ޚަބަރު
ފަލަސްޠީނާއެކު ދިވެހިން: ޕީއެންސީގެ ޕީޖީ ފަރާތުން 2 ލައްކަ ރުފިޔާގެ އެހީއެއް

ފަލަސްތީނާއެކު ދިވެހީން ނަމުގައި ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އިން ފަލަސްތީނަށް އެހީވުމުގެ ގޮތުން ކުރިއަށް ގެންދާ ޓެލެތޮންގައި، ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ފަރާތުން 2 ލައްކަ ރުފިޔާގެ އެހީއެއް ފޯރުކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމުގެ މަތިން ކުރިއަށް ގެންދާ މި ޓެލެތޮނުގައި އަމިއްލަ އިސްނެގުމުގެ މަތިން އެންމެ ފުރަތަމަ އެހީ ފޯރުކޮށްދެއްވި ޕާޓީއަކީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއެވެ.

އެގޮތުން، ފަލަސްޠީނާއެކު ދިވެހިން ޓެލެތޮން ފެށުނު ފަހުން، އެއްފަހަރާ އެންމެ ގިނަ ފައިސާ ހަދިޔާކޮށްދެއްވާފައިވަނީ ވެސް ޕީއެންސީގެ ޕީޖީ ގްރޫޕުގެ ފަރާތުންނެވެ. ޕީއެންސީގެ ފަރާތުން މި ފައިސާގެ އެހީ ހަވާލުކޮށްދެއްވާފައިވަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އެވެ.

މި ޓެލެތޯންގައި ފަލަސްޠީނުގެ ރައްޔިތުންނަށް 2 ލައްކަ ރުފިޔާގެ އެހީ ހަވާލުކޮށްދެއްވަމުން އެމަނިކުފާނު ވިދާޅުވީ ޕީއެންސީގެ ފަރާތުން އިސްނަގައިގެން ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް އަވަސްވެ ގަތުމުގެ މައިގަނޑު ސަބަބަކީ ދިވެހި ރައްޔިތުންގެ ލޯބި އެބަޔަކަށް އެންމެ ބޮޑަށް ލިބިފައިވާ ބަޔަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ވުމުން ކަމަށެވެ.

އަދި މީގެ އިތުރުން، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިފަދަ ބޮޑު އަދަދެއް ޕީއެންސީގެ ޕީޖީ ގްރޫޕުގެ ފަރާތުން ފަލަސްޠީނަށް ހަދިޔާކުރެވުނީ ހުރިހާ މެންބަރުންގެ ދީލަތި އެހީއާއެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ވެރިކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން، ފަލަސްތީނުގެ މައްސަލާގައި އެންމެ ބޮޑަށް ސަމާލުކަމެއް ދެއްވައިގެން މަސައްކަތްކުރައްވާ ރައީސްއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށާއި، ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އަބްދުއްރަހީމް ވަނީ ޝުކުރު ދަންނަވާފައެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ދިވެހި ހުރިހާ ފަރުދުންގެ އެއްބާރުލުން ބޭނުންފުޅުވާ ކަމަށެވެ. އަދި މި ޓެލެތޮނަކީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ކާމިޔާބު ޓެލެތޮނަށް ހެދުމަށްޓަކައި އެންމެހާ ރައްޔިތުންގެ ބައިވެރިވެލެއްވުން މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!