ޚަބަރު
ތިނަދޫ ސިޓީގެ ޗައިނާ ފްލެޓްގެ މަރާމާތް, ލަސްނުކޮށް ފަށާނެ ކަމުގެ ޔަޤީންކަން ހައުސިން މިނިސްޓަރު ދެއްވައިފި

ތިނަދޫ ސިޓީގެ މިހާރު އިމާރާތް ކުރެވި މީހުން ދިރިއުޅެމުންދާ ޗައިނާ ފްލެޓްގެ މަރާމާތް ލަސްނުކޮށް ފަށާނެ ކަމުގެ ޔަޤީންކަން ހައުސިންގ މިނިސްޓަރު ޑރ. އަލީ ހައިދަރު އަޙްމަދު މިއަދު ދެއްވައިފިއެވެ.

ތިނަދޫ ސިޓީގައި އިމާރާތް ކުރެވިފައިވާ ފްލެޓްތަކުގެ މަރާމާތުގެ މަސައްކަތްތަކާ ގުޅޭގޮތުން އެ ރަށުގެ ދެ ދާއިރާގެ މެމްބަރުން، ވަނީ ހައުސިން މިނިސްޓަރ އަލީ ހައިދަރާއި މަޝްވަރާ ކުރައްވާފައެވެ.

ހައުސިން މިނިސްޓަރާ މިއަދު ބައްދަލުކުރައްވާފައިވަނީ ތިނަދޫ އުތުރުދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީއާއި، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަލްސަން އަހުމަދެވެ.

މި ބައްދަލު ކުރެއްވުމުގައި، ތިނަދޫގައި އިމާރާތް ކުރެވިފައިވާ ފްލެޓްތަކުގެ މަރާމާތުގެ މަސައްކަތްތަކާއި، މިހާރު ތިނަދޫގައި އަޅަމުންދާ ރޯ ހައުސް ތަކުގެ މަސައްކަތްތަކުގެ އިތުރުން ތިނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ފްލެޓް ތަކުގެ މަސައްކަތާއި އަދި މާލެއިން އެންމެ ފަހުން ދޫކުރުމަށް ހަމަޖެހިފައިވާ 4000 ފްލެޓް އާއި ބެހޭ ގޮތުން މަޢުލޫމާތު ހޯދައި މަޝްވަރާ ކުރެވިފައިވެއެވެ.

ތިނަދޫ އުތުރުދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީއާއި، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަލްސަން އަހުމަދު ހައުސިން މިނިސްޓަރާ ބައްދަލުކުރެއްވުން

ތިނަދޫ ސިޓީގެ ޗައިނާ ފްލެޓް ސަރަހައްދުގެ 120 ރޯހައުސް ވަނީ ވަރަށް ބޮޑަށް މާރާމަތް ކުރަންޖެހިފައެވެ. އެހެންކަމުން އެތަންތަން ވީހާވެސް އަވަހަކަށް މަރާމާތް ކުރެވޭނެ ގޮތާއި ގުޅޭގޮތުން ކުރެވުނު މަޝްވަރާއަށްފަހު، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ “ހުވަދޫ މީޑިއާ” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ބައްދަލުވުމުގައި މަޝްވަރާ ކުރެވުނުކަންތައްތައް ވަރަށް އަވަހަށް ނިންމާ ސާވޭ ކުރުން ފެށިގެންދާނެ ކަމަށެވެ.

” އީދަށްފަހު ފްލެޓް ސަރަހައްދު ސާވޭގެ މަސައްކަތް ކުރިއަށްދާނެ. ބަޖެޓް ކަނޑައެޅުމުގައި ވެސް މި މަސައްކަތް ހިމެނުމަށް ދަނީ މަސައްކަތް ކުރަމުން.” ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ތިނަދޫ ފްލެޓްގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމާލުމަށް ކުރަމުންދާ މަސައްކަތުގައި ސަރުކާރުގެ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ. އެގޮތުން މިނިސްޓަރުވެސް ވަނީ އެކަމަށް ޔަގީންކަން ދެއްވާފައި ކަމަށް ސައުދު ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!