދި އެހެނިހެން ކާނާއަށް ވުރެ ޕާސްތާގައި ގްލައިސެމިކް އިންޑެކްސް މަދެވެ. އަދި މީގެ ސަބަބުން ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރު އިތުރު ނުވާނެ ކަމަށް ވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ.

މި ދިރާސާ ހެދުމުގައި އިސްކޮށް ހަރަކާތްތެރި ޑޮކްޓަރު ބުނާ ގޮތުގައި ޕާސްތާ އަކީ ފަލަވުމަށް މެދުވެރިވާ ކާނާއެއް ނޫން ކަމަށާއި ޕާސްތާއިން މީހާގެބަރުދަން ލުއި ކޮށްދޭކަމަށެވެ. މި ދިރާސާގައި 2500 އަށް ވުރެ ގިނަ މީހުން ބައިވެރިކޮށްފައިވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!