ޚަބަރު
މަޖިލީހުގެ ކުރީގެ އަމީން އާއްމު އަހުމަދު އިދިކޮޅާއި އެކު ސިޔާސީ މައިދާނަށް

ރައްޔިތުން މަޖިލީހުގެ ކުރީގެ އަމީން އާއްމު އަލްއުޘްތާޒު އަހުމަދު މުހައްމަދު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި ގުޅިވަޑައިގެން، ސިޔާސީ މައިދާނަށް ނިކުމެ ވަޑައިގެންފިއެވެ.

މިއަދު ޕީޕީއެމް އާއި ގުޅިވަޑައިގެން އަހުމަދު މުހައްމަދުގެ ފޯމާއި ހަވާލުވީ ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲއެވެ.

އަހުމަދަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އޭރުގެ މަދަނީ ކޯޓުގެ އިސް ގާޒީކަން ވެސް ކުރެއްވި ބޭފުޅެކެވެ. އެންމެ ފުރަތަމަ މަޖިލީހުގެ އަމީން އާއްމުގެ މަގާމަށް އަހުމަދު އައްޔަން ކުރެއްވީ 2005ވަނަ އަހަރުއެވެ. އަދި 2010ވަނަ އަހަރު އެކުލަވާލި މަޖިލީހުގެ އައު ގަވާއިދުގެ ދަށުން އަނެއްކާވެސް އެ މަގާމަށް އަހުމަދު އައްޔަން ކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުގެ މަޤާމުން އަޙްމަދު މުޙައްމަދު އިސްތިއުފާ ދެއްވާފައިވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!