ޚަބަރު
ޓެލެތޯން އިން ލިބޭ ފައިސާ އޮޑިޓް ކުރާނެ، ފަލަސްތީނަށް ފޯރުކޮށްދޭނީ ދެފުށް ފެންނަ ގޮތަށް: ޒީނާ

ފަލަސްޠީނަށް އެހީވުމަށް ބާއްވާ ޚާއްސަ ޓެލެތޯނުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންގޮސް މިހަރަކާތުން ލިބޭ ފައިސާ އޭގެ ހައްގުވެރިންނާ ހަމައަށް ފޯރާތޯ ޔަޤީން ކުރުމަށް މިނިވަން އޮޑިޓަރެއް ހަމަޖައްސާފައިވާ ކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވެއްޖެއެވެ.

ޒީނާ މިހެން ވިދާޅުވީ ފަލަސްޠީނާއެކު ދިވެހިންގެ ނަމުގައި ކުރިއަށް ގެންދާ ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޕީއެސްއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި މިޓެލެތޯން ފަށްޓަވައިދެއްވީ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި، ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަށް ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމުން ކުރިއަށް ގެންދާ ޓެލެތޯން މިރޭ 12 ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ.

މިޓެލެތޯން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޒީނާ ވިދާޅުވީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްދާ މިޓެލެތޯންގައި ހުރިހާ އެންމެން ބައިވެރިވުން މުހިއްމު ކަމަށެވެ.

އަދި މިއީ ގިނަ ބައެއްގެ އެހީތެރިކަމާއެކު ކުރިއަށްދާ ހަރަކާތެއް ކަމަށެވެ. ޒީނާ ވިދާޅުވީ މި ޓެލެތޯންގެ ފަންޑު ރައިޒިން ހަރަކާތްތައް ކުރިއަށްދާ ގޮތް ބެލުމަށް މިނިވަން އޮޑިޓަރެއްގެ ގޮތުގައި ކްރޯ މޯލްޑިވްސް ހަމަޖެހިފައިވާ ކަމަށެވެ.

“ކްރޯ މޯލްޑިވްސްއިން ވެދޭ އެހީތެރިކަން ފާހަގަކުރަން، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮރ ޕަލަސްޓައިން ރެފިއުޖީސް، އަންރުއާ މެދުވެރިކޮށް މި ފައިސާ ފަލަސްޠީނަށް ފޯރުކޮށްދެވޭނީ، އެންމެ ފުރަތަމަ އަޅުގަނޑުމެން މި ފައިސާ ހަވާލުކުރާނީ ފޮރިން މިނިސްޓްރީއާ، ފޮރިން މިނިސްޓްރީން އަންރުއާއާ ހަވާލުކުރާނީ،” ޒީނާ ވިދާޅުވިއެވެ.

ޒީނާ ވިދާޅުވީ މި ޓެލެތޯން މެދުވެރިކޮށް ނަމޫނާ އަދަދަކަށް ފައިސާ އެއްކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ފަލަސްޠީނަށް އެހީވުމަށް ބާއްވާ ޚާއްސަ ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ވަނީ ބަހައްޓާފައެވެ.

މިފަންޑު ފޮށިތަކުގެ ތެރެއިން ޓީވީއެމް ގޯތިތެރޭގައި ހުރި ފަންޑު ފޮށި ފިޔަވާ އެހެން ހުރިހާ ފޮށްޓެއް އިރުއޮއްސެންދެން ހުންނާނެއެވެ. ޓީވީއެމް ގޯތިތެރޭގައި ހުރި ފަންޑުފޮށި މިރޭ 10 އެއް ޖަހަންދެން ހުޅުވިފައި ހުންނާނެއެވެ. އަދި ފަންޑު ފޮށިތަކުގެ ރައްކާތެރިކަމަށްޓަކައި ފޮށިތައް ހުންނަ ސަރަހައްދުތަކުގައި ފުލުހުންނާއި ގަރލް ގައިޑް އަދި ސްކައުޓުން ހަރަކާތްތެރިވާނެއެވެ.

ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށްވެސް ފަސޭހައިން އޮންލައިންކޮށްވެސް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް 2 އެކައުންޓެއް ވަނީ ހުޅުވާފައެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިން ނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.

މީގެކުރިން ޓެލެތޯންތައް ބާއްވާފައިވަނީ އިންތިޒާމު ކުރާ ފަރާތްތަކުން ވަކި އަދަދަކަށް ފައިސާ ނަގައިގެން ނަމަވެސް ޕީއެސްއެމުން މިކަމަށް އެއްވެސް ފައިސާއެއް ނުނަގާނެއެވެ.

މިޓެލެތޯނާ ގުޅުވައިގެން މިއަދު ހަވީރު ޓީވީއެމް ގޯތިތެރޭގައި ކުޑަކުދިންގެ ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ. އެގޮތުން ފޭސް ޕެއިންޓިންގް އަދި ކުރެހުމާއި ކުލަ ޖެއްސުން ފަދަ ހަރަކާތްތައް ކުރިއަށްދާނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. ހާމަކުރޭ

    ވަރަށް މާތް މަގުސަދެއްގައި އާންމު ރައްޔިތުން ސޮދަގާތެއްގެ ގޮތުގައި ދޭ ފައިސާ ހޭދަ ކުރަންޖެހޭނީ ހަމައެކަނި ފައިސާ ހޯދި ބޭނުމަށް، ނަމަވެސް އެކި ނަންނަމުގައި ޖަމިއްޔާ ތަކާއި ހިލޭ ސާބަހަށް މަސައްކަތްކުރާ އޮގަނައިޒޭޝަން ތަކުން ހޯދާ ފައިސާ ބޭނުންކުރާ ގޮތެއް ނޭނގޭ!
    – އޮޑިޓް ނުކުރޭ
    – މަންތުލީ / އެނުއަލް ރިޕޯޓް ހާމަނުޖުރޭ
    ގޭގެ ބަދިގޭގައި ހަރަދު ބަލަހައްޓާ ގޮތައް އެ ފައިސާ ހަރަދުކުރަނީ، މީތި ކަޑައޭ..

  2. ހާމަކުރޭ