ޚަބަރު
‘ފަލަސްޠީނާއެކު ދިވެހިން’ ފަންޑަށް އެމްއެންޑީއެފް އިން 2.1 މިލިއަން ރުފިޔާގެ ބޮޑު އެހީއެއް!

ފަލަސްޠީނާއެކު ދިވެހިން ގެ ނަމުގައި ދައުލަތުގެ މީޑިޔާއިން ކުރިއަށް ގެންދާ ޓެލެތޯންގައި ބައިވެރިވެ، ދިވެހި ޤައުމީ ދިފާއީ ބާރުގެ ފަރާތުން 2.1 މިލިއަން ރުފިޔާގެ އެހީއެއް ފޯރުކޮށްދީފިއެވެ.

ޤައުމީ ދިފާއީ ބާރު، އެމްއެންޑީއެފްގެ ފަރާތުން ހަދިޔާކުރެއްވި 2،169،826.32 ރުފިޔާގެ ފައިސާގެ އެހީ ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނަރަލް އަހުމަދު ގިޔާސްއެވެ.

އެމްއެންޑީއެފްގެ އިތުރުން ސަރުކާރުގެ އެހެން މުއައްސަސާތަކާއި ކުންފުނިތަކުންވެސް ވަނީ “ފަލަސްތީނާއެކު ދިވެހީން” ނަމުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޓެލެތޯންގެ ތެރެއިން ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަަދު މުއިއްޒުގެ އެދިވަޑައިގެންނެވުމަކަށް ދައުލަތުގެ މީޑިޔާ ޕީއެސްއެމް އިން މިއަދު ހެނދުނުން ފެށިގެން ކުރިއަށް ގެންދާ މި ޓެލެތޯން މިރޭ 12 ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ. ޕީއެސްއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި މިޓެލެތޯން ފަށްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި، ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.ތ

ފަލަސްޠީނަށް އެހީވުމަށް ބާއްވާ ޚާއްސަ ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށިވަނީ ބަހައްޓާފައެވެ.

މިފަންޑު ފޮށިތަކުގެ ތެރެއިން ޓީވީއެމް ގޯތިތެރޭގައި ހުރި ފަންޑު ފޮށި ފިޔަވާ އެހެން ހުރިހާ ފޮށްޓެއް އިރުއޮއްސެންދެން ހުންނާނެއެވެ. ޓީވީއެމް ގޯތިތެރޭގައި ހުރި ފަންޑުފޮށި މިރޭ 10އެއް ޖަހަންދެން ހުޅުވިފައި ހުންނާނެއެވެ. އަދި ފަންޑު ފޮށިތަކުގެ ރައްކާތެރިކަމަށްޓަކައި ފޮށިތައް ހުންނަ ސަރަހައްދުތަކުގައި ފުލުހުންނާއި ގަރލް ގައިޑް އަދި ސްކައުޓުން ހަރަކާތްތެރިވާނެއެވެ.

ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށްވެސް ފަސޭހައިން އޮންލައިންކޮށްވެސް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް 2 އެކައުންޓެއްވަނީ ހުޅުވާފައެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!