ޚަބަރު
ފަލަސްތީނުގެ ހައްގުގައި ސްޓެލްކޯ ދެއްކި ފުރިހަމަ ނަމޫނާ: ބައިމިލިއަން ރުފިޔާގެ އެހީ އަށްފަހު އިތުރަށްވެސް ފަންޑު ކުރި

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެ އިސްނެންގެވުމަށް ޕީއެސްއެމް އިން “ފަލަސްޠީނާއެކު ދިވެހީން”ގެ ނަމުގައި ކުރިއަށް ގެންދާ ޓެލެތޯނަށް ފަންޑު ކުރުމުގައި ސްޓެލްކޯއިން ބައިމިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދިނުމަށްފަހު އިތުރަށްވެސް ފަންޑުކޮށް ނުހަނު ފުރިހަމަ ނަމޫނާއެއް ދައްކައިފިއެވެ.

ސްޓެލްކޯއިން މައުލޫމާތު ދިން ގޮތުގައި އެކުންފުނިން ވަނީ މި ޓެލެތޯނަށް އެކުންފުނީގެ މުވައްޒަފުންގެ ފަރާތުން ބައި މިލިއަން ރުފިޔާ ހަދިޔާ ކޮށްފައެވެ. ޓެލެތޯންއަށް ސްޓެލްކޯއިން ހަދިޔާކުރި ބައި މިލިއަން ރުފިޔާއަކީ، ސްޓެލްކޯގެ މުވައްޒަފުންގެ ކޮންޓްރިބިއުޝަން ހިމެނޭގޮތައް ހަދިޔާކޮށްފައިވާ ފައިސާ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ސްޓެލްކޯގެ މެނޭޖްމެންޓުން ބައިމިލިއަން ރުފިޔާގެ ރަމްޒީ ޗެކު ޕީއެސްއެމްއާ ހަވާލުކުރުމުގެ ތެރެއިން

ސްޓެލްކޯގެ މެނޭޖްމެންޓުން މިހާރު ވަނީ 500,000 ރުފިޔާގެ ރަމްޒީ ޗެކު ޕީއެސްއެމްއާއި ހަވާލުކޮށްފައެވެ. މި އެހީއާއި ޕީއެސްއެމްއިން ހަވާލުވެވަޑައިގެންނެވީ އެކުންފުނީގެ އެމްޑީ ޒީނާ ޒާހިރު އެވެ.

ސްޓެލްކޯގެ އެމްޑީ ފަހުމީ ފަލަސްތީނާއެކުދިވެހިން ޓެލެތޯންގެ ފަންޑަށް އެހީފޯރުކޮށްދެއްވުމުގެ ތެރެއިން

އަދި މީގެ އިތުރުންވެސް ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ގެންދަނީ ސްޓެލްކޯގެ ހެޑްއޮފީހުގެ ކުރިމަތީގައި ބަހައްޓާފައިވާ ފަންޑުފޮއްޓަށް އެކި ޢަދަދުތަކުން އެހީތެރިކަން ފޯރުކޮށްދެމުން ކަން ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.

ޕީއެސްއެމްއިން ކުރިޔަށްގެންދާ ޓެލެތޯންއަށް މިވަގުތާއި ހަމައަށް ދެ މިލިއަނަށް ވުރެ ގިނަ ފައިސާ ވަނީ ލިބިފައި އެވެ. މި ޓެލެތޯންއަށް ސަރުކާރުގެ އެކު މުވައްސަސާތަކާއި ކުންފުނިތަކުންވެސް އަންނަނީ ގިނަ އަދަދެއްގެ ފައިސާ ހަދިޔާކުރަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!