ޚަބަރު
ފަލަސްތީނުގެ މައްސަލަ އަކީ މުޅި އިސްލާމީ އުއްމަތަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ: ރައީސް ޑރ މުއިއްޒު

ފަލަސްތީނުގައި ހިނގަމުންދަނީ ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ މައްސަލައެއް ނޫން ކަމަށާއި މިއީ މުޅި އިސްލާމީ އުއްމަތަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ “ފަލަސްތީނާއެކު ދިވެހީން” ނަމުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޓެލެތޯން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޕީއެސްއެމްއިން މި ޓެލެތޯން ކުރިއަށްގެންދަނީ ރައީސް ޑރ މުއިއްޒުގެ އެދިވަޑައިގަތުމުގެ މަތިންނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހި ރައްޔިތުންނަކީ ފެށުނީއްސުރެ ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބި ބައެއް ކަމަށާއި އެކި ގޮތްގޮތުން އެ ޤައުމުގެ ރައްޔިތުންނަށް ދިވެހިން އެހީވަމުން އަންނަ ކަމަށެވެ. އަދި މީގެ ކުރިން ފަލަސްތީނުގެ ދިފާއުގައި ވާހަކަނުދައްކާ އެތައް ބަޔަކު މިއަދު އެ ޤައުމުގެ ދިފާއުގައި ފާޅުގައި މަސައްކަތް ކުރަމުންދާއިރު ރާއްޖޭން ކުރަމުން އަންނަ މަސައްކަތްތައް ވެސް އިތުރު ހަރުފަތަކަށް ގެންދަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފަލަސްތީނުގައި ހިނގަމުންދަނީ ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ މައްސަލައެއް ނޫން ކަމަށާއި މިއީ މުޅި އިސްލާމީ އުއްމަތަށް ދިމާވެފައިވާ ކަމެއް ކަމަށެވެ. އަދި މުސްލިމުންނަށް ދިމާވާ މިފަދަ ކަންކަމުގައި މުޅި އުއްމަތް ޝާމިލްވާންޖެހޭކަމަށާއި ފަލަސްޠީނުގެ ހައްޤުގައި އަޅުގަނޑުމެން ކުރާ މަސައްކަތް އިތުރު ހަރުފަތަށް ގެންދަންޖެހޭކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“މިއީ ފަލަސްތީނާއި އިސްރާއީލާ ދެމެދުގެ މައްސަލައެއްކަމުގައި ބަލައިގެން އަޅުގަނޑުމެންނަށް ލޯމަރާލައިގެން ތިބެގެން ނުވާނެ. މިއީ އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެވެސް ޒިންމާއެއް، މަސްއޫލިއްޔަތެއްކަމުގައި ބަލަން ޖެހޭ. ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދިނުން. ދީލަތިކަމުގެ އިންތިހާއަށް ދާންޖެހޭ ކަމެއް މިއީ. އަޅުގަނޑުމެންނަށް ﷲ ނިޢުމަތް ދެއްވަނީ އެ ނިޢުމަތް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށްޓަކައި،” ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ މުއިއްޒު ވިދާޅުވީ ފަލަސްތީނުގެ މައްސަލައަކީ މުސްލިމުން ކުރިމަތީގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށާއި މިއަދު އެކަމަށް އެހީތެރިކަން ފޯރުކޮށްނުދީފިނަމަ އިތުރަށް ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ވިސްނުމެއް އަދި ފިކުރެއްގެ މީހުންވެސް ޓެލެތޯންގައި ބައިވެރިވެ ފަލަސްތީނަށް އެހީވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!