ޚަބަރު
ދިވެހި އާއިލާއަކުން ފަލަސްތީނަށް އެހީވާން 50,000 ރުފިޔާ ހަދިޔާކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ނެންގެވުމަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމުން “ފަލަސްތީނާ އެކު ދިވެހިން”ގެ ނަމުގައި ކުރިއަށް ގެންދާ ޓެލެތޯންގައި، ދިވެހި އާއިލާއަކުން 50،000 ރުފިޔާ މިއަދު ހަދިޔާކޮށްފި އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ފޮޓޯއަކާ އެކު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި އާއިލާއަކުން 50،000 ރުފިޔާ ޓެލެތޯނަށް ހަދިޔާކޮށްފައިވާ ކަމަށެވެ.

“މި ލޯބިލޯބި ކުއްޖާ މި ހަދިޔާކުރީ އެ އާއިލާގެ ފަރާތުން 50،000ރ. މިފަދަ ނަމޫނާ މަންޒަރު ޓެލެތޯން އިން ދަނީ އަބަދުވެސް ފެންނަމުން،” ޒީނާ ވިދާޅުވި އެވެ.

ފަލަސްތީނަށް އެހީވާން ބާއްވާ ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ބަހައްޓާފައިވެ އެވެ.

ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށް ވެސް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ. ދިވެހި ފައިސާ އިން ނަމަ 7730000655865 އެކައުންޓަށް އަދި ޑޮލަރުން ނަމަ 7730000655866 ހަދިޔާކުރެވޭނެ ކަމަށް ޕީއެސްއެމް އިން ބުންޏެވެ.

ފަލަސްތީނަށް އެހީވުމުގެ ޓެލެތޯން މިއަދު ހެނދުނު 8 އިން މިރޭ ދަންވަރު 12 އާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖެ އިން ކުރާ މަސައްކަތް ފުޅާކުރުމުގެ ގޮތުން، އިޒްރޭލުގެ ޕާސްޕޯޓު ރާއްޖޭގައި މަނާކުރަން މިހާރު ވަނީ ގާނޫނު އިސްލާހު ކުރުމުގެ އަމަލީ މަސައްކަތް ރައްޔިތުންގެ މަޖިލިިހުގައި ފަށައިފަ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!