ޚަބަރު
ފަލަސްތީނާއެކު ދިވެހިން ޓެލެތޯންގައި އެމްޑަބްލިއުއެސްސީ ގެ ފަރާތުން 1ލައްކަ ރުފިޔާގެ އެހީ

ފަލަސްތީނާއެކު ދިވެހިން ގެ ނަމުގައި މިއަދު ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެދިވަޑައިގެންނެވުމަކަށް ކުރިއަށް ގެންދާ ޓެލެތޯންގައި ބައިވެރިވެ، މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މުވައްޒަފުންގެ ފަރާތުން އެއް ލައްކަ ރުފިޔާ ހަދިޔާ ކޮށްފިއެެވެ.

އެމްޑަބްލިއުއުއެސްސީގެ ފަރާތުން ހަދިޔާ ކުރި 1 ލައްކަ ރުފިޔާގެ ރަމްޒީ ޗެކާ ހަވާލުވެވަޑައިގެންނެވީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަަދު މުއިއްޒުގެ އެދިވަޑައިގެންނެވުމަކަށް ދައުލަތުގެ މީޑިޔާ ޕީއެސްއެމް އިން މިއަދު ހެނދުނުން ފެށިގެން ކުރިއަށް ގެންދާ މި ޓެލެތޯން މިރޭ 12 ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ. ޕީއެސްއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި މިޓެލެތޯން ފަށްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި، ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.ތ

ފަލަސްޠީނަށް އެހީވުމަށް ބާއްވާ ޚާއްސަ ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށިވަނީ ބަހައްޓާފައެވެ.

މިފަންޑު ފޮށިތަކުގެ ތެރެއިން ޓީވީއެމް ގޯތިތެރޭގައި ހުރި ފަންޑު ފޮށި ފިޔަވާ އެހެން ހުރިހާ ފޮށްޓެއް އިރުއޮއްސެންދެން ހުންނާނެއެވެ. ޓީވީއެމް ގޯތިތެރޭގައި ހުރި ފަންޑުފޮށި މިރޭ 10އެއް ޖަހަންދެން ހުޅުވިފައި ހުންނާނެއެވެ. އަދި ފަންޑު ފޮށިތަކުގެ ރައްކާތެރިކަމަށްޓަކައި ފޮށިތައް ހުންނަ ސަރަހައްދުތަކުގައި ފުލުހުންނާއި ގަރލް ގައިޑް އަދި ސްކައުޓުން ހަރަކާތްތެރިވާނެއެވެ.

ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށްވެސް ފަސޭހައިން އޮންލައިންކޮށްވެސް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް 2 އެކައުންޓެއްވަނީ ހުޅުވާފައެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!