ޚަބަރު
ރިހިވެލި ރިސޯޓުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފި

ރިހިވެލި ރިސޯޓުގެ ވެރިފަރާތް ކަމަށްވާ މާހަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެރިސޯޓަށް ދިޔަ ބަޔަކު ގަދަކަމުން އެރަށުގެ ކޮންޓްރޯލް ނަގަން މަސައްކަތް ކުރާތީ އެރިސޯޓުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ރިހިވެލީގައި ހަމަނުޖެހުންތަކެއް ހިނގާކަމުގެ މައުލޫމާތު ލިބުމުން ފުލުހުން އެ ރިސޯޓްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި ފުލުހުން މަސައްކަތްކުރަމުން އަންނަނީ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން ކަމަށާއި ހަމަނުޖެހުންތަކެއް ހިނގި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށެވެ.

ސަބްލީޒް އެގްރިމެންޓެއްގެ ދަށުން ރިހިވެލި ރިސޯޓް ހިންގަމުން ގެންދަނީ ފްރާންސްގެ ކުންފުންޏެއް ކަމަށްވާ ސޭވް ދަ ޑްރީމްގެ ފަރާތުންނެވެ. މިކުންފުނީގެ ވަކީލެއް ކަމަށްވާ ވަކީލް ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ ރިސޯޓުގެ ވެރިފަރާތުން ފޮނުވި ބަޔަކު އެރިސޯޓަށް ގޮސް ގަދަކަމުން އެރަށުގެ ކޮންޓްރޯލް ނަގަން އުޅުނުކަމަށެވެ. މިދެފަރާތުގެ ދެމެދުގައި މައްސަލަޖެހި ކޯޓުގައި ޝަރީއަތް ކުރިޔަށް ދާ ކަމަށާއި “ސޭވް ދަ ޑްރީމް” ކުންފުނީގެ މީހުން މަސައްކަތްކުރަނީ މައްސަލަ ނިމެންދެން އެރިސޯޓުގައި ތިބުމަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ރަށުގެ ސަބްލީޒް އެއްބަސްވުން ބާތިލްވެފައި ވާތީ ސޭވް ދަ ޑްރީމް ގެ މީހުންނަށް އެރިސޯޓުގައި ނުތިބެވޭނެކަމަށް ކޯޓުން މިއަދު ހުކުމް ކުރުމުން ވެރިފަރާތުން ފޮނުވި ބަޔަކު ވަނީ އެރިސޯޓަށް އަރާ ހަމަނުޖެހުން ހިންގާފައެވެ. އެގޮތުން އޭގެތެރެއިން މީހަކު ފްރާންސްގެ އަންހެނަކަށް ހުރަސްއަޅާ މަންޒަރު ފެންނަ ވީޑިޔޯއެއް މީސްމީޑިޔާގައި ވަނީ ދައުރުވެފައެވެ. އަދި މިކަމާ ކަންބޮޑުވުން ފާޅުކޮށް ރިސޯޓްގެ މެނޭޖްމަންޓުން ވާހަކަ ދައްކާ ވީޑިއޯއެއް ވެސް ވަނީ އާންމުކޮށްފަ އެވެ.

https://twitter.com/nazimsat/status/1432671988896595976?s=20

އެ ވީޑިއޯގައި ވެސް ބުނަނީ 15 ނުވަތަ ވިއްސަކަށް މީހުންގެ ގްރޫޕެއް ރިސޯޓަށް އަރައި، ސެކިއުރިޓީ އަށް ހުރަސް އަޅައި ފޯނު އަތުލައި އަދި ގައިގައި އަތްލައި އަމިއްލައަށް ކަންކަން ތަންފީޒުކުރަން އުޅޭ ކަމަށާއި ރާއްޖޭގައި މިފަދަ ކަންކަން ހިނގުމަކީ ވަރަށް ދެރަ ކަންތައް ކަމަށެވެ. ރަށުގައި ތިބި މީހުންގެ ރައްކާތެރިކަން ޔަގީން ނުވާ ކަމަށާއި މި ކަންބޮޑުވުމާ އެކު ފުލުހުންގެ އެހީތެރިކަމަށް ވަނީ އެދިފައެވެ.

https://twitter.com/SarahLacarriere/status/1432676340063408132?s=20

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ޙަސަނު

    ލަފާކުރެވެނީ މަސްތުގެހާލުގަ ތިބި ބްރޯތަކެއްކަމަށް. ކޯޓުން ހުކުމްކުރީމަ އެ ހުކުމް ތަންފޒިޒުކުރާނީ ފުލުހުން. މަކުނު ބްރޭންޑު ބްރޯތައް ވަގުތުން ހައްޔަރުކުރޭ.